Roadha Mihaaru
މެޑިފްލެކްސް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުހަށް

ބިޒީ ލެބޯޓަރީއެއް، ކުޑަ ދުވަސްކޮޅަކުން އެންމެ އުހުގައި!

13 ސެޕްޓެމްބަރ 2021

އާ ނަމެއް ނޫނެވެ؛ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މިއީ އެންމެ މަޝްހޫރު އެއް ނަމެވެ. މި ލެބޯޓަރީގެ ހަޔާތުގައި އަދި އެންމެ ހައެއްކަ މަސް ހޭދަކުރި ނަމަވެސް، އެ ލެބޯޓަރީގެ ދޮރު އެތައް ބަޔަކު ހުރަސްކޮށްފި އެވެ. އަދި، ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި، ހިދުމަތް ހޯދުމަށް ފަހު ކޮންމެ މީހަކު ވެސް ނުކުމެގެން ދަނީ ޔަގީންކަމާއި ހިނިތުންވުމާ އެކު އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ ނަމެއް ނޫނެވެ؛ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މިއީ އެންމެ މަޝްހޫރު އެއް ނަމެވެ. މި ލެބޯޓަރީގެ ހަޔާތުގައި އަދި އެންމެ ހައެއްކަ މަސް ހޭދަކުރި ނަމަވެސް، އެ ލެބޯޓަރީގެ ދޮރު އެތައް ބަޔަކު ހުރަސްކޮށްފި އެވެ. އަދި، ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި، ހިދުމަތް ހޯދުމަށް ފަހު ކޮންމެ މީހަކު ވެސް ނުކުމެގެން ދަނީ ޔަގީންކަމާއި ހިނިތުންވުމާ އެކު އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އެންމެ ޕީކްގައި އުފަންވިޔަސް، ޒަމާނީ ލެބޯޓަރީއެއްގެ ގޮތުގައި މެޑިފްލެކްސް ހުޅުވަން ކުރިން ހަމަޖެހިފައި އޮތީ ހަމައެކަނި ޕީސީއާރު ޓެސްޓް ހަދާ ތަނެއްގެ ގޮތަކު ނޫނެވެ. ރާއްޖޭގައި އާންމުކޮށް ހަދާ ހުރިހާ ލެބޯޓަރީ ޓެސްޓެއް ހަދަން ބޭނުންވާ އެންމެ ފަހުގެ ޒަމާނީ އިކުއިޕްމަންޓްސް އެތާނގައި މިހާރު ވެސް އެބަހުއްޓެވެ. އެކަމަކު، މެޑިފްލެކްސްގެ ޗެއާމަން އަހުމަދު ހައިކަލް ވިދާޅުވި ގޮތުގައި، ގައުމަށް ބޭނުންވެފައިވާ އެންމެ މުހިންމު މަސައްކަތަށް ވަގުތުން ޕްލޭން ބަދަލުކޮށްލީ އެވެ.

ކޮވިޑް ޓެސްޓްގެ ސާމްޕަލް އެކްސްޓްރެކްޓް ކުރަނީ: ޓެސްޓްކުރުމުގެ ގިނަ މަސައްކަތް ކުރަނީ މެޝިންތައް ބޭނުންކޮށްގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑް ޓެސްޓްގެ ސާމްޕަލް އެކްސްޓްރެކްޓް ކުރަނީ: ޓެސްޓްކުރުމުގެ ގިނަ މަސައްކަތް ކުރަނީ މެޝިންތައް ބޭނުންކޮށްގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއީ އެންމެން ގުޅިގެން ހިދުމަތް ކޮށްދޭންވީ ވަގުތު ކަމަށް އަޅުގަނޑުމެން ވެސް ގަބޫލު ކުރީ،" ރާއްޖެ އަށް މެޑިކަލް ސާމާނު އެންމެ ފުޅާދާއިރާގައި އެތެރެކުރާ މެޑްޓެކްގެ ވެސް ޗެއާމަން އަދި ސީއީއޯ ވިދާޅުވި އެވެ.

"އިރާދަކުރެއްވީތީ މިއަދު މެޑިފްލެކްސް އަކީ ޕީސީއާރުގެ އެންމެ ކޮލިޓީ ރަނގަޅު މެޝިނަރީ އާ އެކު އެންމެ ކޮލިޓީ ރަނގަޅު ހިދުމަތެއް ދޭ އަމިއްލަ ލެބޯޓަރީ."

