05 ޖޫން 2022
ނިއު ދިއްލީ (ޖޫން 5) - ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ދެ ލީޑަރުންގެ ތެރޭން އެކަކު ޕާޓީން ބޭރުކޮށް އަނެއް މީހާ ސަސްޕެންޑްކޮށްފި އެވެ.
ނިއު ދިއްލީ (ޖޫން 5) - ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ދެ ލީޑަރުންގެ ތެރޭން އެކަކު ޕާޓީން ބޭރުކޮށް އަނެއް މީހާ ސަސްޕެންޑްކޮށްފި އެވެ.
ޕާޓީން ސަސްޕެންޑްކޮށްފައި ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އެވެ. ޕާޓީން ބޭރުކުރީ ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލް އެވެ. ޝަރުމާ ސަސްޕެންޑްކުރީ އޭނާގެ މައްސަލަ ބަލަމުންދާތީ އެވެ.
ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ޓީވީ ބަހުސެއްގައި ޝަރުމާ ދެއްކި ވާހަކައާ މެދު ޕާޓީގެ ލީޑަޝިޕުން ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.
ޝަރުމާ މިމޭރުމުން ވާހަކަ ދައްކާފައި ވަނީ މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ކަންތައްކުރާ ކަމަށް ބުނެ ބީޖޭޕީއާ މެދު އެތައް މުސްލިމުންނެއް ނުރުހިފައިވާ ދުވަސްވަރެއްގަ އެވެ. ޝަރުމާގެ ވާހަކަތަކާ ގުޅިގެން އިންޑިއާ ބޮއިކޮޓް ކުރުމަށް އަރަބި ދުނިޔޭގެ އެތައް ބަޔަކު ވަނީ ޓްވިޓާގައި ގޮވާލައިފަ އެވެ.
ބީޖޭޕީގެ ސެންޓްރަލް ޑިސިޕްލިނަރީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަރުމާ ފާޅުކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއާ މުޅިން ޚިލާފު ޚިޔާލެއް ކަމަށެވެ.
ބީޖޭޕީގެ ދިއްލީގެ ރައީސް އަދޭޝް ގުޕްތާ ވިދާޅުވީ ސޯޝަލް މީޑިއާގައި ޖިންދާލް ފާޅުކޮށްފައި ވަނީ ޕާޓީގެ ސިޔާސަތާ ދެކޮޅު ޚިޔާލެއް ކަމަށެވެ. އެހެންވެ ވަގުތުން އޭނާ ޕާޓީން ވަކިކުރިކަން ވަނީ އަންގައިފަ އެވެ.
ޝަރުމާ އާއި ޖިންދާލް ވަނީ އެ މީހުން ދެއްކި ވާހަކަތަކަށް މައާފަށް އެދިފަ އެވެ.
މުޒާހަރާ ރޭވިކަމަށް ބުނެ 72 އަހަރުގެ މީހަކު ހައްޔަރު
ގަލްފު ގައުމުތަކާއި އިންޑިއާގެ ގުޅުން ހީނަރުވެދާނެ
ރަސޫލާއަށް ކުރި ފުރައްސާރައަށް ބަދަލުހިފާނަން: އަލްގާއިދާ
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
އިސްލާމީ ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް
ބީޖޭޕީގެ ތަރުޖަމާނު ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް
މުސްލިމުންނާ ދެކޮޅު ވާހަކަތައް ތަހުގީގުކުރަން އަންގައިފި
އަދަބަކަށް ގެދޮރު ހަލާކު ނުކުރަން އިންޑިއާގައި އަމުރެއް