18 ޖޫން 2022
މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ބަލި ނުވެ ކުރިއަށް ދިޔަ ޕޮލިސް ކްލަބް، ސްޕޯޓްސް ކަލްބް ސިޓީ އަތުން މިރޭ ބަލި ވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ބަލި ނުވެ ކުރިއަށް ދިޔަ ޕޮލިސް ކްލަބް، ސްޕޯޓްސް ކަލްބް ސިޓީ އަތުން މިރޭ ބަލި ވެއްޖެ އެވެ.
ޕޮލިސް ފުރަތަމަ ސެޓް ހޯދާފައި ވަނިކޮށް ސިޓީ މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މިރޭގެ މެޗުން މޮޅުވިނަމަ ސިޓީ އަށް ފައިނަލުގެ ޖާގަ އާ ކައިރި އަށް ދެވުނީހެވެ. އެކަމަކު މެޗުން ބަލިވެ ޕޮލިހަށް ވަނީ މަޑު ޖެހުމެއް އައިސްފަ އެވެ.
ކުރިން ކުޅުނު ތިން މެޗުގައި ޕޮލިހަށް ނަތީޖާ އަނބުރާލަ ދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިންގެ ހިއްސާއާ އެކު އެވެ. އެކަމަކު މިރޭ ޕޮލިހުގެ ޓީމުން އެކަމެއް ނުފެނުނެވެ. ފުރަތަމަ ސެޓް ފިޔަވަ އެވެ. އެ ސެޓް އެ ޓީމުން ކާމިޔާބު ކުރީ 25-22 ންނެވެ.
ކްލަބް ސިޓީގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެ ޓީމުން ޕޮލިސް ކަލްބް ބަލި ކުރީ 3-1 ސެޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކަމަކު ދެވަނަ ސެޓް، ސިޓީން ކާމިޔާބުކޮށް މެޗުގެ ތެރެއަށް ވަނެވެ. އެ ސެޓު އެ ޓީމުން ހޯދީ ބޮޑު ތަފާތަކުންނެވެ. ޒުވާން ކުޅުންތެރިންގެ ބޮޑު ނިސްބަތެއްގެ އޮތް ޕޮލިހުގެ މައްޗަށް ދެވަނަ ސެޓް ސިޓީން ގެންދިޔައީ 25-13 އިންނެވެ. ތިން ވަނަ ސެޓް ސިޓީން ކާމިޔާބު ކުރީ 25-17 އިންނެވެ.
ހަތަރު ވަނަ ސެޓްގައި ޕޮލިހަށް ކުރިމަތިވީ އެހެން މައްސަލައެކެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔަކާ ރެފްރީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އޭނާ އަށް ދެފަހަރު ރަތް ކާޑޫ ދައްކަން ޖެހުނެވެ. މެޗުގައި ޕޮލިހުގެ ފޯކަސް އެއްކޮށް ގެއްލި އެ ސެޓުން ވެސް ތަފާތު ބޮޑުކޮށް ބަލިވި އެވެ. ސިޓީން ސެޓް ކާމިޔާބު ކުރީ 25-14 އިންނެވެ.
ޕޮލިސް ކްލަބް ބަލިވުމުގެ ފައިދާ ލިބޭނީ ކްލަބް ވެމްކޯ އަށެވެ. ބުދަ ދުވަހު ސިފައިން އަތުން ބަލިވި ނަމަވެސް ރޭ ގްޑީސް އަތުން މޮޅުވެ ވެމްކޯ ވަނީ އަލުން ރޭހުގެ ތެރެއަށް އެނބުރި އައިސްފަ އެވެ. މާދަމާ ރޭ ވެމްކޯ އާއި ޕޮލިސް ބައްދަލުކުރާ މެޗު ފޯރިގަދަ ވާނެ އެވެ. މާދަމާ ހަވީރު 4:15 ގައި ކުޅޭ މެޗުގައި ސިޓީ ނުކުންނާނީ އޮއްފު އެފްސީއާ ދެކޮޅަށެވެ.
ވީއޭއެމް ކަޕް ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް
އޮއްފު އެފްސީ ބަލިކޮށް ޕޮލިސް ކުރީގައި ހިފަހައްޓައިފި
ކްލަބް ސިޓީ އަށް ވެމްކޯ ހިފަހައްޓައެއް ނުލެވުނު
ސިފައިންގެ މައްޗަށް ޕޮލިހުން ފަހަތުން އަރައި މޮޅުވެއްޖެ
ސިފައިންނަށް ގޯސް ފެށުމެއް، އޮފްއެފްސީއަށް ހަމަނޭވާއެއް
ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯ އަށް
ހާޓްއެޓޭކަށްފަހު އެނބުރިއައި ނަދީމަށް ތަފާތު އިހްސާސެއް
އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް
މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ
ފުރަތަމަ ތިން މެޗު ގަދަ ތިން ބާރުން ކާމިޔާބުކޮށްފި