26 އޯގަސްޓް 2023
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓާއި ކްރިތީ ސެނަން އަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ލިބިއްޖެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓާއި ކްރިތީ ސެނަން އަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ލިބިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންޑިއާގެ 69 ވަނަ ގައުމީ ފިލްމު އެވޯޑުގައި 23 ބަހަކުން އުފައްދާފައިވާ 158 ނޮން ފީޗާ ފިލްމާއި 23 ބަހަކުން އުފައްދާފައިވާ 280 ފިލްމު ވާދަކުރި އެވެ. އެ އެވޯޑު ލިބުނު މީހުންގެ ނަންތައް އިއްޔެ ދިއްލީގައި ބޭއްވި ހަފުލާއެއް ވަނީ އިއުލާންކޮށްފަ އެވެ.
އެންމެ މުހިންމު އެވޯޑުތައް ލިބުނީ ދެކުނު އިންޑިއާގެ ސިނަމާގެ ފިލްމުތައް ކަމަށްވާ "ސަރުދާރު އުދަމް" އާއި "އާރުއާރުއާރު" އަދި ބޮލީވުޑްގެ ފިލްމު "ގަންގޫބާއި ކަތިއަވާޑި" އަށެވެ.
އެންމެ މޮޅު ފީޗާ ފިލްމު - ރޮކެޓަރީ: ދަ ނަންބީ އިފެކްޓް
އެންމެ މޮޅު އެކްޓްރެސް - އާލިއާ ބަޓް (ގަންގޫބާއި ކަތިއަވާޑި) އަދި ކްރިތީ ސެނޮން (މިމްމީ)
އެންމެ މޮޅު އެކްޓަރު - އައްލޫ އަރުޖުން (ޕުޝްޕާ: ދަ ރައިޒް)
އާންމުންގެ މެދުގައި އެންމެ މަގުބޫލު ފިލްމު - ދަ ކަޝްމީރު ފައިލްސ
އެންމެ މޮޅު ފިލްމު (އެންޓަޓެއިންމަންޓް ދާއިރާ) - އާރުއާރުއާރު
ސްޕިޝަލް ޖޫރީ އެވޯޑު - ޝޭރުޝާހް
އިންޑިއާގެ ގައުމީ އެވޯޑު މިފަހަރު ތަފާތު 70 އަށް ވުރެ ދާއިރާ އިން ވަނީ ދީފަ އެވެ.
އާލިއާއަށް ކިޝޯރް ކުމާރް ނޭނގޭ: ރަންބީރް
އެންމެ ގިނައިން ފާޑުކިޔަނީ އަންހެނުން: އާލިއާ
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
ކާޖޮލް އާއި ކްރިތީގެ "ދޯ ޕައްތީ" އަންނަ މަހު
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އާލިއާގެ ނަމަށް ކަޕޫރް އިތުރުކޮށްފި
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
ކްރިތީ ބައްޕައާ އެކު ޖޮއިންޓް އެކައުންޓެއް އޮވޭ
ގައުމީ އިނާމު ލިބޭނެ ކަމަށް އުއްމީދުކުރަން: ވިކްރާންތު