14 ޖޫން 2022
މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގައި އޮއްފު އެފްސީ އާ ދެކޮޅަށް ކުޅުނު މެޗު ވެސް ޕޮލިސް ކްލަބް ކާމިޔާބު ކޮށްފި އެވެ.
މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގައި އޮއްފު އެފްސީ އާ ދެކޮޅަށް ކުޅުނު މެޗު ވެސް ޕޮލިސް ކްލަބް ކާމިޔާބު ކޮށްފި އެވެ.
ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ޕޮލިހުން ދަނީ ރައުންޑް ރޮބިން އުސޫލުން ކުޅޭ ލީގު ބުރުގެ އެންމެ ކުރީގައި ދަމަހައްޓަމުންނެވެ. ޕޮލިހުން މިރޭގެ މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓް އޮއްފު އެފްސީން ގެންދިޔަ އެވެ. އެޓީމުން ސެޓް ހޯދީ 25-23 ންނެވެ. މުބާރާތުގެ ޓޮޕް ފޭވަރިޓްގެ ގޮތުގައި އޮތް ޕޮލިސް ކްލަބަށް ފުރަތަމަ ސެޓް ގެއްލުނަސް އެ ޓީމާ މެދު އޮތް އިތުބާރު ބޮޑެވެ.
ޕޮލިސް ކްލަބާއި އޮފް އެފްސީ މިރޭ ކުޅުނު މެޗުގެ ތެރެއިން: ޕޮލިސް ވަނީ މޮޅުވުގެ ރޭހުގައި ހިފައްޓާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
އިއްޔެ ދިވެހި ސިފައިންގެ ކްލަބް ފުރަތަމަ ދެ ސެޓް ހޯދާފައި ވަނިކޮށް ޕޮލިސް ކްލަބުން ވަނީ ފަސް ސެޓަށް ކުޅެ މެޗުގެ ފަހު ތިން ސެޓް ކާމިޔާބު ކޮށްފަ އެވެ.
މިރޭ ވެސްވީ އެކަހަލަ ގޮތެކެވެ. ދެވަނަ ސެޓް 25-18 އިން ހޯދައި މެޗުގެ ކޮންޓްރޯލް ޕޮލިހުން އަތުލި އެވެ. އަދި މެޗުގެ ތިން ވަނަ ސެޓް އެޓީމުން ގެންދިޔައީ މާބޮޑު ފަރަގަކާ އެކު އެވެ. ސެޓް ގެންދިޔައީ 25-16 އިންނެެވެ. އަދި ހަތަރު ވަނަ ސެޓުގައި 25-20 މޮޅުވެ ޕޮލިސް ކްލަބުން މެޗު ކާމިޔާބު ކުރި އެވެ.
މިއަދު އެއް މެޗު ކުޅުނު ނަމަވެސް، މާދަމާ އަނެއްކާ ވެސް ދެ މެޗު ކުޅޭނެ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ސިފައިންގެ ނުކުންނާނީ ކްލަވް ވެމްކޯ އާ ދެކޮޅަށެވެ. ޕޮލިސް ކްލަބް ނެގުމަށް ފަހު އެންމެ ފޯމުގައި އޮތް ޓީމަކީ ވެމްކޯ އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ގްޑީސް ސްޕޯޓްސް ކްލަބެވެ.
ވީއޭއެމް ކަޕް ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް
ސިޓީ އަތުން ބަލިވެ ޕޮލިހަށް މަޑުޖެހުމެއް
ސިފައިންގެ މައްޗަށް ޕޮލިހުން ފަހަތުން އަރައި މޮޅުވެއްޖެ
ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯ އަށް
ހާޓްއެޓޭކަށްފަހު އެނބުރިއައި ނަދީމަށް ތަފާތު އިހްސާސެއް
އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް
ފުރަތަމަ ތިން މެޗު ގަދަ ތިން ބާރުން ކާމިޔާބުކޮށްފި
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް