ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް، ޓީއެފްޖީން ބާއްވާ "އެމްވީ ރަން" އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.
10 ޖޫން 2025
ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް، ޓީއެފްޖީން ބާއްވާ "އެމްވީ ރަން" އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް، ޓީއެފްޖީ، އިން އިންތިޒާމްކޮށް މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ "އެމްވީ ރަން" ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.
ޓީއެފްޖީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ދުވުމަކީ 50 މިނެޓުގެ ތެރޭގައި ފަސް ކިލޯމީޓަރު ދުވެ ނިންމާލަން ޖެހޭ ދުވުމެކެވެ. މި ދުވުމުގައި އެކި ފެންވަރުގެ ދުވުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޕްރޮފެޝަނަލް ދުވުންތެރިންނަށް ހާއްސަ ކެޓަގަރީއަކާއި ރެކްރިއޭޝަނަލް ދުވުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. މި ދުވުމުގެ ޕްރޮފެޝަނަލް ދުވުންތެރިންގެ ކެޓަގަރީގެ އެއް ވަނަ (އަންހެން އަދި ފިރިހެން) އަށް ހުށަހަޅާފައި ވަނީ 7،500ރ. އެވެ. ދެ ވަނަ (އަންހެން އަދި ފިރިހެން) އަށް ހުށަހަޅާފައި ވަނީ 4،500ރ. އެވެ. ތިން ވަނަ (އަންހެން އަދި ފިރިހެން) އަށް ހުށަހަޅާފައި ވަނީ 2،500ރ. އެވެ.
މިއަހަރުގެ އެމްވީ ރަން މެޑަލް
މި މުބާރާތުގެ ހުރިހާ ދުވުންތެރިންނަށް މިއަހަރު ވެސް ހާއްސަ މެޑަލްއެއް ދޭނެ އެވެ. މިއަހަރުގެ މެޑަލް އަކީ ރާއްޖޭގައި ކުރިން ބޭނުން ކުރި ފަސް ލާރީގެ ޑިޒައިނަށް ފަރުމާކޮށްފައިވާ މެޑަލްއެކެވެ. މި މެޑަލް އަކީ ކޮންމެ އަހަރަކު ވެސް ދިވެހި ލާރިއަށް ބިނާކޮށް، އެ އިންސްޕިރޭޝަނަކަށް ބަލައިގެން ފަރުމާކުރާ އެއްޗެކެވެ. މި އަހަރުގެ މެޑަލްގައި ބޭނުންކޮށްފައިވާ ޑިޒައިނަކީ ވެސް ގިނަ ބަޔަކަށް ކަމުދާނެ ޑިޒައިނަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ޓީއެފްޖީން ބުންޏެވެ.
މި މުބާރާތުގެ ދެ ކެޓަގަރީން ބައިވެރިވާ ދުވުންތެރިންގެ މެދުގައި ހާއްސަ ގުރުއަތެއް ނަގައި ނަސީބުވެރި 10 ފަރާތަކަށް 10،000ރ. ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދުވުމުގައި ވާދަކޮށް މުބާރަތަށް ހުށަހަޅާފައިވާ ފައިސާގެ އިނާމު ހޯދުމަށް ބައިވެރިވެވޭނެ އުމުރުފުރާތަކަކީ 19 އަހަރުން ދަށުގެ އުމުރުފުރާ، 20 އަހަރާއި 29 އަަހަރާ ދެމެދުގެ އުމުރުފުރާ، 30 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާ، 40 އަހަރާއި 49 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 50 އަހަރުން މަތީގެ އުމުރުފުރާ އެވެ.
ޓީއެފްޖީ "އެމްވީ ރަން"ގެ ބިބްތައް ބެހުމަށް ހާއްސަކޮށް މި މަހުގެ 17 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ރޭސް އެކްސްޕޯއެއް ވެސް ކުރިއަށް ދާނެ އެވެ. މި އެކްސްޕޯ އޮންނާނީ ދަނބުރު މަގުގައި ހުންނަ ހައިވަކަރު ގޭގައި މެންދުރު 2 އިން ހަވީރު 6 އަށެވެ.
"އެމްވީ ރަން" އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ހެނދުނު 7 ޖަހާއިރު އެވެ.
ޓީއެފްޖީގެ "އެމްވީ ރަން": އަވަހަށް ރަޖިސްޓަރީ ވެލާ
ޓީއެފްޖީ ލޯންގް ރަންގެ ދުވުންތެރިންނަށް މެޑަލް ދީފި
ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ
ޓީއެފްޖީ ލޯންގް ރަންގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ
ޓީއެފްޖީން ކުޑަކުދިންނަށް ހާއްސަ ޖިމެއް
ހާހެއް ދުވުންތެރިންނާ އެކު ލޯންގް ރަން ބާއްވައިފި
ދަގަނޑޭގެ ކުރިއެރުމާމެދު ނަސްރު ހިތްހަމަޖެހޭ
ރޭހުގައި ފަޒްނާ ބައިވެރިވެވަޑައިގެން ދެއްވީ ހިތްވަރު
ޓީއެފްޖީ ރަންގެ އެއްވަނަ ފަޒީލާއި ޖާއިޝާ ހޯދައިފި
ބީއެމްއެލް "ވައު ކިޑްސް ރަން" ނިންމާލައިފި