Roadha Mihaaru
ހޮރައިޒަން ފިޝަރީޒް: މަސްވެރިންނާއި މަހުގެ ކުންފުނި

ހޮރައިޒަން ފިޝަރީޒް: މަސްވެރިންނާއި މަހުގެ ކުންފުނި

19 ޖުލައި 2022

މޫސުމާއި، ނުމޫސުމުގައި ވެސް، ދިވެހިން ކަނޑުފަޅު ނުފީނާ ދުވަހެއް، ފާއިތުވެ ގޮސްފައެއް ނުވެ އެވެ. ވަށާ ފެތުރި މި އޮތް މާސިންގާ ކަނޑުގެ ރޯދި، ފަތިސް ފަތިހުން ފެށިގެން މުޅި ދުވާލު، ދޭހާ އަތްވާއި، ވެހޭހާ ވާރޭގައި، ވިއްސިހާ ވަޔަކާއި، ބުރުއްސިހާ ލޮނަކު، ދިވެހި މަސްވެރިން ބުރަ މަސައްކަތުން ހޯދައެވެ. އަދި މިރާއްޖޭގައި ނުހުއްޓި ހިނގަހިނގާ އޮތް އިގުތިސާދުގެ ލޭނާރަކީ މަސްވެރިކަމަށް ވާއިރު، އެ ސިނާއަތުގެ ވަރުގަދަކަމާއި، މަސްވެރިކަމާއި ދިވެހިންނާ އޮތް ގުޅުން ދިރުވާ، ކުރިއަރުވާނެ ބޮޑެތި ގިނަ ކުންފުނިތަކެއް މިއަދު ވަނީ އުފެދިފައެވެ. އެ ކުންފުނިތަކުގެ ތެރެއިން ވިލާ ގްރޫޕުން ހިންގާ ހޮރައިޒަން ފިޝަރީޒް އަކީ ރާއްޖޭގައި މަސްވެރިކަން ތަރައްގީކޮށް، މަސްވެރިކަމުގެ ސިނާއަތަށް އެދެވޭ ބޮޑެތި ބަދަލުތަކެއް ގެނެސްދިން ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.

މޫސުމާއި، ނުމޫސުމުގައި ވެސް، ދިވެހިން ކަނޑުފަޅު ނުފީނާ ދުވަހެއް، ފާއިތުވެ ގޮސްފައެއް ނުވެ އެވެ. ވަށާ ފެތުރި މި އޮތް މާސިންގާ ކަނޑުގެ ރޯދި، ފަތިސް ފަތިހުން ފެށިގެން މުޅި ދުވާލު، ދޭހާ އަތްވާއި، ވެހޭހާ ވާރޭގައި، ވިއްސިހާ ވަޔަކާއި، ބުރުއްސިހާ ލޮނަކު، ދިވެހި މަސްވެރިން ބުރަ މަސައްކަތުން ހޯދައެވެ. އަދި މިރާއްޖޭގައި ނުހުއްޓި ހިނގަހިނގާ އޮތް އިގުތިސާދުގެ ލޭނާރަކީ މަސްވެރިކަމަށް ވާއިރު، އެ ސިނާއަތުގެ ވަރުގަދަކަމާއި، މަސްވެރިކަމާއި ދިވެހިންނާ އޮތް ގުޅުން ދިރުވާ، ކުރިއަރުވާނެ ބޮޑެތި ގިނަ ކުންފުނިތަކެއް މިއަދު ވަނީ އުފެދިފައެވެ. އެ ކުންފުނިތަކުގެ ތެރެއިން ވިލާ ގްރޫޕުން ހިންގާ ހޮރައިޒަން ފިޝަރީޒް އަކީ ރާއްޖޭގައި މަސްވެރިކަން ތަރައްގީކޮށް، މަސްވެރިކަމުގެ ސިނާއަތަށް އެދެވޭ ބޮޑެތި ބަދަލުތަކެއް ގެނެސްދިން ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.

