ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ފަންނާނު ކަމަށްވާ ވިކްރާންތު މަސީ ފިލްމު ކުޅުން ހުއްޓާލަން ނިންމައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ފަންނާނު ކަމަށްވާ ވިކްރާންތު މަސީ ފިލްމު ކުޅުން ހުއްޓާލަން ނިންމައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.
"ޓުވެލްތު ފެއިލް" އާއި "ސެކްޓާ ތާޓީ ސިކްސް" ކަހަލަ މޮޅު ފިލްމުތައް ކުޅުނު ވިކްރާންތު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ފާއިތުވި އަހަރުތަކުގައި އޭނާއަށް ހީނުކުރާ ވަރުގެ އުފާވެރިކަމެއް ލިބުނު ކަމަށެވެ. އަދި އޭނާއަށް ހިތްވަރުދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ވެސް އުމުރުން 37 އަހަރުގެ ވިކްރާންތު ބުންޏެވެ.
"އެކަމަކު، އަހަރެން ކުރިއަށް ދާ ވަރަކަށް، މިހާރު އެނގިއްޖެ މިއީ މިސްރާބު ބަދަލުކޮށް، ގެއަށް ދާންވީ ވަގުތުކަން. ފިރިއެއްގެ، ބައްޕައެއްގެ އަދި ދަރިއެއްގެ ހައިސިއްޔަތުން. އަދި އެކްޓަރެއްގެ ހައިސިއްޔަތުން،" އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
"އެހެންވެ، މިންވަރު ކުރައްވައިފިއްޔާ، 2025 ގައި އަދި އެއް ފަހަރު އަހަރެމެން ބައްދަލުވާނެ."
ވިކްރާންތު ބުނީ އޭނާގެ އެންމެ ފަހު ދެ ފިލްމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ވިކްރާންތު އެކްޓުކުރުމުން ރިޓަޔާކޮށް، ފިލްމު ކުޅުން ހުއްޓާލަން ކުއްލިއަކަށް ނިންމުމާ އެކު ފޭނުންނަށް ވަނީ ޝޮކެއް ލިބިފަ އެވެ. ސަބަބަކީ، މިއީ އޭނާގެ ފިލްމީ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްވަރަށް ވެފައި، އެހާ ހުނަރުވެރި އެކްޓަރަކު ދާއިރާއާ ދުރަށް ދާން ކުއްލިއަކަށް ނިންމުމެވެ.
އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ދެ ފިލްމަކީ އަންނަ އަހަރު ގެނެސްދޭ "ޔާރް ޖިގްރީ" އަދި "އާންކޯ ކީ ގުސްތާކިޔާ" އެވެ.
ވިކްރާންތަކީ ކުރިން ހިންދީ ޑްރާމާތަކުގައި މަސައްކަތްކުރި އެކްޓަރެކެވެ. އަދި ބޮލީވުޑަށް އޭނާ ތައާރަފުވީ 2013 ވަނަ އަހަރު ފިލްމު "ލޫޓެރާ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ. އޭނާއަށް ވަނީ މިދިޔަ އަހަރު ފިލްމުފެއާ އެވޯޑުގައި ކްރިޓިކް ޗޮއިސް ކެޓަގަރީން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ. އެއީ އޭނާގެ އެންމެ ހިޓުވި ފިލްމު "ޓުވެލްތު ފެއިލް"ގައި ކުޅުނު ރޯލުންނެވެ.
"ސްޕިރިޓް"ގެ ލީޑު އެކްޓްރެސްއަކަށް ތުރިޕްތީ
އަހަންނަށް ސުޕަސްޓާރު ކިޔުން ހައްގެއް ނޫން: ސަލްމާން
އިމްތިޔާޒުގެ އާ ފިލްމުގެ ކާސްޓު އިއުލާންކޮށްފި
"ހައުސްފުލް 5" އަށް ބޮޑު އާމްދަނީއެއް ލިބިއްޖެ
މަސައްކަތު ވަގުތު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލަނީ
ބޮލީވުޑްގައި ދީޕިކާ އާއި ސަންދީޕުގެ އަރައިރުމެއް!
"ދަރިފުޅުގެ ފިލްމު ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި"
އިމްރާނަށް ޑެންގޫ ޖެހިގެން ޝޫޓިން މެދުކަނޑާލައިފި
"މެޓްރޯ އިން ދިނޯ"ގެ ފަސްޓް ލުކް ދައްކާލައިފި
ސުނިލްގެ ދަރިފުޅު އަތިޔާ ފިލްމު ކުޅުން ހުއްޓާލައިފި