26 ޖޫން 2022
ނިމިދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި، ސްޕޯޓްސް ކްލަބް ސިޓީން، ގައުމީ ވޮލީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ގްޑީސް ބަލިކޮށްފި އެވެ.
ނިމިދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި، ސްޕޯޓްސް ކްލަބް ސިޓީން، ގައުމީ ވޮލީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ގްޑީސް ބަލިކޮށްފި އެވެ.
އެސޯސިއޭޝަން ކަޕް ނިމުނުތާ އެއް ދުވަސް ފަހުން ފެށި ގައުމީ ލީގުގެ ފުރަތަމަ މެޗުގައި ވާދަކުރީ އެސޯސިއޭޝަން ކަޕްގެ ރަނަރަފް ކްލަބް ވެމްކޯ އާއި އޮއްފު އެފްސީ އެވެ. މިއަދު ހަވީރު ކުޅުނު އެ މެޗު ވެމްކޯ ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ކުޅުނު މެޗު، ސިޓީން ގްޑީސްގެ މައްޗަށް ތިން ސެޓުގައި ވެސް ކުރި ހޯދީ ފަސޭހަ ކަމާއެކު އެވެ. ގްޑީސްގެ ޓީމަށް ކިރިޔާ ވާދަކޮށް ލެވުނީ ވެސް ދެވަނަ ސެޓްގައި އެކަންޏެވެ. ތިން ވަނަ ސެޓް ދިޔައީ އަދި މާ ތަފާތު ބޮޑުކޮށެވެ.
ސިޓީން ސެޓްތައް ގެންދިޔައީ 25-16، 25-20 އަދި 25-11 އިންނެވެ.
އެކަމަކު ހަވީރު ކުޅުނު މެޗުގައި ވާދަވެރިކަން ފެނުނެނެވެ. ފުރަތަމަ ސެޓް ގެންދިޔައީ އޮއްފު އެފްސީންނެވެ. އެ ޓީމުން އެ ސެޓް ގެންދިޔައީ 25-22 ންނެވެ. އެކަމަކު ފަހު ތިން ސެޓުން ކުރި ހޯދައި ވެމްކޯއިން މެޗު ކާމިޔާބު ކުރި އެވެ. ފަހު ތިން ސެޓް އެޓީމުން ގެންދިޔައީ 25-21، 25-21، 25-20 ންނެވެ.
ވީއޭއެމުން ފުރަތަމަ ފަހަރަށް ޓީމަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައި ދީގެން ކުރިއަށް ގެންދާ ވޮލީ ސީޒަންގެ ފުރަތަމަ މުބާރާތް އެސޯސިއޭޝަން ކަޕްގެ ކުރީ ކޮޅުގައި ފާހަގަ ކުރެވުނު މަންޒަރަކީ ޓީމުތަކުގެ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ވަޒަން ކުރުމުގައި ޓީމުތަކަށް ވަގުތު ކޮޅެއް ނެގި ތަނަވެ. އެކަމަކު މުބާރާތުގައި ކޮންމެ ޓީމެއް ތިން މެޗު ކުޅުނު ފަހުން ޓީމުތަކުން ވަނީ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް މެޗަށް ތައްޔާރުވާން ރަނގަޅު އެސެސްމެންޓެއް ހަދައިފަ އެވެ.
މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ
ޕޮލިސް ބަލިކޮށް ގައުމީ ލީގު ޗެމްޕިއަންކަން ވެމްކޯއަށް
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ވެމްކޯ ބަލިކޮށް ސިޓީ ގައުމީ ލީގު އައްޑަނަ އުފުލާލައިފި
ސިޓީ އަށް ޗެމްޕިއަންކަން، ވެމްކޯ މޮޅަކާ އެކު ކުރިއަށް
ކްލަބް ސިޓީ އަށް ވެމްކޯ ހިފަހައްޓައެއް ނުލެވުނު
ސިފައިންނަށް ގޯސް ފެށުމެއް، އޮފްއެފްސީއަށް ހަމަނޭވާއެއް
ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯ އަށް
ތިން ވަނަ މޮޅު ހޯދައި ގުޑީސް އެއް ވަނަ އަށް
ވޮލީ ލީގުގެ ފުރަތަމަ މެޗުން ގުޑީސް އަށް ބޮޑު މޮޅެއް