03 ޖުލައި 2022
ރަށްރަށުގެ ކައުންސިލުތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ފަދަ ގޮތަކަށް މާކެޓް ވެލިއު އަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރަށްރަށުގެ ކައުންސިލުތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ފަދަ ގޮތަކަށް މާކެޓް ވެލިއު އަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ އިސްލާހާ އެކު ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޖޮއިންޓް ވެންޗާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއު އަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ހައްގުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
"...ކައުންސިލުތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ފަދަ ގޮތަކަށް މާކެޓް ވެލި އުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެ އެވެ،" އެ އޮފީހުން ބުންޏެވެ.
އެ އިސްލާހުގެ ދަށުން ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވާއިދުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝައިކުރަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރި އެ އިސްލާހު ތަސްދީގުކުރުމާ އެކު މިއަދުން ފެށިގެން އެއަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.
އެ އިސްލާހުގައި އިތުރަށް ބުނީ، އެއަށް އަމަލުކުރަން ފަށާއި 12 މަސްދުވަސް ހަމަވުމުގެ ކުރިން، ޓޫރިޒަމް މިނިސްޓްރީން ހުއްދަދީގެން ޓޫރިސްޓުން ބޭތިއްބުމަށް ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ އެ އިސްލާހުގައިވާ ގޮތަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. މިހާރު ދީފައިވާ ހުއްދަތައް އެ މުއްދަތު ހަމަވަންދެން ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސް، ކާމިޔާބީ ފާހަގަކުރަން އެމްއެމްޕީއާރުސީ އަށް
މައުސޫމް އަލުން ވަޒީރުކަމަށް އައްޔަންކޮށް ހުވާކޮށްފި
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ބޯޑަރު ހުޅުވާނީ ޖުލައި 15ގައި: ރައީސް
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
އިންޑިއާގެ ޓޫރިސްޓުން މަދުވެ ބޮޑު ގެއްލުމެއް: އިބޫ
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
އާދަޔާޚިލާފު ރީތި ކޭލަކުނަށް އިކޯ ޓޫރިޒަމް
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް