Roadha Mihaaru
އެފްއޭއެމަށް ދަނޑެއް ނޭޅޭނެ، އުންމީދު ކަނޑާލައިފި!

އެފްއޭއެމަށް ދެން ދަނޑެއް ނޭޅޭނެ، އުންމީދު ކަނޑާލައިފި!

08 ޖޫން 2022

ރާއްޖޭގެ އެކި ރަށްރަށުގައި ދަނޑުތައް ހެދުމުގެ މަސައްކަތް ދިވެހި ފުޓުބޯޅަިއގެ މައި އިދާރާ، އެފްއޭއެމަށް ދެން ނުކުރެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ދަނޑުތައް ހެދުމުގެ މަސައްކަތް ދިވެހި ފުޓުބޯޅަިއގެ މައި އިދާރާ، އެފްއޭއެމަށް ދެން ނުކުރެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެ ދަނޑުތައް ހެދުމުގެ މަސައްކަތް އެފްއޭއެމަށް ނުކުރެވޭނެ ކަމަށް ބަލައި އެހެން ގޮތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާ ކަމަށެވެ.

އަތޮޅު ތެރޭގެ 16 ރަށެއްގައި ދަނޑުތައް އެޅުމަށް އެފްއޭއެމުން އިއުލާންކުރީ މޭ 2021 ގައި މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

އޭރު ދަނޑުތައް އަޅަން ހަމަޖެއްސީ ހއ. ކެލަ އާއި ށ. ކޮމަންޑު އާއި ބ. ކަމަދު އާއި ރ. އިނގުރައިދު އާއި ކ. ހުރާ އާއި އއ. އުކުޅަހާއި އއ. މާޅޮހާއި އދ. ދަނގެއްޗާއި މ. ނާލާފުށްޓާއި ފ. ބިލެއްދު އާއި ތ. ގުރައިދު އާއި ތ. ވަންދު އާއި ލ. މާބައިދު އާއި ގއ. ގެމަނަފުށްޓާއި ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާގަ އެވެ.

ސްޕޯޓްސް މިނިސްޓަރު މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް: އެފްއޭއެމްއިން ހަދާ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ މިނިސްޓަރު ވަނީ ކަންބޮޑުވުންފާޅު ކޮށްފަ --- ފޮޓޯ: އެފްއޭއެމް

ސްޕޯޓްސް މިނިސްޓަރު މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް: އެފްއޭއެމްއިން ހަދާ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ މިނިސްޓަރު ވަނީ ކަންބޮޑުވުންފާޅު ކޮށްފަ --- ފޮޓޯ: އެފްއޭއެމް

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހުލޫފް ވިދާޅުވީ، "އެފްއޭއެމުން [ހަދައިދޭ] ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް އެއީ ދެން ނުވާނެ ކަމެއް ކަމަށް އަޅުގަނޑުމެން އަމިއްލަ އަށް ނިންމައިފިން" ކަމަށެވެ.

"ވީހާ ވެސް އަވަހަށް އެ ކަމަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، އެ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ރައީސް އޮފީހުން ވެސް އެ ކަމުގެ މައުލޫމާތު ސާފުކުރަން ބޭނުންވެގެން އެދުނު ކަމަށެވެ.

"ތެދަށް ބުނާ ކަމަށް ވަންޏާ މި މައްސަލަ އޮތް ހިސާބުން ރައީސް އޮފީހުން ވެސް މި ކަމުގެ އިތުރު މައުލޫމާތު ބޭނުންވެގެން އަޅުގަނޑުމެން މި ދަނީ އެފްއޭއެމް މެދުވެރިކޮށް މި މައުލޫމާތު ލިބޭތޯ ބަލަމުން،" މާޗު މަހު ވެސް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަހުލޫފް ވިދާޅުވި އެވެ.

"މަސައްކަތުގެ ސްޕީޑް ހުރި ގޮތުން އަޅުގަނޑު އިންތިހާ އަށް ކަންބޮޑުވަން. އެއީ އެ ލިސްޓްގެ ތެރެއިން އެއްވެސް ރަށެއްގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނެތީމާ."

މަޖިލީހުގެ މިއަދުގެ ޖަލްސާއެއްގައި މަހުލޫފް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: އެފްއޭއެމުން ހަދާ ދނަޑުތައް އެ އެސޯސިއޭޝަނަށް ނުނިންމޭނެ ކަމަށް މިހާރު ނިންމާފައިވާ މަހުލޫފް ވަނީ ވިދާޅުވެފައި --- ފޮޓޯ މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާއެއްގައި މަހުލޫފް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: އެފްއޭއެމުން ހަދާ ދނަޑުތައް އެ އެސޯސިއޭޝަނަށް ނުނިންމޭނެ ކަމަށް މިހާރު ނިންމާފައިވާ މަހުލޫފް ވަނީ ވިދާޅުވެފައި --- ފޮޓޯ މަޖިލިސް

ދަނޑުތައް ހަދާނެ ރަށްތައް އިއުލާން ކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި، ބައްސާމް އޭރު ވިދާޅުވެފައި ވަނީ ދަނޑުތަކުގެ މަސައްކަތް ނިމޭއިރު ވަށައިގެން ފެންސް ޖަހައި، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށް، އިލެކްޓްރޯނިކް ސްކޯ ބޯޑެއް ވެސް ބަހައްޓާނެ ކަމަށެވެ.

ކުޅިވަރާ ބެހޭ ވަޒީރު ކުރިން ވިދާޅުވެފައި ވަނީ އެފްއޭއެމުން އެ ކަން ނުކުރިޔަސް ސަރުކާރުން އެ މަސައްކަތް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ހަ ރަށެއްގައި މަސައްކަތް ފެށޭތޯ ބަލަމުން އަންނަ ކަމަށް މަހްލޫފް އޭރު ވިދާޅުވެފައި ވެ އެވެ.

އެ ދަނޑުތައް ހަދަން ހަވާލުކޮށްފައި ވަނީ، އެފްއޭއެމްގެ ކުރީގެ އޮފީސް ހުރި ބިމުގައި 20 ބުރީގެ އިމާރާތެއް ހެދުމަށް ވެސް ހަވާލުކޮށްފައިވާ ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވާ އަނެއް ޕްރޮޖެކްޓަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އިންޑޯ ފުޓްސަލް އެރީނާއެއް އެޅުމެވެ. އެ ކުންފުނި މެދުވެރިކޮށް އެފްއޭއެމުން ހެދި ދަނޑުތަކުގެ ތެރެއިން މިހާތަނަށް ނިމުނީ ވިލިމާލޭ ދަނޑު އެކަންޏެވެ.