ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 10-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލީގު ހޯދުމާ ދެ މެޗާ ކަިއިރިއަށް މާޒިޔާ ޖެހިލައިފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 10-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލީގު ހޯދުމާ ދެ މެޗާ ކަިއިރިއަށް މާޒިޔާ ޖެހިލައިފި އެވެ.
ދިވެހި ޕްރިމިއަ ލީގުގެ ތާރީހްގައި އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅު ވުމުގެ ރެކޯޑް އޮތީ މާޒިޔާ އަތުގަ އެވެ. އެ ޓީމު ވަނީ ކްލަބް ވެލެންސިއާ އަދި ފަ. ނިލަންދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުޅުނު މެޗުތަކުގައި 13-0 ން މޮޅުވެފަ އެވެ. އެ ޓީމުން 13-0 ން މޮޅުވީ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗާއެކު މާޒިޔާއިން ވަނީ 2013 ގައި ނިއު ރޭޑިއަންޓުން ހަދައިފައިވާ ރެކޯޑެއް މުގުރާލައިފަ އެވެ.
ދިވެހި ލީގު ތާރީހުގައި، ލީގު ޗެމްޕިއަންކަން ހޯދި ޓީމެއް ކޮޅަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އަކީ މާޒިޔާއިން ވެލެންސިއާ އާ ދެކޮޅަށް ނެރުނު 13-0 ގެ ނަތީޖާ އެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ ނިއު ރޭޑިއަންޓްގެ އަތުގަ އެވެ. ދިވެހި ލީގު 2013 ގެ ސީޒަންގައި ނިއު ރޭޑިއަންޓުން ވަނީ، ކުރީގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ މައްޗަށް 10-1 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ.
ދިވެހި ލީގު 2019-2020 ގެ ސީޒަންގައި މާޒިޔާއިން ވަނީ ފ. ނިލަންދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ވެސް 13-0 މޮޅުވެފަ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕް) ވަނީ ހެޓްރިކް ހަދައިފަ އެވެ. މެޗުން މޮޅުވެ މާޒިޔާ ވަނީ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު ދެން ކުޅޭ ދެ މެޗު ކާމިޔާބު ކޮށްގެން ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާނެ އެވެ.
މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން ގާތްގަނޑަކަށް 25 މިނެޓް ތެރޭ މާޒިޔާއިން އިތުރު ތިން ލަނޑު ޖެހި އެވެ. އެ ލަނޑުތައް ޖެހީ ޕެޑްރޯ ޑޮމިންގޭޒް (ޓާނާ)، އަދި ހަމްޒާގެ ދެ ލަނޑެވެ.
ދެވަނަ ހާފުގެ ހަވަނަ މިނެޓްގައި އައިސަމް އިބްރާހިމް (ޓޯނީ) ވަނީ މާޒިޔާ އަށް މެޗުގެ ނަތީޖާ 5-0 ށް ބަދަލުކޮށް ދީފަ އެވެ. ޓާނާގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 60 ވަނަ މިނެޓްގަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ހަމްޒާ ވަނީ އޭނާގެ ހެޓިކް ފުރިހަމަ ކޮށްފަ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ދެ ލަނޑު ޖެހި އެވެ.
އަސަދުﷲގެ ފުރަތަމަ ލަނޑު އޭނާ ޖެހީ 76 ވަނަ މިނެޓްގަ އެވެ. އައިސަމް ވެސް ދެ ލަނޑު ޖެހި އެވެ. އޭނާގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހުން އަސަދުﷲ ވަނީ ދެވަނަ ލަނޑު ޖަހައި 10-0 އަށް ނަތީޖާގެ ފަރަގު ބޮޑުކޮށްފަ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ސަސް އިން މާޒިޔާ ހިފަހައްޓައިފި
މާޒިޔާ އަށް ފަސޭހަ މެޗެއް ނޯންނާނެ: ރިސްޓޯ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