Roadha Mihaaru
ޗައިނާއާ ވާދައަށް 600 ބިލިއަން ޑޮލަރުގެ އެހީ

ޗައިނާއާ ވާދައަށް 600 ބިލިއަން ޑޮލަރުގެ އެހީ

27 ޖޫން 2022

ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާގެ ތަރައްގީ އަށް އެހީވެދިނުމުގެ ގޮތުން، ޖީ7ގެ ގައުމުތަކުގެ ސަރުކާރުތަކުންނާއި ޕްރައިވެޓް ސެކްޓާގެ ތެރެއިން، 600 ބިލިއަން ޑޮލަރުގެ އެހީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް، ޖީ7ގެ ގައުމުތަކުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.

ޖަރުމަން ވިލާތުގެ ބެވޭރިއާގައި އިއްޔެ ފެށި، ޖީ7ގެ މަހާސިންތާގައި ގައުމުތަކުގެ ވެރިން މިކަމަށް އެއްބަސްވެވަޑައިގަތީ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް، ޗައިނާ އިން އެ ގައުމުތަކަށް ދެމުންދާ އެހީތައް ހުއްޓުވުމުގެ ގޮތުންނެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް ޗައިނާ އިން ފޯރުކޮށްދޭ އެހީތަކުގެ އަގު އެތައް ޓްރިލިއަން ޑޮލަރަކަށް މިހާރު ވެސް އަރަ އެވެ.

މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވީ، އާލަމީ ފެންވަރުގައި އަންނަ ކުއްލި ލޮޅުންތަކާ ކުރިމަތިލުމަށް އެކަށޭނަ މިންވަރަށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ އޮތީ ތަރައްގީ ނުވެ އެވެ. އެހެންކަމުން، ދުނިޔޭގެ ފެންވަރުގައި ފެތުރިގެންދާ ވަބާތަކުން އެ ގައުމުތަކަށް ލިބޭ ގެއްލުން ބޮޑުވެ، އެކަމުން އަރައިގަތުމަށް ވެސް ދިގު މުއްދަތެއް ހޭދަވާ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ޖަރުމަން ވިލާތުގެ ބެވޭރިއާގައި ޖޫން 26-28، 2022ގައި ބާއްވާ ޖީ7ގެ މަހާސިންތާ ފެށުމުގެ ޖަލްސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވަނީ. --އޭއެފްޕީ

ޖަރުމަން ވިލާތުގެ ބެވޭރިއާގައި ޖޫން 26-28، 2022ގައި ބާއްވާ ޖީ7ގެ މަހާސިންތާ ފެށުމުގެ ޖަލްސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވަނީ. --އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި އިންސާނިއްޔަތުގެ ކަމުގެ ދާއިރާ އިން އުފެދޭ ކަންބޮޑުވުމެއް ނޫނެވެ. އޭގެ އިތުރުން އެއީ އިގްތިސާދީ ދާއިރާއިންނާއި ސަލާމަތީ ދާއިރާ އިން ވެސް އުފެދޭ ކަންބޮޑުވުމެކެވެ.

އެ ކަންބޮޑުވުންތައް ހައްލު ކުރުމުގެ ގޮތުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރުގެ ހިލޭ އެހީ، އެމެރިކާ އިން ހަމަޖައްސާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ. މި އެހީ ދިނުމަށް އެމެރިކާ ވިސްނަނީ، އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކަށާއި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށެވެ.

މި އެހީގެ ސަބަބުން، މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށާއި ސިއްހީ މައްސަލަތައް ހައްލުކުރުމަށް އެފަދަ ގައުމުތަކަށް ފަސޭހަވެގެންދާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި އެހީއެއް ނޫން ކަމަށާއި، މިއީ ކުރިމަގަށްޓަކައި ކުރާ އިންވެސްޓެއް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އެހެންކަމުން، މި އިންވެސްޓްމަންޓްގެ ފައިދާ އެންމެނަށް ކުރާނެ އެވެ.