06 ޖޫން 2022
މިއަހަރުގެ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ (އައިފާ) އެވޯޑް ހަފުލާ މިދިޔަ އިއްޔެ ބޭއްވިއިރު، ގިނަ އެވޯޑުތައް އާ ތަރިން ކާމިޔާބުކޮށްފި އެވެ.
މިއަހަރުގެ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ (އައިފާ) އެވޯޑް ހަފުލާ މިދިޔަ އިއްޔެ ބޭއްވިއިރު، ގިނަ އެވޯޑުތައް އާ ތަރިން ކާމިޔާބުކޮށްފި އެވެ.
އަބޫދާބީގައި ބޭއްވި އެވޯޑް ހަފުލާގައި މިފަހަރުގެ އެވޯޑްތައް ގެންދިޔަތަން ފެނުނީ އާންމުކޮށް އެވޯޑް ނުލިބޭ ތަރިންނެވެ.
މިފަހަރު ބެސްޓް ޕިކްޗާގެ އެވޯޑް ކާމިޔާބުކުރީ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދްވާނީގެ ފިލްމު "ޝޭރްޝާހް" އެވެ. އެ ފިލްމުން ބެސްޓް ސްކްރީން ޕްލޭގެ އެވޯޑް ގެންދިޔައީ ސަންދީޕް ޝްރިވަސްތަވާ އެވެ.
މީގެ ކުރިން ޖެހިޖެހިގެން ތިން ފަހަރު މަތިން އެންމެ މޮޅު އެކްޓަރަކަށް ވިކީ ކޯޝަލް ނޮމިނޭޓުވެ، އެވޯޑް ނުލިބުނަސް، މިއަހަރު އެ އެވޯޑް އޭނާ ކާމިޔާބުކުރި އެވެ.
- ބެސްޓް އެކްޓަރު: ވިކީ ކޯޝަލް (ސަރްދާރް އުދާމް)
- ބެސްޓް އެކްޓްރެސް: ކްރިތީ ސަނޮން (މިމީ)
- ބެސްޓް ޑެބިއު އެކްޓަރު: އަހާން ޝެޓީ (ތަޅަޕް).
- ބެސްޓް ޑެބިއު އެކްޓްރެސް: ޝަރްވަރީ ވަގް (ބަންޓީ އޯރް ބަބްލީ 2)
- ބެސްޓް އެކްޓާ އިން ސަޕޯޓިން ރޯލް: ޕަންކަޖް ޓްރިޕާތީ (ލޫޑޯ)
- ބެސްޓް އެކްޓްރެސް އިން އަ ސަޕޯޓިން ރޯލް: ސައި ތަމްހަންކަރު (މިމީ)
އަބޫދާބީގައި މިފަހަރުގެ ހަފްލާ ވެސް އޮތީ ވަރަށް ކުލަގަދަކޮށެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކެއް އެ ހަފުލާގައި ބައިވެރިވިއިރު، ފޯރިގަދަ ހުށަހެޅުންތަކެއް ވެސް އޮތެވެ.
ވިކްރާންތު ފިލްމު ކުޅުން ހުއްޓާލަން ނިންމައިފި
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
އައިފާގައި އެންމެ މޮޅު ފިލްމަކަށް "އެނިމަލް"
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
ގައުމީ އިނާމު ލިބޭނެ ކަމަށް އުއްމީދުކުރަން: ވިކްރާންތު
"ފިރިހެން އެކްޓަރަކަށް ލިބޭވަރު ހޯދެނީ ވަރަށް ހާލުން"
ރާޖްކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހެދީ؟
އަހަންނަށް ސުޕަސްޓާރު ކިޔުން ހައްގެއް ނޫން: ސަލްމާން
އާލިއާ އާއި ކްރިތީއަށް އިންޑިއާގެ ގައުމީ އެވޯޑު
ސަމަންތާ ބުޅަލެއް އެޑަޕްޓުކޮށްފި