"އިރާދަކުރެއްވީތީ މިއަދު މެޑިފްލެކްސް އަކީ ޕީސީއާރުގެ އެންމެ ކޮލިޓީ ރަނގަޅު މެޝިނަރީ އާ އެކު އެންމެ ކޮލިޓީ ރަނގަޅު ހިދުމަތެއް ދޭ އަމިއްލަ ލެބޯޓަރީ."

މެޑިފްލެކްސް އަކީ މެޑްޓެކްގެ ބޮޑު ހިއްސާއެއް އޮތް ލެބޯޓަރީއެކެވެ. ޒަމާނީ މެޝިނަރީ އާ އެކު، ލެބޯޓަރީ ހިދުމަތުގެ އާ ވިސްނުންތަކެއްގެ ތެރެއިން އެ ތަން ޕްލޭންކޮށްފައިވާ އިރު ލެބޯޓަރީ ހިންގުމުގައި އިސްކޮށް ތިއްބެވީ ވެސް ކަމުގެ ވަރަށް ގާބިލް ދެ ބޭފުޅުންނެވެ. އެއީ، މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނަރަލް ރިޓަޔަޑް އަދި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ ފަރުހަތު ޝަހީރާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަދި އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހަންމަދު ރިޝްވާން އެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ވަރުގަދަ ޓީމް ވޯކެއް. އަޅުގަނޑުމެން ފަޚުރުވެރިވޭ މި ހިދުމަތް ދެވޭ ގޮތާ ދޭތެރޭ،" ހައިކަލް ވިދާޅުވި އެވެ.

24 ގަޑިއިރުގެ ހިދުމަތް، އަވަސް ނަތީޖާ، ބުރަ މަސައްކަތް

މެޑިފްލެކްސް އިން އެންމެ ފުރަތަމަ ޕީސީއާރު ޓެސްޓް ހަދައިދޭން ފެށީ ދުވާލަކު 25 ސާމްޕަލް އިންނެވެ. އެހެން ނަމަވެސް މި ވަގުތު އެ ލެބް އިން ދުވާލަކު ހާހަކަށް ވުރެ ގިނަ ސާމްޕަލް ޕްރޮސެސް ކުރެ އެވެ. މި ވަގުތު މެޑިފްލެކްސް ލެބްގައި ހުރި ދެ މެޝިނުން ދުވާލެއްގެ މައްޗަށް 4،000 ސާމްޕަލް ޓެސްޓް ކުރުމުގެ ގާބިލުކަން ވެސް އެބަހުއްޓެވެ.

ޕީސީއާރް ޓެސްޓެއްގެ ނަތީޖާ އާންމުންނާ ހަމައަށް މި ގެނެވެނީ ވަރަށް ގިނަ މަރުހަލާތަކަކަށް ފަހު އެވެ. މި ޓެސްޓް ހެދުމަށް ހަމައެކަނި ނޭފަތާއި އަނގައިން ސާމްޕަލް ނެގުމުން އެކަން ނިމުނީކީ ނޫނެވެ. ލެބޯޓަރީގައި ސާމްޕަލް އެކްސްޓްރެކް ކުރުމާއި ބެސްޓް ޕްރެކްޓިސްތައް ހިފަހައްޓައިގެން ޓެސްޓެއްގެ ނަތީޖާ އާންމުންނާ ހަމައަށް ގެނައުމަށް އެތައް ބަޔަކު މަސައްކަތް ކުރަން ޖެހެ އެވެ.

މެޑިފްލެކްސް ލެބޯޓަރީގެ ސްޓާފަކު މަސައްކަތުގައި: ބުރަ މަސައްކަތެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޑިފްލެކްސް ލެބޯޓަރީގެ ސްޓާފަކު މަސައްކަތުގައި: ބުރަ މަސައްކަތެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޑިފްލެސްއިން ޕީސީއާރުގެ ޓެސްޓް ހެދުމުގައި 24 ގަޑިއިރު ހިދުމަތް ދެ އެވެ. ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުއްޓަސް މެޑިފްލެކްސްގެ މުވައްޒަފުންނާ އެތަނަކަށް ގޮސްގެން ސާމްޕަލް ނަގައިދެ އެވެ. އެއީ ގެ ކަމަށް ވިޔަސް، ނުވަތަ މާލެ ސަރަހައްދުގެ ކޮންމެ އަވަށެއް ވިޔަސް ވަރިހަމަ އެވެ. މެޑިފްލެކްސްްގައި 80އެއްހާ މުވައްޒަފުން ހަރަކާތްތެރިވާއިރު އެކަމަށް ހާއްސަ ޓީމްތައް އޮވެ އެވެ. އެ ލެބޯޓަރީގެ މުވައްޒަފުން ރޭގަނޑާއި ދުވާލު، އަދި އަތްވާއި ވާރޭގައި ކުރަމުން އެ އަންނަނީ ވިޔަފާރިއަކަށް ވުރެ ވެސް ބޮޑަށް ގައުމީ މަސައްކަތެއްގެ ގޮތުގަ އެވެ.

