Roadha Mihaaru
މެޑްޓެކް ހޯމްކެއާ: ބަލިމީހުންނަށް އަޅާލުމުގައި އެހީއެއް

މެޑްޓެކް ހޯމްކެއާ: ބަލިމީހުންނަށް އަޅާލުމުގައި އިތުރު އެހީއެއް

02 ޖުލައި 2022

ރާއްޖެ އަކީ ދުވަސްވީ މީހުންނާއި އެކި ކަހަލަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ. މި ފަދަ މީހުންގެ އާއްމު ދިރިއުޅުން ލުއިފަސޭހަ ކޮށްދޭނެ އެކި ކަހަލަ އީޖާދީ ގިނަ ވަސީލަތްތަކެއް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ އުފައްދާފަ އެވެ. ނަމަވެސް އެ ފަދަ ވަސީލަތްތަކަކީ އަދިވެސް ރާއްޖެ އިން ލިބުން ދަތި ވަސީލަތްތަކެކެވެ. ރާއްޖެ އަށް ދިމާވެފައިވާ އެ ދަތިކަން ހައްލުކޮށް ސިއްހީގޮތުން ބޭނުން ޖެހިފައިވާ އެކި ތަކެތި ދިވެހިންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުނިތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން މެޑްޓެކް އަކީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.

ބަލިވެ އެނދުމަތިވެފައި މީހުންނަށް ބޭނުންވާ ހޮސްޕިޓަލު ބެޑް މި ތަނުގައި ހުރޭ. ފޮޓޯ: ނިޝާން އަލީ | މިހާރު

ބަލިވެ އެނދުމަތިވެފައި މީހުންނަށް ބޭނުންވާ ހޮސްޕިޓަލު ބެޑް މި ތަނުގައި ހުރޭ. ފޮޓޯ: ނިޝާން އަލީ | މިހާރު

މެޑްޓެކް އިން ދާދިފަހުން ހުޅުވި އެ ކުންފުނީގެ މެޑްޓެކް ހޯމް ކެއާ އަކީ ސިއްހީ ގޮތުން އެކި ގޮންޖެހުންތަކާ ދިމާވެފައިވާ މީހުންނަށް ގޭގައި ބޭނުން ކުރެވޭނެ ގިނަ ވަސީލަތްތަކަކާ އެކު ހުޅުވާފައިވާ ފިހާރައެކެވެ. އެގޮތުން އުމުރުން ދުވަސްވެ، އެނދުމަތި ވެފައިވާ ބަލި މީހުން ބާއްވާނެ އެކި ކަހަލަ ހޮސްޕިޓަލް ބެޑާއި، އެ ފަދަ މީހުންނަށް އަޅާލުމުގައި ބޭނުންވާނެ ތަކެތި އެ ތަނުން ލިބެއެވެ. ހާއްސަކޮށް އެ ފަދަ ބަލި މީހުންގެ ހަކުރާއި، ލޭގެ ޕްރެޝަރު މޮނީޓާ ކުރުން މުހިންމު ވާއިރު، އެ ކަންތައްތައް ބަލަހައްޓާނެ މެޝިނުތައް ވެސް އެ ތަނުން ލިބެއެވެ.

ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ އެކި ބަލިތައް އާއްމުވެ، ނޭވާލުމުގައި ދަތިކަން ތަހައްމަލު ކުރާ މީހުން ވަނީ ގިނަ ވެފަ އެވެ. އެ ފަދަ މީހުންނަށް ގޭގައި އޮކްސިޖަން ތެރަޕީ ދޭން ބޭނުން ކުރާ ތަފާތު އެކި ޕްރޮޑަކްޓުތައް މި ތަނުން ލިބެ އެވެ. އޭގެތެރޭގައި، ބައިޕެކާއި، ނެބިއުލައިޒާ އާއި ގޭގައި ބޭނުން ކުރެވޭނެ އޮކްސިޖަން ކޮންސެންޓްރޭޓާ ހިމެނެއެވެ. މެޑްޓެކް ހޯމްކެއާގައި ގެއިން ފަރުވާ ދޭން ބޭނުން ކުރެވިދާނެ ތަކެތީގެ ތެރޭގައި އޮކްސިޖަން ތެރަޕީގެ އިތުރުން، ކުދިކުދި ކަންތައްތަކުގައި ފަރުވާ ދިނުމަށް ބޭނުން ކުރާ ފަސްޓު އެއިޑް ކިޓް ވެސް ހުރެއެވެ. އަދި ކޮވިޑުގެ ހާލަތާ އެކު ޑިސްއިންފެކްޓަންޓްސް އަށް ޑިމާންޑު ބޮޑުވެފައި ވާއިރު، ޑިސްއިންފެކްޓަންޓުގެ ގިނަ ޕްރޮޑަކްޓުތަކެއް އެ ތަނުން ލިބެއެވެ.

Products for All Your Needs | Medtech

Products for All Your Needs

Medtech Maldives

މި ވެބްސައިޓުން މެޑްޓެކް ހޯމްކެއާ އިން ލިބެން ހުރި ޕްރޮޑަކްޓުތައް ބަލާލެވޭނެ.

