Roadha Mihaaru
ހުޅުމާލޭގެ ފްލެޓަކުން އަންހެނަކު ވެއްޓިގެން ފަރުވާ ދެނީ

ހުޅުމާލޭގެ ފްލެޓަކުން އަންހެނަކު ވެއްޓިގެން ފަރުވާ ދެނީ

11 ޖޫން 2022

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓަކުން މިއަދު އަންހެނަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓަކުން މިއަދު އަންހެނަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓެއްގެ ތިން ވަނަ ފްލޯއިން އުމުރުން 22 އަހަރުގެ ދިވެހި އަންހެނަކު ވެއްޓުނު ކަމުގެ ރިޕޯޓެއް ހަވީރު 5:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވިއަސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އިމަޖެންސީ ރޫމުގައި އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެހެންވެ، އޭނާ އަށް ލިބުނު ޒަހަމްތަކުގެ މައުލޫމާތެއް ނުލިބެ އެވެ.