Roadha Mihaaru
މާކެޓުގައި ހުރި އެންމެ މޮޅު ލަކުޑި، ވިލާ ހަކަތައިން

މާކެޓުގައި ހުރި އެންމެ މޮޅު ލަކުޑި، ވިލާ ހަކަތައިން

28 ޖޫން 2022

ހަލުވި ސްޕީޑުގައި ރާއްޖެ ކުރިއަރައި، ތަރައްގީވަމުން ދާއިރު، އެކި ގެތަކާއި ބިންތައް ދަނީ ބޮޑެތި އިމާރަތްތަކުގެ ގޮތުގައި ތަރައްގީ ކުރެވެމުންނެވެ. މި އިމާރާތްތަކާ އެކު، ކޮންސްޓްރަކްޝަން ދާއިރާ އަށް ޑިމާންޑު ބޮޑެވެ، މި ފަދަ މަސައްކަތް ކުރާ ގިނަ ކުންފުނިތަކެއް ވަނީ އުފެދިފަ އެވެ. މި މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ޝާމިލުވެ އުޅޭ އިރު، ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގައި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ހޯދުމަށް އަންނަ ދަތިކަމެވެ. އަދި ކޮލިޓީ، ރަނގަޅު މޮޅެތި ތަކެތި ހޯދުމުގައި ދިމާވާ ދަތިތަކެވެ. ރާއްޖޭގެ މާކެޓުގައި މި ތަކެއްޗަށް އޮންނަ ޑިމާންޑަށް ތަކެތި އެތެރެކޮށް ވިއްކާ ކުންފުނިތަކުގެ ތެރެއިން ވިލާ ގްރޫޕުގެ ވިލާ ހަކަތަ އަކީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. މި ކުންފުނިން ކޮންސްޓްރަކްޝަނަށް ބޭނުންވާ ފެންވަރު ރަނގަޅު ގިނަ ޕްރޮޑަކްޓުތަކެއް އެތެރެ ކުރާ އިރު، މިއީ މި ވަގުތު އެންމެ މޮޅު ޓިމްބާ ލިބެން ހުރި ތަނެވެ.

އެޗް ތްރީ އަދި އެޗް ފޯ ގްރޭޑުގެ ޕައިން ވުޑް ފިލާ ވެސް މި ތަނުގައި ހުރޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެޗް ތްރީ އަދި އެޗް ފޯ ގްރޭޑުގެ ޕައިން ވުޑް ފިލާ ވެސް މި ތަނުގައި ހުރޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލާ ހަކަތައިން ލިބެން ހުރި ޓިމްބާގެ ބައެއް ވައްތަރުތަކަށް ބަލާ އިރު އެކި ކަހަލަ ފަރުނީޗަރާއި، ދޮރުފަތް އަދި ކުޑަދޮރުގެ ފްރޭމް ތައްޔާރު ކުރުމަށް ބޭނުން ކުރާ މިކްސް ހާޑްވުޑްގެ އެކި ސައިޒުތައް ލިބެން ހުރެއެވެ. އަދި އާއްމުކޮށް ފްލޯރިން އާއި ޕެނެލިން އަށް ބޭނުން ކުރާ މޮޅު ރެޑް މެރަންޓީ ފިލާ ވެސް މި ތަނުގައި އެބަހުއްޓެވެ. މީގެ އިތުރުން، ފަރުނީޗަރު ހެދުމަށާއި، ފްލޯރިން އާއި ބޭރުގައި ހުންނަ ޑެކާއި، އެހެނިހެން އެއްޗެހި ހެދުމަށް ބޭނުން ކުރާ ޕައިންވުޑް ވެސް މިތަނުގައި އެބަ ހުއްޓެވެ. އާއްމުކޮށް، އެޗް ތްރީ އަދި އެޗް ފޯ ގްރޭޑުގެ ޕައިން ވުޑަކީ ރާއްޖޭގައި ހޯދުމަށް ދަތި އެއްޗަކަށް ވަނީ ވެފައެވެ. ނަމަވެސް، ވިލާ ހަކަތަ އަކީ މާކެޓުގައި ލިބެން ހުރި އެންމެ ރަނގަޅު އަގުގައި މި ދެ ގްރޭޑުގެ ޕައިންވުޑް ލިބެން ހުރި ތަނެވެ.

ވިލާ ހަކަތައިގެ އިންސްޓަގްރާމު ޕޯސްޓެއް

ވިލާ ހަކަތައިގައި ލިބެން ހުރި އެކި ވައްތަރުގެ ޓިމްބާގެ ސައިޒުތައް

- ދެ އިންޗި ހަ އިންޗި އަދި ދެ އިންޗި އަށް އިންޗީގެ މިކްސްޑް ހާޑްވުޑް - ދެ އިންޗި ހަ އިންޗީގެ އަދި ދެ އިންޗި އަށް އިންޗީގެ ރެޑް މެރަންޓި - ދެ އިންޗި އަށް އިންޗީގެ ޓްރީޓެޑް ޕައިން - ދެ އިންޗި ހަތަރު އިންޗީގެ ޔެލޯ ބަލޫ - ދެ އިންޗި ހަތަރު އިންޗީގެ ކާޕުރު

ވިލާ ހަކަތައިގައި ލިބެން ހުރި ބައެއް ޓިމްބަރ ތެރޭގައި، ކަނޑުދަތުރު ފަތުރު ކުރުމަށް ބޭނުންކުރާ އޮޑިދޯނިފަހަރު ބަނުމަށް ބޭނުން ކުރާ ކާޕުރު، ޔެލޯ ބަލޫ އަދި ޓުލަންގް ލަކުޑި ހިމެނެއެވެ. ވިލާ ހަކަތައިން ބުނީ އެ ކުންފުނިން މި މާކެޓުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި އިސްކަން ދެމުން އައީ ޑިމާންޑު އޮންނަ ޕްރޮޑަކްޓުތައް ބަލާ، އެ ތަކެތި އާއްމުންނާ ހަމައަށް ގެނެސް ދިނުމަށް ކަމަށެވެ. އަދި މިހާރު ވެސް އެންމެ ޑިމާންޑު އޮންނަ ޓިމްބާގެ ވައްތަރުތައް ކަމަށްވާ، މިކްސްޑް ހާޑްވުޑް އާއި ރެޑް މެރަންޓީ އަދި ޕައިންވުޑްގެ ސްޓޮކް އަބަދުވެސް ގެންގުޅެން މަސައްކަތް ކުރާ ކަމަށެވެ. އަދި ވިލާ ހަކަތައިން މިހާރު ގެނެސްފައި ހުރި ޓިމްބާ އަކީ އިންޑަސްޓްރީ އާއި ކަސްޓަމަރުންގެ ޑިމާންޑަށް ބަލާ ގެނެސްފައިވާ ޓިމްބާގެ ވައްތަރުތައް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ، މި ފަދަ ތަކެތި މާކެޓަށް ގެނެސްދިނީ، ތަކެތި ލިބުމަށް ދިމާވާ ދަތިތައް ހައްލު ކޮށްދީ، އާއްމުންނަށް ރަނގަޅު އަގުތަކެއްގައި، ކޮލެޓީ ޓިމްބާ ފޯރު ކޮށްދިނުމަށް ކަމަށެވެ.

މިއީ މާކެޓުގައި ހުރި އެންމެ ރަނގަޅު އަގުގައި މި ވަގުތު ލިބެން ހުރި އެންމެ ކޮލެޓީ ރަނގަޅު ފިލާ އާއި ލަކުޑި. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއީ މާކެޓުގައި ހުރި އެންމެ ރަނގަޅު އަގުގައި މި ވަގުތު ލިބެން ހުރި އެންމެ ކޮލެޓީ ރަނގަޅު ފިލާ އާއި ލަކުޑި. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޓިމްބާގެ އިތުރުން ކޮންސްޓްރަކްޝަނުގެ މަސައްކަތަށް ބޭނުންވާ ގިނަ އެއްޗެހި ވިލާ ހަކަތައިގައި ހުރެއެވެ. އޭގެތެރޭގައި، ޕްލައިވުޑް، ޝެރާ ބޯޑު އަދި ބައިންޑިން ވަޔާ އެބަ ހުއްޓެވެ. އަދި އަދި ޑީފޯމްޑް ސްޓީލް ބާ އާއި، އެގްރިގޭޓު ކޯސް ސޭންޑާއި، ބްލެކް ފިލްމް ފޭސްޑް ޕްލައިވުޑު ވެސް މިތަނުގައި ހުރެއެވެ. މީގެ އިތުރުން، ވިލާ ހަކަތައިގައި ރޫފިން އަށް ބޭނުންވާ ގިނަ ވައްތަރުގެ ސާމާނު ލިބެން ހުރެއެވެ. ވިލާ ހަކަތައިން އާއްމުންނަށް ލުއި ފަސޭހަ ކޮސްދިނުމުގެ ގޮތުން ހުޅުމާލޭގައި ވިލާ ހަކަތައިގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވިލާ ހަކަތަ އަކީ އެ ކުންފުނިން ވިޔަފާރި ކުރާ ފަރާތްތަކަށް ޑެލިވަރީ ހިދުމަތް ފޯރު ކޮށްދޭ ކުންފުންޏެކެވެ. އަދި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ރަށްރަށަށް ނަމަ، ބޯޓާއި ހަމަ އަށް ގެންގޮސްދެއެވެ. ވިލާ ހަކަތައިން ލިބެން ހުރި ޕްރޮޑަކްޓުތަކުގެ އިތުރު މައުލޫމާތު 3327811 އިން ލިބޭނެ އެވެ.

ނޯޓް: މިއީ ވިލާ ހަކަތައިގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.