Roadha Mihaaru
ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީން އައްޔަންކުރަނީ

ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީން އައްޔަންކުރަން މަޖިލީހަށް

15 ޖޫން 2022

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ތަސްމީން އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވާ އިރު މާޗް 26، 2019 އިން ފެށިގެން މެލޭޝިއާ ސަފީރުގެ މަގާމުގައި ހުންނެވީ އޭނާގެ އަނބިކަނބަލުން ވިސާމް އަލީ އެވެ. އޭނާ ވަނީ މިދިޔަ އޭޕްރިލް މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ސިންގަޕޫރުގެ ސަފީރު ކަމަށް އަހުމަދު ތަސްމީން ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި މެލޭޝިއާ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަލީ ހުސެއިން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ވެސް ރައީސް ވަނީ ނިންމައިފަ އެވެ.

ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ހިދުމަތް ކުރައްވާފައިވާ ޝަހީބް މިވަގުތު ހުންނެވީ ސިންގަޕޫރު ސަފީރުގެ މަގާމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަތައް ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ފޮނުވަން ނިންމާފަ އެވެ.