27 ޖޫން 2022
އެއްޖިންސުން ގިނަ ބަޔަކާ އެކު ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީމީހާއާ އެކު، ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ކޮޓަރިއެއްގައި ހުންނަވާ ފޮޓޯއެއް ދައުރުވަމުންދާއިރު، އެ ފޮޓޯ އިން ފެންނަނީ އޭނާ ކަމަށް އެއްބަސްވެ، އެކަމަކު އެ މީހާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެއްޖިންސުން ގިނަ ބަޔަކާ އެކު ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީމީހާއާ އެކު، ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ކޮޓަރިއެއްގައި ހުންނަވާ ފޮޓޯއެއް ދައުރުވަމުންދާއިރު، އެ ފޮޓޯ އިން ފެންނަނީ އޭނާ ކަމަށް އެއްބަސްވެ، އެކަމަކު އެ މީހާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ހަރަކާތްތަކުގައި މިހާރު އިސްކޮށް އުޅުއްވާ ނަޝީދަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ތައިލެންޑަށް ކަނޑައެޅި ސަފީރެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ މާސްކު އަޅައިގެން ނަޝީދު ކޮޓަރިއަކަށް ވަދެވަޑައިގަންނަވަނިކޮށެވެ. އޭރު އެ ކޮޓަރީގެ ތެރޭގައި ބިދޭސީ މީހާ ވެސް ހުއްޓެވެ. އެއީ ސިޔާސީ ގިނަ ބޭފުޅުންތަކަކާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ބިދޭސީމީހާ އެވެ. އެ ބިދޭސީމީއާއެކު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް އާންމު ކޮށްފައިވާއިރު، ނާޒިމްގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ނަޝީދު، އެ ބިދޭސީމީހާއެކު އެއް ކޮޓަރިއެއްގައި ހުންނަވާ ފޮޓޯ ލީކުކޮށްލުމާ ގުޅިގެން، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެ ކޮޓަރި އަށް ގެންދިޔައީ "ވިޔަފާރި މީޓިން" އެއް ކަމަށް ބުނެ ތަކުރާރުކޮށް ގުޅައިގެން ކަމަށެވެ.
"ދައުރުވަމުންދާ ފޮޓޯތަކަކީ އަޅުގަނޑުގެ ފޮޓޯތަކެއް،" ނަޝީދު ވިިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ ކޮޓަރި އަށް އޭނާ ގެންދިޔަ މީހުންގެ މަގުސަދަކަށްވީ އޭނާ ލައްވައި އެއްޖިންސުން ގުޅުން ހިންގުވުން ކަމަށެވެ. އެކަމަކު އެފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މީހުން ވަނީ ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ ބިރު ދައްކައި ދެ ލައްކަ ޑޮލަރު ހޯދުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު ލީކުކޮށްލިޔަސް ފައިސާ ނުލިބޭނެ ކަމަށް އެ މީހުން ގާތު ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމީހުންގެ މަގްސަދަކަށް ވެފައި އޮތީ އަޅުގަނޑު ލައްވާ އެ އަމަލު ހިންގުން. އަޅުގަނޑު އެކަމުން ބަރީއަ ވިން. އެ މީހުން ފޮޓޯ ލީކުކޮށްލާނެ ކަމުގެ ބިރު ދެއްކި. ދެ ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ. ލާރިއެއް ނުލިބޭނެއޭ،" ނަޝީދުގެ ފޭސްބުކް ޕޯސްޓްގައި ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ."
ނަޝީދުގެ ފޮޓޯއެއް ލީކުކޮށްލިއިރު ފުލުހުން ދަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ބްލެކްމެއިލްކުރި މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ.
ފުލުުހުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކުކުރަމުންދާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
"މި މައްސަލާގައި ހިމެނޭ ފަރާތްތަކެއްގެ މައުލޫމާތު މިހާރު ވަނީ ދެނެގަނެވިފައި. އެ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ،" އޭނާ ވިދާޅުވި އެވެ.
އަލަމްގީރް ކޭސް: ބްލެކްމެއިލްކުރި 3 މީހަކު ހައްޔަރު
އަލަމްގީރްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި
ބަރަހަނާ ވީޑިއޯތައް 10 މިލިއަނަށް ވިއްކަން އުޅުނު!
ނާޒިމް ސައްތާރު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
ނާޒިމް އެއްޖިންސުން ގުޅުން "ހިންގި" މައްސަލަ ބަލަނީ
މައްސަލައަށް އަހަރެއް ވަނީ، ބިރު ދެއްކުން ކުރިއަށް!
ލޯބިވެރިޔާ ބްލެކްމެއިލް ކުރި ޕޮލިހަކު ހައްޔަރުކޮށްފި
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް
ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!