މެނޭޖިން ޑިރެކްޓަރު ފަރުހަތު ވިދާޅުވީ، މެޑިފްލެކްސްގެ އެންމެ ބޮޑު ކާމިޔާބަކީ އޮންނަ އުސޫލުތަކުގެ ތެރެއިން ފަރުވާތެރިކަމާ އެކު ކަންކަން ކުރުން ކަމަށެވެ. އަދި ޓެސްޓް ހެދުމުގައި ކޮލިޓީ ހިފެހެއްޓުމަކީ އެންމެ އިސްކަން ދޭ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ލެބް އިން ކޮވިޑް ސާމްޕަލްއެއް ނަގަނީ: އެ ލެބްގެ 80 ޕަސެންޓް ނިސްބަތްވަނީ ޓޫރިޒަމް ދާއިރާއިން ހަދާ ޕީސީއާރް ޓެސްޓްތަކަށް--- ފޮޓޯ:ނިިޝާން އަލީ/ މިހާރު

ލެބް އިން ކޮވިޑް ސާމްޕަލްއެއް ނަގަނީ: އެ ލެބްގެ 80 ޕަސެންޓް ނިސްބަތްވަނީ ޓޫރިޒަމް ދާއިރާއިން ހަދާ ޕީސީއާރް ޓެސްޓްތަކަށް--- ފޮޓޯ:ނިިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންނަކީ މާ ފަހުން މިކަން ކުރަން އައި ބައެއް. އެހެން ނަމަވެސް މިކަން ކުރުމުގައި މިތާނގައި އެންމެ އިސްކޮށް މި އުޅެނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން. އަނެއްކޮޅުން ބޭނުން ކުރަނީ ދުނިޔޭގައި ވެސް މިކަމުގައި އެންމެ ފާހަގަކޮށްލެވޭ މެޝިނަރީސް. އަޅުގަނޑުމެން މި ބޭނުން ކުރަނީ އެމެރިކާގެ ތާމޯ ފިޝާ ބްރޭންޑްގެ ޒަމާނީ މެޝިންތައް،" ފަރުހަތު ވިދާޅުވި އެވެ.

މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދާ މީހުންގެ 80 ޕަސެންޓަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންނެވެ. އެ މީހުންނަކީ ވަކި ވަގުތުތަކެއްގައި ދަތުރުކުރާ ބަޔަކަށް ވާއިރު ވަކި ގަޑިތަކެއްގައި ޕީސީއާރުގެ ނަތީޖާ ވެސް ބޭނުންވެ އެވެ. މެޑިފްލެކްސް އިން މި ވަގުތު ހަ ގަޑިއިރާއި 12 ގަޑިއިރާ ދޭތެރޭގައި ވެސް ނަތީޖާ ފޯރުކޮށްދެ އެވެ. އަދި ބައެއް ހާލަތްތަކުގައި ހަތަރު ގަޑިއިރުގެ ތެރޭގައި ވެސް ނަތީޖާ ދެ އެވެ.

މެޑިފްލެކްސް ލެބް: އެތަނުން ހަ ގަޑި އިރުގެ ތެރޭގައި ޓެސްޓް ހަދައިދޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޑިފްލެކްސް ލެބް: އެތަނުން ހަ ގަޑި އިރުގެ ތެރޭގައި ޓެސްޓް ހަދައިދޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޑިފްލެކްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރިޝްވާން ވިދާޅުވީ، މެޑިފްލެކްސްގެ އެންމެ ބޮޑު އަމާޒަކީ ކަނޑައަޅާ ވަގުތަށް ޓެސްޓްގެ ނަތީޖާ ފޯރުކޮށްދިނުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ޓާގެޓް ހާސިލް ކުރުމަށް މެޑިފްލެކްސްގެ ޓީމު ކުރަނީ ބުރަ މަސައްކަތްތަކެކެވެ.

