Roadha Mihaaru
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ

ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ

05 އެޕްރީލް 2023

މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމުގެ ގޮތުން، އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލާޝިޕްގައި ބެންގަލޫރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ ރާއްޖޭގެ ޓީމާ ގުޅެން ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި އާދަމް ރިއްފަތު މިއަދު އިންޑިއާ އަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމުގެ ގޮތުން، އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލާޝިޕްގައި ބެންގަލޫރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ ރާއްޖޭގެ ޓީމާ ގުޅެން ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި އާދަމް ރިއްފަތު މިއަދު އިންޑިއާ އަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.

ފަޒީލް އަކީ މި އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ފިރިހެން އެތުލީޓެވެ. އޭނާ ވަނީ 800 މީޓަރާއި 1500 މީޓަރު ދުވުމުން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ރިއްފަތު ވަނީ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 100 މީޓަރާއި 200 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ.

ނަސީރު ސްޕޯޓްސް އެކަޑަމީގެ ފަޒީލް، އިންޑިއާ ގައި ތަމްރީނު ހަދަން މިދިޔަ ޖެނުއަރީ މަހު ގެންދިޔަ 10 އެތުލީޓުންގެ ތެރޭގައި ނުހިމެނުމުން، އޭނާ ވަނީ މިދިޔަ ދޮޅުމަހެއްހާ ދުވަސް ތެރޭ އެ އެކަޑަމީ އިން ދިން ފުރުސަތެއްގައި ސްރީ ލަންކާގައި ޓްރޭނިން ފުރިހަމަ ކޮށްފަ އެވެ.

ފަޒީލް އާއި ރިއްފަތަކީ ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ފައިނަލް ކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދާ ގައުމީ ޓީމުގައި ހިމެނޭ ދެ ދުވުންތެރިންނެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ނެގި ފިރިހެން އެތުލެޓިކްސް ޓީމް.--

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ނެގި ފިރިހެން އެތުލެޓިކްސް ޓީމް.--

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ވާދަކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިންގެ އިތުރުން މެރެތަން ދުވުންތެރިންނާއި ރިލޭ ޓީމް ހިމެނޭ ގޮތަށް ބޮޑު ސްކޮޑެއް އިއުލާން ކޮށްފަ އެވެ. ފިރިހެން 15 ދުވުންތެރިންނާއި އަންހެން 12 ދުވުންތެރިންނާ އެކު ހޮނިހިރު ދުވަހު އިއުލާން ކުރި ސްކޮޑުގައި މުޅި އެކު 27 ދުވުންތެރިން ހިމެނެ އެވެ.

އެތުލެޓިކްސް ޓީމްގައި ހިމެނޭ 15 ފިރިހެން ދުވުންތެރިންނަކީ، އާދަމް ރިއްފަތު، އާދަމް ވިސާމް، ހުސެއިން ފަޒީލް ހާރޫން، އިބާދުﷲ އާދަމް، މުހައްމަދު އިރުފާން، އަބްދުއްރަޝީދު އިސްމާއިލް (ރައްޓު)، ހުސެއިން ރިޒާ (ކުޑަ ރިޒާ)، ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސެއިން ޒީކް ސައުދު، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު މިންހާލް ޝާމިން، ޔޫސުފް އިބްރާހިމް، ޒުއިޒް މުހައްމަދު ސައުދު އަދި ނުޖޫމް ހަސަން އެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ނެގި އަންހެން އެތުލެޓިކްސް ޓީމް.--

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ނެގި އަންހެން އެތުލެޓިކްސް ޓީމް.--

އަންހެން ދުވުންތެރިންނަކީ، އާމިނަތު ޖާއިޝާ ޖުނީޒް، ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، މަރިޔަމް އަލްހާ ހުސެއިން، އައިޝަތު ޝަބާ ސަލީމް، އަހްނާ ނިޒާރު، އައިޝަތު ހިމްނާ ހަސަން، އާމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒް، މަރިޔަމް އަބްދުލްކަރީމް، މަރިޔަމް ރޫޔާ އަލީ އަދި ޝަމްހާ އަހުމަދެވެ.

މީގެ ތެރެއިން މިވަގުތު އިންޑިއާގައި ތިބި އެތުލީޓުންނަކީ ޖާއިޝާ، ޒިވާ، ރިފާ، އަލްހާ، ޝަބާ، އަބްދުއްރަޝީދު، ރިޒާ، ސާއިދު، ނަޖުދާން އަދި ޒީކް އެވެ.

އިބާދުﷲ އާއި މިންހާލް އަދި ހިމްނާ އާއި ރޫޔާ މިވަގުތު ތަމްރީނު ހަދަމުން އަންނަނީ ޖެމެއިކާގަ އެވެ. ވިސާމް ވަނީ ފަޒީލް އާއެކު މި އަހަރު ލަންކާގައި ތަމްރީނުތަކެއް ހަދައިފަ އެވެ.