Roadha Mihaaru
ދަގަނޑޭގެ ފުރަތަމަ ޓެސްޓް: ޓީއެފްޖީ ރަންގައި ދުވަނީ

ފިޓްވާން ދުވަން ނުކުތް ދަގަނޑޭގެ ފުރަތަމަ ޓެސްޓް: ޓީއެފްޖީ ރަންގައި ދުވަނީ

02 ޖޫން 2022

ކުރީގެ ފިޓްނަސް އަލުން ގެނައުމުގެ އުންމީދުގައި މެރަތަން ރަނާސްގެ ޓީމާ އެކު ދުވުމުގެ ތަމްރީންތަކަށް ނުކުތް، ގައުމީ ފުޓުބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)، މާދަމާ ބާއްވާ ޓީއެފްޖީ ރަންގައި ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މެރަތަން ރަނާސްގެ ވެސް ކޯޗު އަދި ދަގަނޑޭގެ ވެސް ކޯޗު، ނަސްރުﷲ އަހްމަދު (ނަސްރު) ބުނީ މާދަމާގެ ދުވުމުގައި ބައިވެރިވާން ދަގަނޑޭ ނިންމީ ޓީމުގެ އެހެން ދުވުންތެރިންނަށް ވެސް ހިތްވަރު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ނަސްރު ބުނި ގޮތުގައި ހުޅުމާލޭގައި ބާއްވާ ދުވުމުގައި 10 ކިލޯމީޓަރުގައި ދަގަނޑޭ ދުވާނެ އެވެ.

"މާދަމާގެ ދުވުމުން ދެނެގަނެވޭނެ ދަގަނޑޭ އަށް އައިސްފައި ހުރި ކުރިއެރުން،" ތަޖުރިބާކާރު ކޯޗު ބުންޏެވެ. "އުންމީދު ކުރަނީ ރަނގަޅު ޓައިމިންއެއްގައި އޭނާ ރޭސް ނިންމާނެ ކަމަށް."

ދުވުމުގެ ޓްރޭނިންގައި ދަގަނޑޭ އާއި ނަސްރު ދުވަނީ: ނަސްރު ބުނީ މާދަމާ ރަންގައި ރަނގަޅު ޓައިމިންއެއްގައި ދަގަނޑޭ ނިންމާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް. --- ފޮޓޯ: މެރަތަން ރަނާސް

ދުވުމުގެ ޓްރޭނިންގައި ދަގަނޑޭ އާއި ނަސްރު ދުވަނީ: ނަސްރު ބުނީ މާދަމާ ރަންގައި ރަނގަޅު ޓައިމިންއެއްގައި ދަގަނޑޭ ނިންމާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް. --- ފޮޓޯ: މެރަތަން ރަނާސް

ނަސްރުގެ ބެލުމުގެ ދަށުން އޭޕްރީލް މަހު މެރަތަން ރަނާސްގެ ޓީމާ އެކު ދަގަނޑޭ ނުކުތީ ފިޓްވުމަށެވެ. އެކަމަކު އޭރު ވެސް ނަސްރު ބުނެފައި ވަނީ މެރަތަން އެއްގައި ދުވަން ދަގަނޑޭ އަށް އޭނާ ހިތްވަރުދޭނެ ކަމަށެވެ.

"މާދަމާގެ ދުވުމުގައި އޭނާ (ދަގަނޑޭ) ގެ ސްޓޭޓަސް ދެނެގަނެވުނީމަ ދެން އެނގޭނެ އޭނާގެ ޓްރޭނިންތައް ބައްޓަންކުރަންވީ ކިހިނެއްކަން،" ދިގު ދުވުމަށް ހާއްސަ މުހައްމަދު ރަޝީދު (މޯޑް) އާއި އައިޝަތު (ރިޝްމީ) އަށް ވެސް ކޯޗުކޮށްދޭ ނަސްރު ބުންޏެވެ.