ދިވެހި މަސްވެރިން ބާނާ މަސް ޕްރޮސެސް ނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމަކީ، ޒަމާނުއްސުރެ ކަން ހިނގަމުން ދިޔަ ގޮތެވެ. ނަތީޖާއަކަށްވީ އެ ސިނާއަތް ތަރައްގީވާން ޖެހޭ މިންވަރަށް ތަރައްގީ ނުވެ، ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން ގައުމުގެ އެތެރޭގައި ހިފެހެއްޓި، ހުއްޓުން އަރާފައި އޮތުމެވެ. ނަމަވެސް އެ މަންޒަރު ބަދަލުކޮށްލީ 2003 ގައި އުފެއްދި ހޮރައިޒަން ފިޝަރީޒްއިން މަސްވެރިކަމުގެ ދާއިރާއަށް ނުކުމެ، އާ އުފެއްދުންތައް އުފައްދަން ފެށި ހިސާބުންނެވެ. މަސްވެރިނަން ކުރިމަތިވެފަ އޮތް އެ ބޮޑު މައްސަލައަށް ހައްލު ހޯދާ ދިނީ ހޮރައިޒަނުންނެވެ. ރާއްޖޭގެ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމުގެ އެންމެ ކުރީގައި އޮތް ހޮރައިޒަން ފިޝަރީޒް އަކީ އެންމެ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓުތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

މަހުގެ އެކި އުފެއްދުންތައް ތައްޔާރު ކުރަމުންދާ ހޮރައިޒަން ފިޝަރީޒްގެ އެންމެ ބޮޑު ފެކްޓްރީ، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ތަނެކެވެ. ލާމު އަތޮޅުގައި ހުންނަ އެ ފެކްޓްރީގައި ކަނޑުމަސް ޕްރޮސެސް ކުރާ 80 މެޓްރިކް ޓަނުގެ ޕްލާންޓަކާއި، ތާޒާ މަސް ޕްރޮސެސް ކުރާ 15 މެޓްރިކް ޓަނުގެ ޕްލާންޓަކާއި 4500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުރެއެވެ.

ހޮރައިޒަންގެ މުވައްޒަފެއް މަސްދަޅު ބަންދުކުރަނީ. ހޮރައިޒަންއިން ތަފާތު ގިނަ ވައްތަރުތަކުގެ މަސައްދަޅު ދަނީ އުފައްދަމުން. ފޮޓޯ: ހޮރައިޒަން ފިޝަރީޒް

ހޮރައިޒަންގެ މުވައްޒަފެއް މަސްދަޅު ބަންދުކުރަނީ. ހޮރައިޒަންއިން ތަފާތު ގިނަ ވައްތަރުތަކުގެ މަސައްދަޅު ދަނީ އުފައްދަމުން. ފޮޓޯ: ހޮރައިޒަން ފިޝަރީޒް

މަހުގެ ބާވަތްތައް އިންޓަނޭޝަނަލް މާކެޓުގައި ފުޅާ ދާއިރާއެއްގައި ވިއްކަމުން ދާ ހޮރައިޒަނުން ތަފާތު އުފެއްދުންތައް މާކެޓަށް ވަނީ ނެރެފައެވެ. އެގޮތުން ހޮރައިޒަނުން ނެރޭ ޒަމާނީ ދަޅުމަހުގެ ތަފާތު ބާވަތްތައް ފާހަގަ ކޮށްލެވެ އެވެ. އޭގެތެރޭގައި ހިމެނެނީ ފެން މަސްދަޅާއި، ސަންފްލާވާ އޮއިލް، އޮލިވް އޮއިލް، އަދި ތަފާތު އެކި ކަހަލަ އޮއިލް ހިމެނޭ ދަޅުމަހުގެ ބާވަތްތަކެވެ. އަދި ދިވެހިންގެ ރަހަތަކާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ގިތެޔޮ މިރުހާއި ހިކި މިރުހާއި ލޮނުމެދު ތެޔޮ ހިމެނޭ މަސްދަޅުތައް ހިމެނެ އެވެ. ކުޅި ބޯކިބާ އާއި މަސް ރޮށި ހެދުމަށް ހާއްސަ "ކްރެކްޑް ޕެޕާ" މަސް ދަޅާއި ޕޭސްޓްރީ ހެދުމަށް ހާއްސަ ލުބޯ އަދި ހާބްސް ހިމެނޭ މަސްދަޅާއި ބައްޓާއި އަލުވީގެ ރެސިޕީތަކަށް ހާއްސަ މަސްދަޅުތައް ވެސް ހުރެއެވެ. ހޮރައިޒަންގެ އުފެއްދުންތަކުގެ ތެރޭގައި ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ހެނދުނުގެ ނާސްތާ "މަސްހުނި" ވެސް ދަނީ ދަޅުގައި ބަންދުކޮށްގެން ވިއްކަމުންނެވެ.