"ސްޓާފުން ވަރަށް ބިޒީ ވާނެ. އަބަދުވެސް ފްލައިޓެއް ޖައްސާއިރު އެތަނުގައި ސާމްޕަލް ކަލެކްޓް ކުރަން ކުދިން ގޮސް ތިބޭނެ. ތިން ޝިޕްޓަކަށް އެކަން ކުރާނެ. ދަންވަރު ވިޔަސް އިރާކޮޅު ވިޔަސް ރިކުއެސްޓް ކޮށްފާނެ ސާމްޕަލް ނަގަން. އެކަން ވެސް ހަމަ ކުރާނެ ކުދިން މިތާނގައި ތިބޭނެ،" އޭނާ ވިދާޅުވި އެވެ.

ލެބްގެ މަސައްކަތްތައް ތިން ޝިފްޓަކަށް ބަހާލައިގެން ކުރާ އިރު ވެސް ކޮންމެ ޝިފްޓަކަށް ވެސް ވަރަށް ބާރު ބޮޑެވެ. އެހާ ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުންތަކެއް އުޅޭ އިރު އެ މީހުންނަށް ރަނގަޅު މަސައްކަތު މާހައުލެއް ގާއިމްކުރުމަކީ ވަރަށް ހާއްސަ ކަމެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ހަފްތާއަކު އޮފީސް ޑިސްއިންފެކްޓް ކުރާނެ. މުވައްޒަފުން ދޭތެރެއަކުން ޓެސްޓްކުރާނެ. ބިޒީއަސް ހަމަ މުވައްޒަފުން އެކުގައި ކަންކަން ރާވަން. ކެއުންތަކާއި މަސް ދަތުރުތައް ވެސް ބާއްވަން. އެހާ ޔަންގް ކުދިން ތިބެފައި އެ މީހުންގެ ވެލްބިއިން އަށް ވެސް ވިސްނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އާދައިގެ ލެބޯޓަރީއެއް ނޫން، އިތުބާރު ބޮޑު

ކޮވިޑަށް ޓެސްޓް ކުރަން އެންމެ ފުރަތަމަ ޖެހެނީ ސްވޮބްއެއް ބޭނުންކޮށްގެން ސާމްޕަލް ނެގުމެވެ. މެޑިފްލެކްސް އިން ބޭނުން ކުރާ ސްވޮބް އަކީ އެންމެ ފަސޭހައިން އެކަން ކުރެވޭނެ، ތަދު ނުވާނެ ގޮތަކަށް ހަދާފައިވާ ސްވޮބެކެވެ. ސްވޮބް އިން ސާމްޕަލް ނެގުމަށް ފަހު ލެބަށް ގެންދެވެންދެން ބާއްވާނީ ޓިއުބެއްގަ އެވެ. މެޑިފްލެކްސް އިން ގެންގުޅެނީ އެމެރިކާގެ ސީޑީސީ އިން ރިކޮމެންޓް ކުރާ އިޓަލީގެ އުފެއްދުމެއް ކަމަށްވާ "ކޮޕަން" ސްވޮބް އެވެ. މިއީ އެންމެ ރައްކާތެރިކަމާ އެކު ސާމްޕަލް ނަގާލެވޭ ސްވޮބް އެވެ.

ލެބަށް ސާމްޕަލް ގެންގޮސް، އެކްސްޓްރެކްޓް ކުރަން ފަށާނެ އެވެ. އެގޮތުން ސްވޮބް އިން އޭގައި ހިމެނޭ ޖެނެޓިކް މެޓީރިއަލް ނަގާނެ އެވެ. މިކަން ކުރުމަށް ފަހު ކެމިކަލް އާއި އެންޒައިމްސްއާ އެކު ތާމަލް ސައިކްލާ މެޝިނަށް ލާނީ އެވެ. އެއަށް ފަހު ހާއްސަ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ޕީސީއާރް މެޝިން މެދުވެރިކޮށް ޕޮޒިޓިވް އަދި ނެގެޓިވް ސިގްނަލްތައް ބަލައިގެން ޓެސްޓްގެ ނަތީޖާ ބަލާނީ އެވެ.

