މިއަދު ބޭއްވި، ޓީއެފްޖީ 10 ކިލޯމީޓަރުގެ ދުވުމުގެ އެއްވަނަ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި އައިމިނަތު ޖައިޝާ ޖުނީޒް ހޯދައިފި އެވެ.
މިއަދު ބޭއްވި، ޓީއެފްޖީ 10 ކިލޯމީޓަރުގެ ދުވުމުގެ އެއްވަނަ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި އައިމިނަތު ޖައިޝާ ޖުނީޒް ހޯދައިފި އެވެ.
ފިރިހެން ކެޓަގަރީގައި ފަޒީލް އާ ވާދަކުރީ ޔޫސުފް އިބްރާހިމް އާއި މުހައްމަދު ރަޝީދު (މޯޑް) އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ދުވުމުގައި ފަޒީލް އެއްވަނަ ހޯދީ 32:30 (32 މިނެޓާއި 30 ސިކުންތު) އިން ރޭސް ނިންމައިގެންނެވެ.
ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރް އިސްމާއީލްގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ، ފަޒީލް މި ރޭހަށް ހާއްސަކޮށް ތަމްރީން ހެދީ ދެ ހަފުތާގެ މުއްދަތެއްގަ އެވެ.
ޓީއެފްޖީ އެމްވީ ރަންގައި އެއްވަނަ ހޯދި ހުސައިން ޒަޒީލް ހާރޫން (ކ) އަށް ކުރީގެ އެއްވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) ރަމްޒީ ޗެކް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޭހުގެ ދެވަނަ އަދި ތިންވަނަ ހޯދީ، މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހްމަދުގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ދެ ދުންވުންތެރިން ކަމަށްވާ ޔޫސުފް އާއި މޯޑް އެވެ. ޔޫސުފް ދެވަނަ ހޯދީ 33:14 އިން ރޭސް ނިންމައިގެންނެވެ. މޯޑް، 33:48 ރޭސް ނިންމައިގެން ދިޔައީ ތިންވަނަ އަށެވެ. ހަތަރުވަނަ ހޯދީ 35:32 ން ރޭސް ނިންމި އަހްމަދު ޝަރަފް އެވެ.
ޓީއެފްޖީ 10 ކިލޯމީޓަރު ދުވުމުގައި ވަނަވަނަ ހޯދި ދުވުންތެރިންނާއެކު ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަންހެން ބައިން ޖައިޝާ އެއްވަނަ ހޯދީ، 41:05 ން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. ކުރީގެ އެއްވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) ދުވުމުގެ ގައުމީ ގިނަ ރެކޯޑްތަކެއް މިހާރު ވެސް ހަދައިފައިވާ މަރީ ރޭސް ނިންމީ 42:39 ންނެވެ. ތިންވަނަ ހޯދީ އައިޝަތު ރާނިޔާ އެވެ. އޭނާ ރޭސް ނިންމީ 42:49 ންނެވެ. ހަތަރުވަނަ ހޯދި އައިޝަތު ރިޝްމީ (އިއްތި) ރޭސް ނިންމީ 43:18 އިންނެވެ.
ގައުމީ ލެވަލްގެ ދިގު ދުވުންތަކުގެ ރޭސްތަކުގައި ވެސް އަންހެން ބައިގައި މިހާރު އެންމެ ބޮޑަށް ވާދަކުރަނީ މި ހަތަރު އެތުލީޓުންނެވެ.
މަީ އަދި ޖައިޝާ ރޭހުގައި ވާދަކުރަނީ: ޖައިޝާގެ ފަހަތުން އަންހެން ކެޓަގަރީގެ ދެވަނަ ހޯދީ މަރީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެއަހަރު ޓީއެފްޖީން މާލެ ސަރަހައްދުގައި ރޭހެއް ނުބާއްވާތާ ދެ އަހަރު ފަހުން ބޭއްވި ފުރަތަމަ ރޭހުގައި ވަނީ ޓީއެފްޖީ ކަނޑައެޅި ވަގުތުގެ ކުރިިން ރޭސް ނިންމި މީހުންގެ މެދުގައި ގުރެއް ނަގައިގެން ހަ ބައިވެރިޔަކަށް 42،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަންހެން އަދި ފިރިހެން ދުވުންތެރިންގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމި ދުވުންތެރިންނަށް ވަނީ ފައިސާގެ އިނާމު ދީފަ އެވެ.
"އެމްވީ ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ހަމަވަނީ
ޓީއެފްޖީގެ "އެމްވީ ރަން": އަވަހަށް ރަޖިސްޓަރީ ވެލާ
ގްރޯން ޕްރީގައި ހަތަރު ފަހަރުވެސް ފަޒީލަށް ތަށި
ޓީއެފްޖީ ލޯންގް ރަންގެ ދުވުންތެރިންނަށް މެޑަލް ދީފި
ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ
ޓީއެފްޖީ ލޯންގް ރަންގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ
ޓީއެފްޖީން ކުޑަކުދިންނަށް ހާއްސަ ޖިމެއް
ފަޒީލް މިފަހަރު މުގުރާލީ 30 އަހަރުވީ ރެކޯޑެއް
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