Roadha Mihaaru
"ފިރިހެން އެކްޓަރަކަށް ލިބޭވަރު ހޯދެނީ ވަރަށް ހާލުން"

ފިރިހެން އެކްޓަރަކަށް ލިބޭ ވަރުގެ އާމްދަނީއެއް ހޯދަން 15 ފިލްމު ކުޅެން ޖެހޭ: ރަވީނާ

19 އެޕްރީލް 2024

ބޮލީވުޑްގައި ކުރީގައި ފިރިހެން އެކްޓަރަކަށް ފިލްމަކުން ލިބޭ އާމްދަނީ އޭރުގެ އަންހެން އެކްޓަރަކަށް ލިބެނީ މަދުވެގެން އިތުރު 15 ފިލްމު ކުޅެގެން ކަަމަށް ބޮލީވުޑްގެ އެކްޓްރެސް ރަވީނާ ޓަންޑަން ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑްގައި ކުރީގައި ފިރިހެން އެކްޓަރަކަށް ފިލްމަކުން ލިބޭ އާމްދަނީ އޭރުގެ އަންހެން އެކްޓަރަކަށް ލިބެނީ މަދުވެގެން އިތުރު 15 ފިލްމު ކުޅެގެން ކަަމަށް ބޮލީވުޑްގެ އެކްޓްރެސް ރަވީނާ ޓަންޑަން ބުނެފި އެވެ.

މިދޔަ މަހު 29 ގައި ރިލީޒްކުރި ފިލްމު "ޕަޓްނާ ޝުކްލާ" އަކީ ގިނަ ދުވަސްތަކަކަށް ފަހު ރަވީނާ ކުޅުނު ފުރަތަމަ ފިލްމެވެ. އެ ފިލްމުން ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަ އެވެ.

އެ ފިލްމު ރިލީޒްކުރި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރަވީނާ ވަނީ ކުރީގައި ފިލްމެއް ކުޅެގެން ލިބޭ އާމްދަނީ އާއި މިހާރު ފިލްމެއް ކުޅެގެން ލިބޭ އާމްދަނީގެ ވާހަކަ ދައްކައިފަ އެވެ. ހާއްސަކޮށް އަންހެން އެކްޓަރުންނާއި ފިރިހެން އެކްޓަރުން ލިބޭ އާމްދަނީގެ ފަރަގާ ގުޅޭ ގޮތުން އޭނާ ވާހަކަދެއްކި އެވެ.

އެންޑީޓީވީ އަށް ދިން އިންޓަވިއުގައި ރަވީނާ ބުނީ ބައެއް މަންޒަރުތައް ކުޅެން ނުކެރިގެން ބައެއް ފިލްމުތައް އޭރު ދޫކޮށްލަން ވެސް ޖެހުނު ކަމަށެވެ. އަދި ބައެއް ސްޓެޕްތައް ޖެއްސުމަށާއި ބައެއް ވައްތަރުގެ ހެދުން އެޅުމަށް އިންކާރު ކޮށްފައި ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ރަވީނާގެ ފިލްމު "ޕަޓްނާ ޝުކްލާ" ވަނީ މިދިޔަ މަހު ޑިޒްނީ ޕްލަސް އަދި ހޮޓް ސްޓާގައި ރިލީޒްކޮށްފަ އެވެ.