ރާއްޖޭގެ އެންމެ މަގުބޫލު އެއް ޖިމް، ޓީއެފްޖީގެ "އެމްވީ ރަން" ގެ މި އަހަރުގެ ރޭހުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އެއް ޖިމް، ޓީއެފްޖީގެ "އެމްވީ ރަން" ގެ މި އަހަރުގެ ރޭހުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ބާއްވާ އެ ދުވުމުގައި ވާދަވެރި ދުވުންތެރިންނާއި ރެކްރިއޭޝަނަލް ދުވުންތެރިންނަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެ ދުވުން އޮންނާނީ އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 7 ޖަހާ އިރު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ޓީއެފްޖީ އިން ބުނީ، އެމްވީ ރަން ގެ ކޮންސެޕްޓަކީ 50 މިނިޓުގެ ތެރޭގައި ފަސް ކިލޯ މީޓަރު ނިންމާލުން ކަމަށެވެ. އަދި 50 މިނިޓް ތެރޭގައި ދުވެ ނިންމާ، އެންމެން ލަކީޑްރޯގައި ބައިވެރިވެ، އެ އެންމެންގެ ތެރެއިން 10 މީހުންނަށް 10،000ރ. އަދި އިތުރު 10 މީހުނަށް "ނޮން ކޭޝް ޕްރައިޒެއް" ދެވޭނެ އެވެ. ވާދަވެރި ކެޓަގަރީގައި ބައިވެރީ މީހުންގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާ، "ކޭޝް ޕްރައިޒް" ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޓީއެފްޖީން ބުނީ، އެ ދުވަހުގެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ޕްރޮފެޝަނަލް ދުވުންތެރިންނަށް އެންމެ ފުރަތަމަ ކަނޑައެޅި ސްލޮޓުތައް ހަމަވެ، އިތުރު 50 ސްލޮޓަށް ހުޅުވާލާފައިވާ ކަމަށެވެ.
ރެކްރިއޭޝަނަލް ދުވުންތެރިންގެ އިތުރުން ޕްރޮފެޝަނަލް ދުވުންތެރިންގެ ތެރެއިން އަންހެން އަދި ފިރިހެން ކެޓަގަރީން ވެސް އެންމެ އަވަހަށް ރޭސް ނިންމާ މީހުންނަށް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް ޓީއެފްޖީން ބުންޏެވެ.
ޕްރޮފެޝަނަލް ދުވުންތެރިންގެ އިނާމުތައް:
އެއް ވަނަ (އަންހެން އަދި ފިރިހެން): 7،500ރ.
ދެވަނަ (އަންހެން އަދި ފިރިހެން): 4،500ރ.
ތިން ވަނަ (އަންހެން އަދި ފިރިހެން) 2،500ރ
ޓީއެފްޖީގެ ދުވުންތެރިންނަށް އެލައިޑްގެ އިންޝުއަރެންސް
ޓީއެފްޖީ ލޯންގް ރަންގެ ދުވުންތެރިންނަށް މެޑަލް ދީފި
ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ
ޓީއެފްޖީ ލޯންގް ރަންގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ
ހާހެއް ދުވުންތެރިންނާ އެކު ލޯންގް ރަން ބާއްވައިފި
ގޭގައި ދުވެލައި، ޓީއެފްޖީ ހޯމް ރަންގައި ބައިވެރިވެލާ
ކޮކާކޯލާ ލޯންގް ރަން އޭޕްރީލް މަހު
ޓީއެފްޖީ ލޯންގް ރަން: މި ފަހަރު 1500 ޖާގަ!
ޓީއެފްޖީގެ މި އަހަރުގެ ލޯންގް ރަން އޭޕްރިލް 20 ގައި
"ރަން އިން ލާމު": މިއީ އެއް ވަނައިގެ ރޫޓެއް!