ފުރަތަމަ ފަހަރަށް ދުރު ރާސްތާ ދުވުމެއްގައި ދަގަނޑޭ ވާދަކުރާތީ، އޭނާގެ ޕޭސް ހިފަހައްޓަން ދޭން ޖެހޭ އިރުޝާދުތައް ދިނުމުގައި ނަސްރު ވެސް އޭނާއާ އެއްވަރަށް ދުވާނެ އެވެ.

އެންމެ ގިނަ މެރަތަންގައި ވާދަކުރި ރާއްޖޭގެ ދުވުންތެރިޔާ ނަސްރު ބުނީ އިންޓަނޭޝަނަލް މެރަތަންއެއްގައި ދަގަނޑޭ ބައިވެރިކުރުމަށް މެރަތަން ރަނާސްގެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އުމުރުން 36 އަހަރުގެ ފޯވާޑާ ބެހޭގޮތުން ނަސްރު ބުނީ އުމުރަށް ވުރެ އަދި ވެސް ދަގަނޑޭ ލެވަލް ރަނގަޅު ކަމަށެވެ.

ޓްރޭނިންގައި ދަގަނޑޭ އާއި ނަސްރު ދުވަނީ: ނަސްރު ބުނީ އޭނާގެ އެންމެ ބޮޑު ޓާގެޓަކީ އަލުން ދަނޑަށް ނުކުންނައިރު ދަގަނޑޭ އަކީ އެންމެ ފިޓް ކުޅުންތެރިޔާ އަށް ހެދުން ކަމަށް. --- ފޮޓޯ: މެރަތަން ރަނާސް

ޓްރޭނިންގައި ދަގަނޑޭ އާއި ނަސްރު ދުވަނީ: ނަސްރު ބުނީ އޭނާގެ އެންމެ ބޮޑު ޓާގެޓަކީ އަލުން ދަނޑަށް ނުކުންނައިރު ދަގަނޑޭ އަކީ އެންމެ ފިޓް ކުޅުންތެރިޔާ އަށް ހެދުން ކަމަށް. --- ފޮޓޯ: މެރަތަން ރަނާސް

އެންމެ ބޮޑު ޓާގެޓަކީ އެންމެ ފިޓް ކުޅުންތެރިޔާ ކަމަށް ހެދުން

ނަސްރު ބުނި ގޮތުގައި އޭނާ އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލުން ކުޅެން ނުކުންނަ އިރު 100 ޕަސެންޓް ފިޓް ކުޅުންތެރިޔަކަށް ދަގަނޑޭ ހެދުން ކަމަށެވެ.

"އަލުން ކުޅެން ނުކުންނަ އިރު ދަނޑުގައި އެންމެ ފިޓްކޮށް ހުންނަ ކުޅުންތެރިޔަކަށް ދަގަނޑޭ ވާން އަޅުގަނޑު ބޭނުމީ،" ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދަށް ވެސް ތަމްރީނުދޭ ނަސްރު ބުންޏެވެ.

"އެކަމަށް މި މަސައްކަތް ކުރަނީ. އެކަމަކު ދެވަނަ ކުޅިވަރެއްގެ ގޮތުގައި ލޯންގް ޑިސްޓެންސް ރަންތަކުގައި ވާދަކުރާނެ ކަމަށް ވެސް އުންމީދު ކުރަން."

ނަސްރު ބުނީ ދަގަނޑޭ އަކީ ގިވްއަޕްނުކޮށް މަސައްކަތް ކުރުމުގެ ވިސްނުން ހުންނަ އެތުލީޓެއް ކަމަށެވެ.

"އެކަހަލަ އަޒުމެއް އޭނާ ގެންގުޅުމަކީ ވެސް ކޯޗަކަށް ހުންނަ މީހަކަށް ލިބޭ ހިތްހަމަޖެހުމެއް،" ދަގަނޑޭއާ ބެހޭގޮތުން ނަސްރު ބުންޏެވެ.