27 ޖޫން 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، މެދުތެރޭ އޭޝިޔާގެ ދެ ގައުމަކަށް މި ހަފުތާގައި ވަޑައިގަންނަވާނެ ކަމަށް، އެ ގައުމުގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، މެދުތެރޭ އޭޝިޔާގެ ދެ ގައުމަކަށް މި ހަފުތާގައި ވަޑައިގަންނަވާނެ ކަމަށް، އެ ގައުމުގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޕަވެލް ޒަރުބީން ވިދާޅުވީ ރައީސް ޕުޓިން މި ހަފުތާގެ ތެރޭގައި ތަޖިކިސްތާނަށާއި ތުރުކުމެނިސްތާނަށް މި ހަފުތާގައި ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއާ މޮސްކޯގައި ބައްދަލުކުރައްވާނެ އެވެ.
ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމެއް ކަމަށްވާ ތަޖިކިސްތާނުގެ ވެރިރަށް ދޫޝަންބޭ އަށް، ރައީސް ޕުޓިން ވަޑައިގެން، އެ ގައުމުގެ ރައީސް އިމޮމާލީ ރަޚްމޯންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އެއަށް ފަހު، ތުރުކުމެނިސްތާނުގެ ވެރިރަށް އަސްގަބަތު އަށް ވަޑައިގެން، ކެސްޕިއަން ގައުމުތަކުގެ ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި މަހާސިންތާގައި ބައިވެރިވާނީ، އަޒަރްބައިޖާން އާއި ކަޒަކިސްތާނާއި އީރާނާއި ތުރުކުމެނިސްތާންގެ އިތުރުން ރަޝިޔާގެ އެންމެ އިސް ވެރިންނެވެ.
އިރުމަތީ އަދި މެދުތެރޭ އޭޝިޔާގައި ހުޅަނގުގެ ނުފޫޒު ފެތުރުމާ ދެކޮޅަށް، ރައީސް ޕުޓިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެ ގޮތުން، އަވައްޓެރި ބެލަރޫސް އަށް، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ މިސައިލް ނިޒާމުތަކެއް ދިނުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިހާރުވަނީ ނިންމަވައިފަ އެވެ.
ރަޝިޔާގެ ސެންޓް ޕީޓަސްބާގްގައި، ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ ބައްދަލުކުރެއްވުމުގެ ތެރޭގައި ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ އިން އެ ބާވަތުގެ މިސައިލްތައް، ވަރަށް އަވަހަށް ބެލަރޫސް އަށް ފޮނުވާނެ އެވެ.
"ކުރިއަށް އޮތް މަސްތަކުގައި، އިސްކަންދަރު-އެމް މަރުކާގެ ޓެކްޓިކަލް މިސައިލް ނިޒާމުތައް، އަހަރެމެން ބެލަރޫސް އަށް ފޮނުވާނަން. އެ ބާވަތުގެ ނިޒާމުތަކުގައި ކްރޫޒް މިސައިލް ވެސް އަދި ބެލިސްޓިކް މިސައިލް ވެސް ބޭނުން ކުރެވޭނެ. އަދި އެ މިސައިލްތަކުގައި ކޮންވެންޝަނަލް ހަތިޔާރާއި ނިއުކްލިއާ ހަތިޔާޜު ވެސް އުފުލޭނެ،" ލުކަޝެންކޯއާ ބައްދަލުކުރައްވަން ފައްޓަވަމުން، ރަޝިޔާ ޓީވީގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވި އެވެ.
އޭގެ އިތުރުން، ބެލަރޫސްގައި މިހާރު ބޭނުންކުރަމުން އަންނަ ސުކޯއީ އެސްޔޫ-25 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެސް، ނިއުކްލިއާ ހަތިޔާރު އުފުލޭ ވަރަށް، ފެންވަރު މަތިކޮށްދިނުމަށް ރައީސް ޕުޓިން ވަނީ ނިންމަވައިފަ އެވެ. ޕުޓިން ވިދާޅުވި ގޮތުގައި ބެލަރޫސްގެ މަތިންދާބޯޓުތައް ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރާނީ ރަޝިޔާގެ އަސްކަރީ ކާރުޚާނާތަކުގަ އެވެ.
މި މަސައްކަތް ކުރާއިރު، މަތިންދާބޯޓުތަކަށް ގެންނަ ޒަމާނީ ބަދަލުތަކަށް ބެލަރޫސްގެ އަސްކަރީ ޕައިލެޓުން އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ވެސް ރަޝިޔާގައި ކުރިއަށް ގެންދާނެ އެވެ.
ރައީސް ޕުޓިންއާ އެކު ބޭއްވި ބައްދަލުވުމުގައި، ރައީސް ލުކަޝެންކޯ ވިދާޅުވި ގޮތުގައި އަވައްޓެރި ޕޮލެންޑާއި ލިތުއޭނިއާ އިން މިހާރު ގެންގުޅޭ އުދުވާނީ އަދި ދެކޮޅުވެރި ސިޔާސަތުތަކާ މެދު ބެލަރޫސް ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. އޭގެ އިތުރުން ބެލަރޫސްގެ އިމާ ގާތުގައި އެމެރިކާ އާއި ނޭޓޯގެ، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިގެންވާ އަސްކަރީ މަތިންދާބޯޓުތަކުން ކުރިމަތިވާ ނުރައްކާތަކުން ދިފާއުވުމުގެ ގާބިލްކަން އިތުރުކޮށްދިނުމަށް ވެސް، އޭނާ ޕުޓިންގެ އަރިހުން އެދިވަޑައިގަތެވެ.
މީގެ ހަތަރު މަސް ކުރިން، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު ވަނީ، ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ. ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަތުމުގައި ބެލަރޫސްގެ ބިމުގެ ސަރަހައްދު ބޭނުންކުރަން ދިނުމާ ގުޅިގެން، ހުޅަނގުގުގެ ނުރުހުން ވަނީ ބެލަރޫސް އަށް ވެސް ކުރިމަތިވެފަ އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިޔާ އާއި ބެލަރޫސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި މި ހަނގުރާމައާ ގުޅިގެން ރަޝިޔާގެ އަސްކަރީ ސިޔާސަތާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ޕޮލެންޑާއި ސްވިޑްން ވަނީ، ނޭޓޯގައި ބައިވެރިވުމަށް އެދި ހުށަހަޅައިފަ އެވެ. އަދި އަދި ޔޫކްރޭނާއި މޮލްޑޯވާ މިހާރު ވަނީ ވިލާތުގެ އިއްތިހާދުގައި ބައިވެރިވުމަށް އެދި ހުށަހަޅައިފަ އެވެ.
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް