11 ޖުލައި 2019
ހުޅުމާލޭގައި އިއްޔެ ބިދޭސީ މީހާ މަރުވީ އެންމެ ސިމެންތި ބަސްތާއެއް ދަށުވެގެން ނޫން ކަމަށާއި ވެއްޓުނީ ގިނަ އަދަދެއްގެ ސިމެންތި ބަސްތާ ހުރި ޖަމްބޯ ބޭގެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި އިއްޔެ ބިދޭސީ މީހާ މަރުވީ އެންމެ ސިމެންތި ބަސްތާއެއް ދަށުވެގެން ނޫން ކަމަށާއި ވެއްޓުނީ ގިނަ އަދަދެއްގެ ސިމެންތި ބަސްތާ ހުރި ޖަމްބޯ ބޭގެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ޖާހް އިންވެސްޓްމެންޓުން ހަދަމުން އަންނަ ފެންވަރު މަތީ އެޕާޓްމަންޓް ހިމެނޭ އިމާރާތުގައި އިއްޔެ ހަވީރު ހިނގި ހާދިސާގައި މަރުވީ 24 އަހަރުގެ ބަންގްލަދޭޝްގެ ޒުވާނެކެވެ.
އިމާރާތް ހަދަމުން އަންނަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ކުރިން އަޑުއަރާފައި އޮތް ގޮތަށް ޖަންބޯ ބޭގް ވެއްޓުނީ އިމާރާތުން ނޫން ކަމަށެވެ. އެ ހާދިސާ ހިނގީ މަސައްކަތަށް ބޭނުންވާ ސާމާނު ރައްކާކޮށްފައި ހުންނަ ގުދަނުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މަތިމައްޗަށް ޖަހާފައި ހުރި ތަނުން ޖަންބޯ ބޭގެއް ވެއްޓުނު އިރު، މަސައްކަތްމީހާ އޮތީ އެހެން އެއްޗެއް ނަގަން ގުދުވެގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އޭނާ އޮތީ ބަސްތާއެއް ނަގަން ގުދަށް. އެހެން އޮއްވާ ޖަންބޯ ބޭގް އޭނާގެ ގައި މައްޗަށް ވެއްޓުނީ،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަމަ އިމާރާތުގެ ލިފްޓް ކޭބަލް ކަނޑައިގެން ގޮސް ވެއްޓި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްވި އެވެ. އެކްސިޑެންޓް ހިނގީ ހަތް ވަނަ ފަންގިފިލާ އިން ލިފްޓުން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގަ އެވެ.
އޭނާގެ ބައެއް ތަންތަން ބިނދި، އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
ހަދަމުންދާ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ދަށްކޮށް މަސައްކަތް ކުރުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ނުރައްކާތެރި ހާދިސާތައް ހިނގައި މިފަހުން ބައެއް މީހުން މަރުވެފައިވެ އެވެ.
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި
ހުޅުމާލޭގެ ފްލެޓަކުން އަންހެނަކު ވެއްޓިގެން ފަރުވާ ދެނީ
ލިފްޓެއް ވެއްޓި ދެ ބިދޭސީންނަށް އަނިޔާވެއްޖެ
ބިދޭސީއަކަށް ހަމަލާދީ ފޯނާއި ވޮލެޓް ފޭރިއްޖެ
ހުޅުމާލޭގައި މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް
ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް
މުސާރަ ނުދީ ހަތް މަސް، ތާހިރުވާނެ ގޮތެއް ވެސް ނެތް!
ލޯންޗެއްގެ ބެޓެރީ ގޮވައި، ތިން މީހަކު ޒަހަމްވެއްޖެ
ހުޅުމާލޭގައި ނުރައްކާތެރި މާރާމާރީއެއް ހިންގައިފި
ހައިވޭގައި ވަންވޭ އިދިކޮޅަށް ދުއްވަނިކޮށް އެކްސިޑެންޓެއް