24 ޖޫން 2022
އެމެރިކާގައި އެބޯޝަން ހުއްދަކޮށްފައި އޮތްއޮތުން 50 އަހަރު ފަހުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ނިމުމަކަށް ގެނެސްފި އެވެ. މިއީ އެބޯޝަން ހުއްދަކުރުމާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ރިޕަބްލިކަން ފިކުރުގެ މީހުންނަށް ލިބުނު ބޮޑު ކާމިޔާބީއަކަަށް ވިޔަސް މިއީ މިހާރު ވެރިކަމުގައި ތިބި ޑިމޮކްރަޓުން ދެކޮޅު ކަމެކެވެ.
އެމެރިކާގައި އެބޯޝަން ހުއްދަކޮށްފައި އޮތްއޮތުން 50 އަހަރު ފަހުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ނިމުމަކަށް ގެނެސްފި އެވެ. މިއީ އެބޯޝަން ހުއްދަކުރުމާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ރިޕަބްލިކަން ފިކުރުގެ މީހުންނަށް ލިބުނު ބޮޑު ކާމިޔާބީއަކަަށް ވިޔަސް މިއީ މިހާރު ވެރިކަމުގައި ތިބި ޑިމޮކްރަޓުން ދެކޮޅު ކަމެކެވެ.
މާބަނޑު އަންހެނުން އެބޯޝަން ހެދުމަކީ އަސާސީ ހައްގެއްގެ ގޮތުގައި އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމީ 1973 ވަނަ އަހަރު އެވެ. އޭގެފަހުން ބައެއް ސްޓޭޓްތަކުގައި އެބޯޝަން ހުއްދަވިޔަސް، ބައެއް ސްޓޭޓްތަކުގައި އެކަން އޮންނަނީ ވަރަށް ހަރުކަށިކޮށެވެ. މި ނިންމުމާ އެކު، ހުރިހާ ސްޓޭޓްތަކެއްގައި އެބޯޝަން މަނާކުރަން ޖާގަ ލިބުނީ އެވެ.
މިސިސިޕީ ސްޓޭޓްގައި އެބޯޝަން މަނާކުރަން ހެދި ގާނޫނުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ އެބޯޝަނަކީ އަސާސީ ހައްގެއްގެ ގޮތުގައި އެމެރިކާގެ ގާނޫނު އަސާސީ ނުދަންނަ ކަމަށެވެ. އަދި ކުރީގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ކަނޑައެޅި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އެ ކޯޓުގެ އަޣުލަބިއްޔަތު އޮންނަ ކޮންޒަވޭޓިވް ފިކުރުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ނިންމުމާ ދެކޮޅު ހައްދަވައި، އެބޯޝަންގެ ހައްގު ދަމަހައްޓަން ރައުޔު ނެރުނީ ލިބަރަލް ފިކުރުގެ ތިން ފަނޑިޔާރުންނެވެ.
ރައީސް ޖޯ ބައިޑަން: މިއީ އޭނާ އާއި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއެއް
އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްއަކީ ކޮންޒަވޭޓިވް ފިކުރުގެ ބޭފުޅަކަށް ވިޔަަސް، އޭނާގެ ރައުޔު ނެރުއްވީ އެހެން ފަނޑިޔާރުންނާ ތަފާތުކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން ބާތިލް ނުކުރުމަށެވެ. އެކަމަކު އެބޯޝަންގެ ފުރުސަތު ހަނިކުރަން މިސިސިޕީގައި ހެދި ގާނޫނު ދެމެހެއްޓުމަށް އޭނާ ރައުޔު ނެރުއްވި އެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ އެކު، އެބޯޝަނާ ދެކޮޅު ފަރާތްތައް އުފާފާޅުކުރަމުން ދާއިރު ވެރިކަން ހިންގާ ޑިމޮކްރަޓިކް ޕާޓީގެ އިސް ބޭފުޅުން އެ ނިންމުމަށް ދަނީ ފާޑު ވިދާޅުވަމުންނެވެ. މި ނިންމުމާ ގުޅިގެން ރައީސް ޖޯ ބައިޑަން ވެސް ކުއްލި ގޮތަކަށް މިއަދު ގައުމާ މުޚާތަބު ކުރައްވާނެ އެވެ.
ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، ބަޔާން ނެރުއްވައިފަ އެވެ. އޮބާމާއަކީ ވެސް އެބޯޝަންގެ ހައްގުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ.
ވަރި އަކީ މައްސަލައެއް ނޫން: ޖިލް ބައިޑެން
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ޣައްޒާގެ ސުލްހައިގެ އާ ޕްލޭނެއް ހުށަހަޅައިފި
ފަލަސްތީނު މީހުން އެމެރިކާއިން ޑީޕޯޓްކުރުން މަނާކޮށްފި
އަނެއްކާވެސް ޓްރަމްޕް/ބައިޑެންގެ ކުރިމަތިލުމަކަށް ވެދާނެ
އިޒްރޭލަށް ދުނިޔޭގެ ތާއީދު ގެއްލެން ފަށައިފި: ބައިޑެން
މުއިއްޒު ހުވާ ކުރައްވާ ހަފްލާއަށް ބައިޑެންގެ ވަފުދެއް
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި