15 ޖޫން 2022
އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ ވެރިއަކު، އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން، އިންޑިއާ އާއި ގަލްފުގެ އަރަބި އިސްލާމީ ގައުމުތަކާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެދާނެ ކަމަށް، ސިޔާސީ ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.
އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ ވެރިއަކު، އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން، އިންޑިއާ އާއި ގަލްފުގެ އަރަބި އިސްލާމީ ގައުމުތަކާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެދާނެ ކަމަށް، ސިޔާސީ ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.
މި މައްސަލައިގައި ގަތަރާއި އަރަބި ބައެއް ގައުމުތަކުން ވަނީ، އެ ގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން، އެ ގައުމުތަކުގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް، އެކަމަށް އިހުތިޖާޖްކޮށްފަ އެވެ. އަދި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާ ސަރުކާރުން، ރަސްމީކޮށް މައާފަށް އެދުމަށް ވެސް އެ ގައުމުތަކުން އިންޑިއާ ސަރުކާރުގައި ވަނީ އެދިފަ އެވެ.
ނަމަވެސް އިންޑިއާ އިން މިހާތަނަށް އެކަމަށް މައާފަކަށް ނޭދެ އެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ބުނަމުން އަންނަނީ އެއީ ވަކި ބައެއްގެ ފިކުރު ކަމަށާއި، އެއީ އިންޑިއާ ސަރުކާރުގެ ވެސް އަދި ވެރިކަން ކުރާ ބީޖޭޕީގެ ވެސް ފިކުރު ނޫން ކަމަށެވެ.
ގަތަރުގެ ޚާރިޖީ ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބީޖޭޕީގެ ދެ ވެރިއެއްގެ ފަރާތުން ހާމަވެގެން ދިޔަ ބަސްތަކަކީ، އިސްލާމް ދީނާއި މުސްލިމުންނާ މެދު، އެހެން މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް ނުރައްކާތެރި ދަރަޖައެއްގައިވާ ވާހަކަތަކެއް ކަމަށެވެ. ބީޖޭޕީގެ ދެ ވެރިން، އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ، ގަލްފު ކޯޕްރޭޝަން ކައުންސިލް (ޖީސީސީ)ގައި ހިމެނޭ ހަ ގައުމާއި، އިސްލާމީ އެހެން ހުރިހާ ގައުމަކުންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
Spokesperson for Ministry of Foreign Affairs @majedalansari : Qatar Demands Public Apology from Indian Government for Remarks of Official in Ruling Party Against Prophet Mohammed#MOFAQatar pic.twitter.com/NnN1khKw6X
— Ministry of Foreign Affairs - Qatar (@MofaQatar_EN) June 5, 2022
"އިންޑިއާގެ އެތެރޭގައި ހިނގި ކަމަކާ ގުޅޭ ގޮތުން، ޖީސީސީގެ ގައުމުތަކުން މީގެ ކުރިން މިހާ ހަރުކަށި ގޮތެއްގައި ރައްދުދިންކަމެއް އެނގޭކަށް ނެތް. މިއީ ފަހަރެއްގައި އެ ގައުމުތަކާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް މެދުވެރިވެދާނެ ކަމެއް،" ވިލްސަން ސެންޓަރުގެ ދެކުނު އޭޝިޔާގެ ކަންތަކާ ބެހޭ ސީނިއާ އެސޯސިއޭޓް އަދި ޑެޕިއުޓީ ޑިރެކްޓަރު މައިކަލް ކުގެލްމާން ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން ކަޝްމީރުގެ މައްސަލައިގައި ވެސް ޖީސީސީގެ ގައުމުތަކުގެ ފަރާތުން ފެނިފައިވަނީ ވަރަށް ފިނި ރައްދެއް."
ޖީސީސީގެ ގައުމުތަކުން އިންޑިއާއާ ދެކޮޅަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަމުން ދިޔަ ދުވަސްވަރު އިއްތިފާގުވީ، އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫ، ރަސްމީ ދަތުރެއްގައި ގަތަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އޭނާއަކީ ވެސް ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެކެވެ.
އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމުން، ކުރިމަތިވި ފާޑުކިޔުންތަކުންނާއި އިންޑިއަ އަށް ކުރިމަތިވި ހުތުރު ބަދުނާމުން ސަލާމަތްވުމަށް، އިންޑިއާ ސަރުކާރުންނާއި ބީޖޭޕީން ވަނީ ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެ ގޮތުން، އެ އަމަލު ހިންގި ދެ ވެރިންނަށް މިހާރު ވަނީ އެ ޕާޓީގެ ފަރާތުން ފިޔަވަޅު އަޅައިފަ އެވެ.
ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ދެ ވެރިންގެ ތެރެއިން އެކަކު ކަމަށްވާ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް މިހާރުވަނީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ވެރިރަށް ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު މިހާރު ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.
އެ ދެ މީހުންނާ މެދު ފިޔަވަޅު އެޅިޔަސް، އެ ދެމީހުން ކުރި ކަންތަކާ ދެކޮޅަށް މުޒާހަރާ އަށް ނުކުންނަ މުސްލިމުންނަށް އިންޑިއާ ސަރުކާރުން ގެންދަނީ ބޮޑެތި އަނިޔާތަކެއް ކުރަމުންނެވެ. ހަރުކަށި ހިންދޫންނާއި ފުލުހުން ނުކުމެ، މުޒާހަރާ ކުރާ މުސްލިމުންނާ ކުރިމަތިލައި، ލާއިންސާނީ އަނިޔާތައް ކުރަމުން ދާއިރު، ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެކަން ކުށްވެރިކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑި ޖަހައި މުސްލިމު ދެ ޒުވާނަކު ވަނީ މަރާލައިފަ އެވެ. އަދި އެތައް ބަޔަކު ހައްޔަރުކޮށް ލަޓިބުރިތަކުން ތަޅައި ބޮޑެތި އަނިޔާތަކެއް ދިނެވެ.
އިސްލާމީ ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް
ރަސޫލާއަށް ކުރި ފުރައްސާރައަށް ބަދަލުހިފާނަން: އަލްގާއިދާ
މުޒާހަރާ ރޭވިކަމަށް ބުނެ 72 އަހަރުގެ މީހަކު ހައްޔަރު
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
ބީޖޭޕީގެ ތަރުޖަމާނު ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް
ރަސޫލާއަށް ފުރައްސާރަކުރި މީހާ ބީޖޭޕީން ސަސްޕެންޑްކޮށްފި
އަދަބަކަށް ގެދޮރު ހަލާކު ނުކުރަން އިންޑިއާގައި އަމުރެއް
ހަރުކަށި ހިންދޫންނާ ގުޅުން އިންޑިއާގައި ހުއްދަކޮށްފި