ރާއްޖެ އަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ އާބާދީ ބޮޑު ގައުމަކަށް ވާއިރު، އެ ފަދަ މީހުންގެ ޝާމިލުވުން މުޖުތަމައުގައި އިތުރު ކުރުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. އެ ފަދަ މީހުންނަކީ މުޖުތަމައަށް ނުކުމެ އުޅޭ ބަޔަކަށް ހެދުމަށް އެ މީހުންނަށް ތަންތަނަށް ދިޔުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމު ކުރެވި، އެ ފަދަ މީހުންނަށް ބޭނުންކުރެވޭނެ ވަސީލަތްތައް ހުރުން މުހިންމެވެ. މެޑިޓްކް ހޯމްކެއާ އަކީ އެ ފަދަ މީހުންނަށް އަމާޒުކޮށް، ތަފާތު އެކި ވައްތަރުގެ ސްކޫޓަރުތަކާއި، މޮޓޮރައިޒްޑް ވީލް ޗެއާތައް ގެނެސްފައިވާ ފިހާރައެކެވެ.

މެޑިޓެކް ހޯމްކެއާގެ ޝޯ ރޫމް މެނޭޖާ މުހައްމަދު ސޮބާހު ވިދާޅުވީ މެޑްޓެކް އިން ސިއްހީ ގޮތުން އެކި ކަހަލަ ގޮންޖެހުންތައް ދިމާވެފައިވާ މީހުންނަށް ބޭނުން ކުރެވޭނެ އެކި ވަސީލަތްތައް ގެނެސްދީފައި ވަނީ އާއްމުންނަށް އެ ކަންކަމުގައި ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ކަމަށެވެ. އަދި އެ ފިހާރައިން އެކި ކެޓަގަރީތަކަށް ބަހާލައިގެން ޕްރޮޑަކްޓުތައް ތައާރަފު ކޮށްފައި ވާއިރު، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އަމާޒު ކޮށް، ރަނގަޅު މޮބިލިޓީ ރޭންޖުގެ ޕްރޮޑަކްޓުތަކެއް ގެނެއުމަށް އެ ފިހާރައިން އިސްކަން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

މެޑްޓެކް ހޯމްކެއާގެ މޮބިލިޓީ ރޭންޖުގެ ދަށުން މޮޓޮރައިޒްޑް ވީލް ޗެއާ އާއި އެއްތަނުން އަނެއް ތަނަށް ދިޔުމަށް ބޭނުން ކުރާ އެކި ކަހަލަ އެއްޗިހި ލިބެން ހުރޭ. ފޮޓޯ: ނިޝާން އަލީ | މިހާރު

މެޑްޓެކް ހޯމްކެއާގެ މޮބިލިޓީ ރޭންޖުގެ ދަށުން މޮޓޮރައިޒްޑް ވީލް ޗެއާ އާއި އެއްތަނުން އަނެއް ތަނަށް ދިޔުމަށް ބޭނުން ކުރާ އެކި ކަހަލަ އެއްޗިހި ލިބެން ހުރޭ. ފޮޓޯ: ނިޝާން އަލީ | މިހާރު

މެޑްޓެކް ހޯމްކެއާ އަކީ އެ ތަނުން ގަންނަ ޕްރޮޑަކްޓުތަކަށް މެއިންޓެނެންސް އާއި ރިޕެއާގެ ހިދުމަތް ވެސް ދޭ ފިހާރަ އެކެވެ. އެ ތަނުގައި ހޮސްޕިޓަލުތަކަށް ބޭނުންވާ އެކި ކަހަލަ ގިނަ ޕްރޮޑަކްޓުތަކެއް އެބަ ހުއްޓެވެ. އަދި ކުޑަކުދިންނާއި މައިންނަށް ބޭނުން ކުރެވޭނެ މޮޅު "މަދާ އެންޑް ބޭބީ ކެއާ" ގެ ޕްރޮޑަކްޓު ރޭންޖެއް ވެސް އެ ތަނުން ލިބޭނެ އެވެ. މެޑްޓެކް ހޯމް ކެއާ ގައި ލިބެން ހުރި ޕްރޮޑަކްޓުތަކަކީ އެމެރިކާއި ޔޫރަޕް ގައުމުތަކުގެ މޮޅު އުފެއްދުންތަކެކެވެ. މި ފިހާރައިން ލިބެން ހުރި ބައެއް ވަސީލަތްތަކަކީ އެންސްޕާ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަކެއްޗެވެ.

މިއީ ނިކަގަސް ހިނގުމުގައި ހުންނަ ފިހާރަ އެއް.

މެޑިޓެކް ހޯމްކެއާ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 18:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މެޑިޓެކް ހޯމްކެއާ ގައި ލިބެން ހުރި ޕްރޮޑަކްޓުތަކުގެ މައުލޫމާތު އެ ފިހާރައިގެ ހޮޓްލައިން ނަމްބަރު 3338663 އިން ލިބޭނެ އެވެ. އަދި 9902225 އަށް ވަޓްސްއަޕް ކޮށްގެން ވެސް ޕްރޮޑަކްޓުތަކުގެ މައުލޫމާތު ހޯދޭނެ އެވެ.

ނޯޓް: މިއީ މެޑްޓެކްގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.