ރަޝިއާގައި މައިކްރޮސްޕޮޓްގެ ވިޔަފާރި ކުޑަކޮށް، 400 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރަޝިއާގައި މައިކްރޮސްޕޮޓްގެ ވިޔަފާރި ކުޑަކޮށް، 400 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބްލޫމްބާގް އިން ރިޕޯޓްކުރި ގޮތުގައި، މައިކްރޮސޮފްޓް އިން އެގޮތަށް ނިންމީ މިހާރު ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. އެ ހަނގުރާމަ ކުރަމުން އަންނަތާ މިހާރު ތިން މަސް ވެއްޖެ އެވެ.
މައިކްރޮސޮފްޓް އިން ވަނީ މިދިޔަ މާޗު މަހު ވެސް ރަޝިއާގައި އެ ކުންފުނީގެ އާ ޕްރޮޑަކްޓުތައް ވިއްކުމާއި ސާވިސް ދިނުން ވެސް ހުއްޓާލައިފަ އެވެ.
"އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާއި އަދި އަހަރެމެން ވިޔަފާރި އަށް އޭގެ ސަބަބުން ކުރަމުންދާ އަސަރުތަކާ ގުޅިގެން ރަޝިއާގައި އަހަރެމެން ކުރާ ވިޔަފަރީ ކުޑަކުރަން ނިންމައިފިން،" އެ ކުންފުނީ ތަރުޖަމާނު ނެރުނު ސްޓޭޓަމަންޓެއްގައި ބުންޏެވެ.
"އެގޮތަށް ނިންމިޔަސް، ރަޝިއާގެ ކަސްޓަމަރުންނާ އެކު މިހާރު ވެސް ހަދާފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާނަން."
އެ ކުންފުނިން ބުނި ގޮތުގައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ، އެ މީހުންނަށް ދިމާވާނެ ދަތިތަކަށް ވީވަރަކުން އެހީތެރިކަން ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މައިކްރޮސޮފްޓްގެ ސީއެފްއޯ އެމީ ހޫޑް ވިދާޅުވި ގޮތުގައި، މައިކްރޮސޮފްޓް އަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގައި ރަޝިއާ ހިއްސާވަނީ އެންމެ ޕަސެންޓެކެވެ.
ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން ވަރަށް ގިނަ މަލްޓިނޭޝަނަލް ކުންފުނިތަކުން ވަނީ ރަޝިއާގައި ވިޔަފާރިކުރުން މެދުކަނޑާލައިފަ އެވެ. އަދި ބައެއް ވިޔަފާރިތައް ހުއްޓާލާފައި ވެސް ވެ އެވެ. ޑެލް، އެޕަލް، ނައިކީ އަދި އެޑިޑަސް ކަހަލަ ކުންފުނިތަކުން ވަނީ އެ ގައުމުގައި ކުރާ ވިޔަފާރިތައް މަދުކޮށްފަ އެވެ.
މައިކްރޮސޮފްޓުގެ މުވައްޒަފުންގެ ބޯނަސް: 1500 ޑޮލަރު
549 މީހަކު އިމިގްރޭޝަންގެ އިމްތިހާނު ހަދައިފި
ވޯކް-އިން އިންޓަވިއު ފާހަގަވީ އާންމުންގެ އުދާސްތައް!
މަޝްރޫއު ނުނިމި މުވައްޒަފުންނަށް އިތުރު 247 މިލިއަން
އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި
ބިލް ގޭޓްސްގެ މިލްކިއްޔާތުގެ 99 ޕަސެންޓް ޗެރިޓީތަކަށް
ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
"އެމެރިކާ މެދުވެރިވެގެން ސުލްހަވާން ފަސޭހައެއް ނޫން"
ހަނގުރާމާގައި ޖޯން އަބްރަހަމް ހުރީ ރަޝިއާ ކޮޅަށް!
އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީ އަލުން ދެނީ