މަސްދަޅުގެ އުފެއްދުންތަކުގެ އިތުރަށް ޕެކެޓުކޮށް ބަންދު ކޮށްފައިވާ މަހާއި، ހިއްކާފައިވާ ކަނޑުމަހާއި، ގަނޑުކޮށްފައިވާ ކަނޑުމަހާއި ކަންނެލީގެ ބާވަތްތައް ވެސް ހޮރަރިޒަން އިން އަންނަނީ ވިއްކަމުންނެވެ. އަދި ފާޓިލައިޒާ އާއި ޗިކަން ފީޑް ގޮތުގައި ބޭނުން ކުރާ ފިޝް މީލް ވެސް އަންނަނީ ވިއްކަމުންނެވެ. ރާއްޖޭގެ ބާޒާރުގައި އެ ތަކެތި ލިބެން ހުރި އިރު، ޗާނދަނީ މަގުގައި ހުންނަ ސީ ފުޑް ޕްލަސް އަކީ އާއްމު ކޮށް އެ އުފެއްދުންތައް ލިބެން ހުންނަ ފިހާރަ އެކެވެ. ހޮރައިޒަންގެ ޕްރޮޑަކްޓުތަކަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ވިއްކަމުންދާ ޕްރޮޑަކްޓުތަކެކެވެ. އޭގެ ތެރޭގައި ޔޫރަޕް، އެމެރިކާ، އޮސްޓްރޭލިއާ އަދި އޭޝިއާގެ ގައުމުތައް ހިމެނެ އެވެ.

ހޮރައިޒަން ފިޝަރީޒް އިން، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށް ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު، މަސްވެރިން ކުރަމުން އައިސްފައިވާ ބައެއް ޝަކުވާތައް އަންނަނީ ކަނުލާ އަޑުއަހަމުންނެވެ. މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ އެވެ. އަދި މަހުގެ އަގު އަވަހަށް ދިނުމާ އެކު ބާނާ މަހަށް ރަނގަޅު އަގެއް ނުލިބުމެވެ.

ހޮރައިޒން ފިޝަރީޒް އިން މަސްވެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކޮށްފައިވާ އެންމެ މުހިންމު މަސައްކަތްތަކީ "ފެއާ ޓްރޭޑް ސެޓިފައިޑް" ކުންފުންޏަކަށް ވުމެވެ. އެއީ ރާއްޖޭގައި އެ ސެޓްފިކޭޝަން ހޯދާފައިވާ ފުރަތަމަ ކުންފުންޏެވެ. އެ ސެޓްފިކޭޝަންގެ ދަށުން ފެއާ ޓްރޭޑުގެ ލޯގޯ ޖަހާފައިވާ ކޮންމެ ޕްރޮޑަކްޓެއްގެ ވިއްކާ މަހުގެ އަގުން، ވަކި އިންސައްތައެއް، މަސްވެރިންނަށް ލިބެ އެވެ. މަސް ބޭނުމަށްޓަކައި ބޭނުން ކުރާ އުޅަނދަކީ ފެއާ ޓްރޭޑުން ގަބޫލު ކުރާ ފެންވަރުގެ އުޅަނދެއް ނަމަ، އެ އުޅަނދުން ބާނާ މަހުން ލިބޭ ޕްރިމިއަމުން، މަސްވެރިން ދިރިއުޅޭ މުޖުތަމައު އަށް ފައިދާ ކުރަނިވި ކަންކަމުގައި އިންވެސްޓު ކުރެއެވެ. ފެއާ ޓްރޭޑް ޕްރޮގުރާމު ދަށުން ހޮރައިޒަން ފިޝަރީޒް އިން ދަނީ މަސްވެރިނަށާއި، އެ ފަރާތްތަކުގެ އާއިލާ އަށް އަދި މުޖުތަމައުއަށާއި ރަށްރަށަށް ފައިދާ ކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ.

