30 ޖޫން 2022
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިދާނެ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިދާނެ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ އަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ ހައްގަށް އުނިކަން ލިބޭނޭހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއަކަށް ވާތީ ރާއްޖޭގެ ހުރިހާ ނޫސްވެރިންނާއި މީޑިއާގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އެ މާއްދާ އެއްކޮށް ބިލުން އުނިކޮށްދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިފައިވާނެ ކަމަށެވެ. އަދި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމާ ގުޅޭގޮތުން އެ ކައުންސިލުން ހޯދައިފައިވާ ހޯދުންތަކުގެ އަލީގައި އެކުލަވާލި ދިރާސާ ކަރުދާސް ވެސް ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށް ބުންޏެވެ. ނަމަވެސް އެ މާއްދާ އެއްކޮށް ބިލުން އުނިކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ، ކޮމިޓީގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަލުން އެ މާއްދާއަށް ކޮމިޓީން ގެނައި ބަދަލުތަކާ އެކު ކައުންސިލްގެ ކޮމެންޓު ހޯދަން އެދުނު ނަމަވެސް އެކަށީގެންވާ ވަގުތު ދިނުމެއް ނެތި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ ކަމާބެހޭ ޖަމިއްޔާތަކާއި ނޫސްވެރިންނާ އެކު ކުރި މަޝްވަރާގެ އަލީގައި ކައުންސިލުން އިއްޔެ ކޮމެންޓު ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އެ ކަންކަމަށް ރިއާޔަތް ނުކޮށް ކޮމިޓީން ބިލުގައި އެ މާއްދާ ހިމަނާފައިވާ ގޮތަށް ފާސްކުރުމަށް އެޖެންޑާ ކޮށްފައިވާތީ އެކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
"އެ ގޮތުން މިއީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިގެން ގޮސްދާނެކަމެއް ކަމުގައި ފާހަގަކޮށްފައިވާނެއެވެ،" ބަޔާނުގައިވެ އެވެ.
އެ ކަމުގެ ސަބަބެއް ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ އެ މާއްދާގައި މިހާރު ހިމަނާފައިވާ ގޮތުން ނަމަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރުކުރެވިދާނެތީ އެވެ. ނަމަވެސް، ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކަކީ އެއްވެސް ގާނޫނެއްގައި ތަފްސީލުކޮށް ކަނޑައަޅާފައި ބަޔާންކޮށްދީފައިވާ ކުށްތަކަކަށް ނުވާއިރު، ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ކަމަށްވާތީ އޭގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ހުޅުވިގެން ދާނެ ކަމަށް ބަޔާނުގައިވެ އެވެ.
ހެއްކާ ބެހޭ ބިލާ ގުޅިގެން ކަންބޮޑުވުން ހުރުމުން ނޫސްވެރިން މިއަދު ވަނީ ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައި -- ފޮޓޯ | ނިޝާން އަލީ
"ހަމައެހެންމެ، ޓެރަރިޒަމްގެ ކުށްތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ، ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އަންނާނެ ކަމަކަށް ނުވާއިރު، އެކަންކަމަށް ވެސް ކޮމިޓީން ރިއާޔަތް ކޮށްފައެއް ނެތެވެ. އެހެންކަމުން ޓެރަރިޒަމްގެ ކުށްތައް އެކަނި ހިމަނަން ނިންމާ ހާލަތުގައި ވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަތްވަނަ މާއްދާ އާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް އެކަނި ހަނުކުރުން މުހިންމު ކަމުގައި މި ކައުންސިލުން ވާނީ ފާހަގަކޮށްފައެވެ،" ކަންބޮޑުވުން ފާޅުކޮށް ބުނެފައިވެ އެވެ.
އެމްއެމްސީން ބުނި ގޮތުގައި ޕީޖީ ނުވަތަ ދައުވާ ލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި، އާންމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަންޖެހޭ މައުލޫމާތަށް ވާތީ، ހަމައެކަނި ތަހުގީގީ އިދާރާއިން އެދުމުން، އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެ ގޮތެއް ހިމެނުމަށް ވެސް ފާހަގަކޮށްފައިވާނެ އެވެ. އަދި އެ މާއްދާގައި ބަޔާންކުރާ އެންމެ ހާލަތެއް ސާބިތުކުރުމުގެ ބަދަލުގައި 136 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ވެސް މަދަނީ މިންގަނޑުން ސާބިތުކުރެވިގެން މެނުވީ މަސްދަރު ހާމަކުރުމަށް ނޭނގޭނޭ ގޮތަށް ހިމަނަން ވެސް އެ ކައުންސިލުން އެދިފައި ވާނެކަން ވަނީ ފާހަގަކޮށްފަ އެވެ.
ހެއްކާ ބެހޭ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން، މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިން މިއަދު ވަނީ ހިމޭން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިންނަށް ދޮގު ތުހުމަތުކުރުން ހުއްޓާލަން ގޮވާލައިފި
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން
މީޑިއާ ކައުންސިލުން އިންސާފުވެރި ވާން ޖެހޭ: އިދިކޮޅު
ބްރޯޑްކޮމް އަށް ބޮޑު ބަޖެޓް، ކައުންސިލްގެ ހާލަތު ދަށް
މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަށް ދިރުމެއް ނާންނާނެ
ނަޝީދަށް އަލިމަސް ގަލަން ނުދިނުމުން ފާޑުކިޔުން