މެޑިފްލެކްސް ލެބޯޓަރީ: މިތަން ހުންނަނީ އައިޖީއެމްއެޗާ ވަރަށް ކައިރީގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޑިފްލެކްސް ލެބޯޓަރީ: މިތަން ހުންނަނީ އައިޖީއެމްއެޗާ ވަރަށް ކައިރީގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޑިފްލެސްގެ ލެބޯޓަރީ ޑިރެކްޓަރު ޝަހީދު މުހަންމަދު ވިދާޅުވީ، އެ ލެބްގެ ނަތީޖާތަކާ މެދު ސުވާލު އުފެެއްދުމުގެ ޖާގަ ވަރަށް ނެތް ކަމަށެވެ.

"މިއީ ދުނިޔޭގައި މިކަމަށް ބޭނުންކުރާ ހަމަ އެންމެ ރަނގަޅު އެންމެ ކޮލިޓީ މެޝިން. ނުބައި ނަތީޖާއެއް ނުކުތުމުގެ ފުރުސަތެއް ނޯންނާނެއޭ ވެސް ބުނެވިދާނެ. އަނެއްކާ އަޅުގަނޑުމެން މި ބޭނުން ކުރާ ކިޓަކީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި ސީއީ މާކްޑް ޕާކިން އެލްމާ ކޮވިޑް-19 ޑިޓެކްޝަން ކިޓް. މިއީ މިހާރު މާކެޓްގައި ލިބެންހުރި އެންމެ ކޮލިޓީ އަދި އެންމެ ސެންސިޓިވް އެއް ކިޓް،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެހެން ބައެއް ތަންތަނާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ ސްވޮބް ކުޑަކޮށް އަގު ވެސް ބޮޑުވެދާނެ. އެކަމަކު ވެސް ބޭނުމަކީ ކޮލިޓީ ހިފެހެއްޓުން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މިހުރީ ހަމަ ވަރަށް އޮޓަމޭޓެޑް މެޝިންތަކެއް."

މެޑިފްލެކްސްގައި ދެން ހުރި އިކުއިޕްމަންޓަކީ ވެސް ރާއްޖޭގެ އެހެން ބައެއް ލެބޯޓަރީތަކާ ހިލާފަށް ޒަމާނީ އަދި ކަން ކުރަން ފަސޭހަ، ފަހުގެ ޓެކްނޮލޮޖީތައް ހިމެނިފައިވާ އިކުއިޕްމަންޓެވެ.

"އަޅުގަނޑުމެން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން މި ގެންދަނީ ޕީސީއާރުގެ މަސައްކަތް. އެކަމަކު މި ލެބަކީ ހަމައެކަނި އެކަމަށް ހާއްސަކޮށްފައި ހުރި ތަނެއް ނޫން،" ހައިކަލް ވިދާޅުވި އެވެ.

"ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިދަނީ އެމެރިކާގެ އިލުމިނާ އާ ގުޅިގެން ޖެނޯމް ސީކުއެސިން ޓެސްޓް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން. އަޅުގަނޑު ހިތުން މިއީ މި ވަގުތު ރާއްޖޭގައި ހެދެން ނެތް އެކަމަކު ނުހަނު މުހިންމު ތަހުލީލެއް."

"ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިދަނީ އެމެރިކާގެ އިލުމިނާ އާ ގުޅިގެން ޖެނޯމް ސީކުއެސިން ޓެސްޓް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން. އަޅުގަނޑު ހިތުން މިއީ މި ވަގުތު ރާއްޖޭގައި ހެދެން ނެތް އެކަމަކު ނުހަނު މުހިންމު ތަހުލީލެއް."

އޭނާ ވިދާޅުވި ގޮތުގައި މެޑިފްލެކްސް ވާނީ ކުރިއަށް އޮތް ތާނގައި ލެބޯޓަރީ ތަހުލީލުތަކަށް ރާއްޖޭގައި އިންގިލާބީ ބަދަލުތަކެއް ގެންނާނެ ބަޔަކަށެވެ. އުންމީދަކީ ވެސް އަދި މަސައްކަތް ކުރާނީ ވެސް އެ އުންމީދު ދިވެހިންނަށް ހާސިލްކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޑިފްލެކްސްގެ އަމާޒަކީ ރާއްޖެއިން މިހާރު ހެދެން ނެތް ވީހާ ވެސް ގިނަ ތަހްލީލުތައް މި ލެބޯޓަރީ މެދުވެރިކޮށް ތައާރަފްކޮށް، މި ދާއިރާއިން ފަންނުވެރި ދިވެހިން ބިނާކުރުމަށް. އިރާދަކުރެވިއްޔާ އެކަން ހާސިލްވާނެ،" ހައިކަލް ވިދާޅުވި އެވެ.