Roadha Mihaaru
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދިނުން ހުއްޓާލައިފި

ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދިނުން މަޑުޖައްސާލައިފި

15 އޮކްޓޯބަރ 2020

ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދިނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދިނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައިވަނީ އެގޮތަށް ނިންމީ ރާއްޖޭގެ އާބާދީއާ އަޅާ ބަލާއިރު ގިނަ އަދަދެއްގެ ފަރާތްތަކަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ މިހާތަނަށް ދޫކޮށްފައިވާތީ ކަމަށެވެ. އެހެންވެ، އިތުރު ފަރާތްތަކަށް އެ ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އެމްއެމްއޭ އިން މިހާރު ދަނީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެމްއޭ އިން އެގޮތަށް ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ދަށްވުމުން ޑޮލަރު ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިިވި އެވެ. އެހެންވެ، ބޭންކްތަކަށް ޑޮލަރު ދޫކުރާ މިންވަރު އެމްއެމްއޭ އިން ދާދިފަހުން އިތުރުކުރި އެވެ.