ހޮރައިޒަންގެ މުވައްޒަފުން މަސައްކަތުގައި. ތަފާތު ގިނަ ވައްތަރުތަކުގެ އުފެއްދުންތައް އެ ތަނުން ތައްޔާރު ކުރޭ. ފޮޓޯ: ހޮރައިޒަން ފިޝަރީޒް

ހޮރައިޒަންގެ މުވައްޒަފުން މަސައްކަތުގައި. ތަފާތު ގިނަ ވައްތަރުތަކުގެ އުފެއްދުންތައް އެ ތަނުން ތައްޔާރު ކުރޭ. ފޮޓޯ: ހޮރައިޒަން ފިޝަރީޒް

ފެއާ ޓްރޭޑުގެ ޕްރިމިއަމްގެ ދަށުން ލ އަތޮޅު ގަމާއި މާމެންދޫ ތަރައްގީ ކުރުމުގެ މުހިންމު މަސައްކަތްތަކެއް ހޮރައިޒަނުން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ތުނޑި ހާބަރުގައި އުޅަނދު ފަހަރުތަކަށް ބޭނުންވާ ފްރެޝް ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު ގާއިމު ކުރުމާއި އިހައްދޫ ސްކޫލަށް ސްމާޓް ޓީވީ ހަދިޔާ ކުރުން ހިމެނެ އެވެ. އަދި ހަމަދް ސްކޫލްގެ ވޯކްވޭގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކަކާއި، މުކުރިމަގު ސްކޫލުގައި ރީޑިން ޕާކެއް ގާއިމުކުރުން ހިމެނެ އެވެ. އޭގެ އިތުރުން، އުޅަނދުތަކުގައި ސަލާމަތީ ވަސީލަތްތައް ގާއިމުކުރުމާއި މަސްވެރިކަން ދަށް މޫސުމުގައި ރޯދަ އެލަވަންސް ދިނުން ވެސް ހިމެނެއެވެ. އެ ޕްރިމިއަމްގެ ދަށުން ލ މާމެންދޫގައި ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ކްލާސްރޫމް ގައި ޓައިލްސް ޖެހުމާއި ގޭގެ އަށް ކޮވިޑު ކެއާ ޕެކޭޖަސް ފޮނުވުން ހިމެނެ އެވެ.

މަސްވެރިކަމުގެ ދާއިރާގެ ނުހަނު ކުރީގައި އޮތް ހޮރައިޒަން ފިޝަރީޒް އިން ވަނީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިނގެރޭސި ވިލާތުން ދޭ ބީއާރުސީގެ އޭ ގްރޭޑު ސެޓްފިކެޓް ފާހަގަ ކޮށްލެވެ އެވެ. އަދި 2017 ވަނަ އަހަރު ރާއްޖޭގައި ކަނޑުމަސް ޕްރޮސެސް ކުރުމުން އެއް ވަނަ ވެސް ވަނީ ލިބިފައެވެ. އަދި ޖެހިގެން އައި އަހަރު "ވެލިއު އެޑެޑް ކަޅުބިލަ މަހު" ގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓު ކޮށް އެންމެ ބޮޑު އާމްދަނީ ހޯދި ކުންފުނީގެ ޝަރަފު ޖެހި ޖެހިގެން ހަތަރު އަހަރު ހޯދައިފައި ވަނީ ވެސް ހަމަ ހޮރައިޒަން ފިޝަރީޒް އެވެ.

ހޮރައިޒަންގެ މަސްބޯޓެއްގައި މަސްވެރިން މަސައްކަތުގައި. ފޮޓޯ: ޮރައިޒަން ފިޝަރީޒް

ހޮރައިޒަންގެ މަސްބޯޓެއްގައި މަސްވެރިން މަސައްކަތުގައި. ފޮޓޯ: ޮރައިޒަން ފިޝަރީޒް

ގިނަ ކާމިޔާބީތަކެއް ހޯދާ، މުހިންމު ގިނަ މަސައްކަތް ކުރަމުންދާ ހޮރައިޒަން ފިޝަރީޒް އަކީ މަސްވެރިންނަށް އެކި ލުއިފަސޭހަތައް ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. އެ ކުންފުނިން ބުނީ، މަސްވެރިކަން ކުރިއަރުވާ، މަސްވެރިންނަށް އަލި މަގުތަކެއް ފަހިކޮށް ދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރު ކޮށް، އެ ކުންފުނީގެ ހިއްސާ އާއި އެކު މަސްވެރިކަމާއި، ރާއްޖޭގެ އިގުތިސާދު ފުޅާ ކުރުމެވެ.

ނޯޓު: މިއީ ހޮރައިޒަން ފިޝަރީޒްގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.