26 ޖޫން 2022
އއ. ފެރިދޫގައި ވިޔަފާރީގެ ބޭނުމަށް ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅޭ ނަމަ އެ ރަށު ކައުންސިލަށް ފީއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.
އއ. ފެރިދޫގައި ވިޔަފާރީގެ ބޭނުމަށް ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅޭ ނަމަ އެ ރަށު ކައުންސިލަށް ފީއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.
ލާމަރުކަޒީ ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން ފެރިދޫ ކައުންސިލުން އެކުލަވައިލި "ރަށުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދު" ގައި ވަނީ ގޭގޭގަ އާއި ރަށުގެ އެހެން ތަންތަނުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅެވޭނެ އުސޫލުތައް ބަޔާންކޮށްފަ އެވެ.
އެ ގަވައިދުގައިވާ ގޮތުން، ވިޔަފާރީގެ ބޭނުމަށް އެ ރަށުގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެވޭނީ އެ ގަވާއިދާ ހިލާފުނުވާ ގޮތުގެމަތިން، އެ ކަމަށް ކައުންސިލްގެ ހުއްދަ ހޯދައި، ދައްކަންޖެހޭ ފީ ކައުންސިލަށް ދެއްކުމަށް ފަހު އެވެ.
• ދޫނިސޫފާސޫފި - 1،500ރ.
• ނައަމްސޫފީގެ ބާވަތްތައް (ގެރި، ބަކަރި، ޖަމަލު ފަދަ ތަކެތި) 3،000ރ.
• މަސްމަހާމެހި - 1،500ރ.
• އެހެނިހެން - 1،000ރ.
ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ފެރިދޫގެ ވަލުތެރޭގައި ކޮށި އެޅުމަކާ ނުލައި ނުވަތަ ކޮށި އަޅައިގެން ވަކި ފަރާތަކަށް ނިސްބަތްވާ ގޮތަށް ގެންގުޅެމުންދާ ދޫނިސޫފާސޫތްޕާއި ކުކުޅާއި ބަކަރި ފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން، ކޮށިއަޅައިގެން އެ ތަކެތި ގެންގުޅޭނެ ތަނެއް ހޯދުމަށް ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.
އެ ތަކެތި ގެންގުޅުމަށް ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކައުންސިލުން ބިން ދޫކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ. ބިން ދޫކުރާނެ އުސޫލު އެ ގަވާއިދުގައިވެ އެވެ.
އެ ގަވައިދަށް އަމަލުކުރަން ފެށުމަށް ފަހު، އެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނުނަގައި ފެރިދޫގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅުން މަނަލެވެ. އެކަމަކު، މުނިފޫހިފިލުވުމުގެ ބޭނުމަށް ނުވަތަ ޕެޓުގެ ގޮތުގައި، ކައުންސިލުން ކަނޑައަޅާ އެކަށީގެންވާ މަދު އަދަދަކަށް ޖަނަވާރާއި ދޫނި ފަދަ ތަކެތި އަމިއްލަ ގޯތީގައި ގެންގުޅުމަށް ކައުންސިލުން ހުއްދަ ނަގާކަށް ނުޖެހޭނެ އެވެ.
މުނިފޫހިފިލުވުމުގެ ބޭނުމަށް ގޯތިތެރޭގައި ދޫނިސޫފާސޫފި ނުވަތަ ބުޅާ ފަދަ ޖަނަވާރު ގެންގުޅޭ މީހުން، އެ ތަކެތި މަގުމައްޗަށް ދޫކޮށްލައި، ގިނަކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ގޭގޭގައި ވިޔަފާރިގެ ބޭނުމަށް އެ ތަކެތި ގެންގުޅުން ވެސް އެ ގަވާއިދުގެ ދަށުން މަނަލެވެ.
ގަވާއިދާ ހިލާފުވާ މީހުން 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ.
ހާލެއް ދިން ހަމަލާއަކުން މީހަކު މަރުވެއްޖެ
ކާޅު: އެންމެ އާންމު އެކަމަކު އެންމެ ރުޅި ދޫނި
މިލިއަނުން ކިޔަސް ނުވިއްކާނެ، އެހާ ތަފާތު ދޫންޏެއް
ވަޒީފާ ދޫކޮށްލާފައި ދޫނިތަކުގެ މަންމައަކަށް!
ކަނޑިތީމަށް ހަމްދޫން އުދުއްސާލި އުފާވެރިކަން
ރިސޯޓެއް ކައިރިން ފެނުނު ބޮޑު ކިނބުލެއް ހިފައިފިި
ބުޅާ މެރި މީހާ ބަންދުން ދޫނުކުރާތީ ޝަކުވާކޮށްފި
ބުޅާ ގަޔަށް ވަޅިހެރި މީހާ ބުނީ ވީޑީއޯއަކީ ފޭކެއްކަމަށް
ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އެދެނީ ގޯނާ ނުކުރަން
ބައިޑެންގެ ކުއްތާ ދަތްއަޅާތީ ގަނޑުވަރުން ބޭރުކޮށްފި