24 ޖޫން 2022
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިއަދު އާންމުވެފައިވަނިކޮށް، ފުލުހުންގެ އިދާރާ އަށް އޭނާ މިރޭ ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިއަދު އާންމުވެފައިވަނިކޮށް، ފުލުހުންގެ އިދާރާ އަށް އޭނާ މިރޭ ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުކުރީ ނާޒިމާއި ބިދޭސީ ފިރިހެނަކު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ.
ނާޒިމް ފެންނަ ވީޑިއޯ އާންމުވުމާއެކު، ނޫސްވެރިން ސުވާލު ކުރަން ފެށުމުން ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ނާޒިމް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް، ސުވާލުކުރިޔަސް އެ ކަމާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އޭނާއާ ސުވާލުކުރީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ކަމެއް ނުވަތަ ބަޔަކު އެ ވީޑިއޯ އާންމުކޮށް ނާޒިމް ބްލެކްމެއިލްވި މައްސަލައިގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ވީޑިއޯއާ ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ކަމަށް އިންކާރު ކުރައްވައިފަ އެވެ. އެކަމަކު އެއީ ނާޒިމް ކަމަށް ތުހުމަތުކޮށް އެތައް ބަޔަކު ދަނީ އޭނާ ހައްޔަރުކުރަން ގޮވައިލަމުންނެެވެ. ސިޔާސީ ނުފޫޒު ހުރި މީހުންނާ ޖެހުމުން ސަރުކާރުން އެފަދަ މައްސަލަތަކާ އަޅައި ނުލާ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ އޭގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ނާޒިމް އެއްޖިންސުން ގުޅުން "ހިންގި" މައްސަލަ ބަލަނީ
އަލަމްގީރް ކޭސް: ބްލެކްމެއިލްކުރި 3 މީހަކު ހައްޔަރު
އަލަމްގީރުގެ ފަރާތުން ބައްޔެއް ފެތުރިފައި އޮވެދާނެ!
އަލަމްގީރްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި
އަލަމްގީރްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި
އެއްޖިންސުން ގުޅުން ހިންގި އަލަމްގީރް ހައްޔަރުކޮށްފި
ބަރަހަނާ ވީޑިއޯތައް 10 މިލިއަނަށް ވިއްކަން އުޅުނު!
ފޮޓޯގައި ފެންނަނީ އަޅުގަނޑު، ބަރަހަނާ ނުވަން: ނަޝީދު
ލޯބިވެރިޔާ ބްލެކްމެއިލް ކުރި ޕޮލިހަކު ހައްޔަރުކޮށްފި
ބަނގުރާ ފުޅިތަކަކާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި