02 ޖުލައި 2022
ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކްލަބް ވެމްކޯ އިން ސްޕޯޓްސް ކްލަބް ގުޑީސް ބަލިކޮށް، ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް، ގައުމީ މުބާރާތުން ޖާގަ ހޯދައިފި އެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކްލަބް ވެމްކޯ އިން ސްޕޯޓްސް ކްލަބް ގުޑީސް ބަލިކޮށް، ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް، ގައުމީ މުބާރާތުން ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗަށް ފަހު، ވޮލީބޯޅަ ލީގުގައި ވާދަކުރާ ހަ ޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައި ވާއިރު، ގަދަ ހަތަރެއް ޔަގީންކޮށް، ގައުމީ މުބާރާތުން ޖާގަ ހޯދި ޓީމުތައް ވެސް ވަނީ ފައިނަލް ވެފަ އެވެ.
ލީގުގެ އެއްނަވައިގައި އޮތީ 12 ޕޮއިންޓާ އެކު ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ސްޕޯޓްސް ކްލަބް ސިޓީ އެވެ. ދެވަނައިގައި އޮތް ދިވެހި ސިފައިންގެ ކުލަބަށް ނުވަ ޕޮއިންޓް ލިބިފައި ވާއިރު، ތިންވަނައިގައި އޮތީ އަށް ޕޮއިންޓް ހަމަކޮށްފައިވާ ވެމްކޯ އެވެ. ހަތަރުވަނައިގައި އޮތް ޕޮލިސް ކުލަބަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ލީގުގައި ދެން ހިމެނޭ ގުޑީސް އާއި އޮފު އެފްސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ޒުވާޏުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ވެމްކޯ ގެންދިޔައީ ސީދާ ތިން ސެޓުން؛ 25-18، 25-21 އަދި 25-21 އިންނެވެ.
ގުޑީސްގެ އަލީ އާމިރު (ދިގު އައްޔަ) އާއި ހަސަން ނިލާމް (ޕާޓޭ) އަދި ހުސެއިން ވިޝާމް (ބުޅިކެ)ގެ ރަނގަޅު ކުޅުމާ އެކު މެޗު ފަށައިގެން މޮޅަށް ކުޅެ ލީޑު ވެސް ހޯދި އެވެ. ނަމަވެސް ވެމްކޯ އިން ސެޓުގެ ކޮންޓްރޯލް ނެގީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އިންޑިއާގެ ކުޅުންތެރިޔާ އަޝްވަލް ރާއީގެ ވަރުގަދަ އެޓޭކްތަކާ އެކު އެވެ.
ދެވަނަ ސެޓާއި ތިންވަނަ ސެޓުގެ ސްކޯ ވެސް ދިޔައީ ވާދަވެރި ކޮށެވެ. ނަމަވެސް ވެމްކޯ ވަނީ އެ ޓީމުގެ ޑިފެންސަށް ވިސްނައިގެން ކުޅެ، ދެ ސެޓު ވެސް ހޯދައިފަ އެވެ.
ވެމްކޯ އިން ފިރިހެން ވޮލީގައި ވާދަކުރާ ފުރަތަމަ ސީޒަނުގައި އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕުގެ ފައިނަލް ވެސް ކުޅެފަ އެވެ. ނަމަވެސް ފައިނަލުގައި ބަލިވީ ސްޕޯޓް ކްލަބް ސިޓީ އަތުންނެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި ބާކީ އޮތީ ތިން މެޗެވެ. މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ޕޮލިސް ކުލަބް ނުކުންނައިރު، މިރޭގެ މެޗުގައި ވާދަކުރާނީ ވެމްކޯ އާއި ސްޕޯޓްސް ކްލަބް ސިޓީ އެވެ. އަދި ލީގު ފަހު މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ގުޑީސް އާއި އޮފު އެފްސީ އެވެ.
ޕޮލިސް ބަލިކޮށް ގައުމީ ލީގު ޗެމްޕިއަންކަން ވެމްކޯއަށް
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ވެމްކޯ ބަލިކޮށް ސިޓީ ގައުމީ ލީގު އައްޑަނަ އުފުލާލައިފި
ސިޓީ އަށް ޗެމްޕިއަންކަން، ވެމްކޯ މޮޅަކާ އެކު ކުރިއަށް
ވެމްކޯ އަތުން ބަދަލުހިފައި ސިފައިންގެ ފެށުން ކާމިޔާބު
ގައުމީ ލީގުގައި ސިޓީ އާއި ވެމްކޯއަށް ފެށުން ކާމިޔާބު
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް
ޕޮލިހަށް ސެޓެއް ނުދީ ވެމްކޯ ގައުމީ ފައިނަލަށް
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް