16 ޖޫން 2022
އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސް ދެ މީހަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި ނިއު ދިއްލީގައި ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކުރުމުން އެ މުޒާހަރާ ރޭވި ކަމުގެ ތުހުމަތަށް 72 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސް ދެ މީހަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި ނިއު ދިއްލީގައި ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކުރުމުން އެ މުޒާހަރާ ރޭވި ކަމުގެ ތުހުމަތަށް 72 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ނިއު ދިއްލީގެ ޖަމާ މަސްޖިދު ސަރަހައްދުގައި މުޒާހަރާކުރި މައްސަލާގައި ހައްޔަރުކުރީ އަންވަރުއްދީން ކިޔާ މީހެކެވެ. ވެހިކަލް މަރާމާތުކުރާ ޖަރާޖެއް ހިންގާ މި މީހާ ހައްޔަރުކުރީ ހުއްދަ ނެތި މުޒާހަރާކުރުމާއި އަމަން ނަގާލުމުގެ ތުހުމަތުކޮށް ކޯޓު އަމުރަކަށެވެ.
ފުލުހުން ބުނި ގޮތުގައި މި މީހާ އަކީ މީގެ ކުރިން ވެސް ކުށުގެ 10 ރެކޯޑެއް އޮތް މީހެކެވެ.
އުމުރުން ދުވަސްވީ މީހާ އަށް ފުލުހުން ތުހުމަތުކުރާ ގޮތުގައި، މުޒާހަރާއަށް ތައްޔާރުވެ އެ ހިސާބުގެ ފިހާރަތައް ބަންދުކުރުމަށް "މަޖުބޫރު" ކުރީ ވެސް އޭނާ އެވެ. މުޒާހަރާ ކުރުުމަށް މީހުން އެއްކޮށް އިރުޝާދު ދިނީ ވަޓްސްއެޕް މެދުވެކޮށް މީހުންނަށް މެސެޖު ފޮނުވައިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ހުކުރު ދުވަހުގެ މުޒާހަރާގެ ބައިވެރިން ވަނީ ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ ދެ މީހުން ހައްޔަރުކުރުމަށް ގޮވާލައިފަ އެވެ.
ރަސޫލާއަށް ފުރައްސާކުރި މައްސަލައާ އެކު އިސްލާމީ އެކި ގައުމުތަކުން އަންނަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީން މުސްލިމުންނާ މެެދު ގެންގުޅޭ އަނިޔާވެރި ސިޔާސަތަށް ފާޑު ކިޔަމުންނެވެ. ރަސޫލާއަށް ފުރައްސާރަކުރުމުން އިންޑިއާގެ މުސްލިމުން މުޒާހަރާ ކުރަން ފެށުމުން ވެސް އެ މީހުންގެ ގެދޮރު، އެކި ސަބަބުތައް ދައްކައިގެން ދައުލަތަށް ނަގައި ނިކަމެތި ކުރުމުގެ އަމަލުތައް ގެންދަނީ ހިންގަމުންނެވެ.
ގަލްފު ގައުމުތަކާއި އިންޑިއާގެ ގުޅުން ހީނަރުވެދާނެ
ރަސޫލާއަށް ކުރި ފުރައްސާރައަށް ބަދަލުހިފާނަން: އަލްގާއިދާ
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
ބީޖޭޕީގެ ތަރުޖަމާނު ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް
ރަސޫލާއަށް ފުރައްސާރަކުރި މީހާ ބީޖޭޕީން ސަސްޕެންޑްކޮށްފި
އަދަބަކަށް ގެދޮރު ހަލާކު ނުކުރަން އިންޑިއާގައި އަމުރެއް
ހަރުކަށި ހިންދޫންނާ ގުޅުން އިންޑިއާގައި ހުއްދަކޮށްފި
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