01 ޖޫން 2022
ކުރީގެ ފިރިމީހާއަށް ވަޅިން ހަމަލާދީ މަރާލީ ދުރާލައި ގަސްދުކޮށްގެން ނޫން ކަމަށާއި އޭރު އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ނުވިސްނޭ ކަމަށް މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ކުރީގެ ފިރިމީހާއަށް ވަޅިން ހަމަލާދީ މަރާލީ ދުރާލައި ގަސްދުކޮށްގެން ނޫން ކަމަށާއި އޭރު އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ނުވިސްނޭ ކަމަށް މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖޫން، 2010 ގައި ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. ނަޒާހާގެ ފަރާތުން ބުނަމުން ދަނީ އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ދައުލަތުން ކުރިން ބުނެފައިވާ ގޮތުން ޝާހިދު މަރާލީ ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އަދި މެރުމުގެ ގަސްދުގަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ވަޅި ހެރުމުން މީހަކަށް އަނިޔާވެދާނެކަން ނުވަތަ މަރުވެދާނެކަން ނަޒާހާއަށް އޭރު އެނގޭތޯ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ސުވާލު ކުރެއްވުމުން ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ ހަމަލާދިންއިރު އެކަން ނަޒާހާއަށް ނުވިސްނޭ ކަމަށެވެ.
"ކުރެވުނު ވަގުތު މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެވަގުތު ވިސްނިފައި ނެތް. އެކަހަލަ ގޮތަކަށް ވިސްނާފައި ކުރިކަމެއް ނޫން،" ނަޒާހާއާ ވާހަކަ ދެއްކުމަށް ފަހު އޭނާގެ ވަކީލް ނިހާޔަތު ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ ޕީޖީ ނިހާޔަތު ވިދާޅުވީ އެ ހަމަލާދިނުމަށް ފަހު ފުލުސް އޮފީހަށް އަމިއްލައަށް ގުޅައި، އެކަން ރިޕޯޓްކުރީ ވެސް ނަޒާހާ އަމިއްލައަށް ކަމަށާއި އެކަމަކު ތަހުގީގު ހިނގަމުން ދިޔައިރު ޝާހިދު މަރުވިކަން އޭނާއަށް އަންގާފައި ނެތް ކަމަށެވެ. އަދި އެއީ "އެވަގުތު ހުރި ވިސްނުންތަކެއްގެ ތެރެއިން ކުރެވުނު ކަމެއް" ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
"މިދެންނެވީ ވަޅިއެކޭ މިހެރެނީ. ބުރަކަށްޓާ ދިމާލުން މިވެނި ފުން ޒަހަމެކޭ ވާނީ. އޭގެ ސަބަބުން މިސާލަކަށް ބްލީޑްއައުޓް ވެދާނެއޭ ނުވަތަ ހެމަރޭޖަކަށް ވެދާނެއޭ. އަދި ކޮންމެވެސް އެހެން ކަމެއް ވެދާނެއޭ. އެ މިންވަރަށް ވިސްނުމެއް ނުދޭ،" ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި ހަމަލާދިނުމަށް ފަހު ފުލުހުން އަންނަންދެން ވަޅި ކޮތަޅަކަށް ލާފައި ބާއްވާފައި އޮތުމަކީ ވެސް ނަޒާހާގެ އެ ބުނުމަށް ބާރު ލިބިދޭ ކަމެކެވެ. ދުރާލާ ވިސްނައިގެން ކުރި ކަމެއް ނަމަ ނަޒާހާ އެ ވަޅި ފޮރުވައި ނުވަތަ ހެކި ނައްތާލަން މަސައްކަތް ކުރީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ނަޒާހާއަށް އެނގޭ އެ ހަމަލާގެ ސަބަބުން ނިޔާވުމަކީ ވެދާނެ ކަމެއް ކަމަށް،" ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ މެރުމުގެ ގަސްދު ނަޒާހާގެ ކިބައިގައި އޮތްކަން ސާބިތުކޮށްދެވޭނެ ހެއްކެއް ދައުލަތުގެ އަތުގައި ނެތް ކަމަށެވެ. އަދި މީހަކު މަރުވާ ކޮންމެ ފަހަރަކީ ގަސްދު މަރެއް ކަމަށް ބަލައިގެން އަދަބު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަތުލުގައި ވެސް އެކި ވައްތަރުގެ ގަތުލު އެބަހުރި. އަދި އެކަމުގައި ފުރިހަމަވާންޖެހޭ އެކިއެކި އުންސުރު ވެސް ބަޔާންކުރެވިފައި އެބަހުރި،" އިސްލާމީ ޝަރީއަތާ ހަވާލާދީ ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި މެރުމުގެ ގަސްދު ނަޒާހާގެ ކިބައިގައި އޮތްކަން ސާބިތުކޮށް ދިނުމަށް ކަމަށް ބުނެ ދައުލަތުން އާ ސީޑީތަކެއް ހެކީގެ ގޮތުގައި ހުށަހެޅިޔަސް، ދަށު މަރުހަލާއަށް ހުށަހަޅާފައިނުވާ ހެކިތަކެއް މި މަރުހަލާގައި ބަލައެއް ނުގަނެވޭނެ އެވެ.
އެ ސީޑީތަކަކީ ހަމަލާދިނުމުގެ ކުރިން ޝާހިދަށް ނަޒާހާ ފޮނުވި މެސެޖަކާއި ހަމަލާދިނުމަށްފަހު ނަޒާހާ ފުލުހުންނަށް ކުރި ފޯން ކޯލް ހިމެނޭ ސީޑީތަކެކެވެ.
އެ މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުމެވެ. އޭގެފަހުގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ އޮންނާނީ ހުކުމް އިއްވުމެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ނަޒާހާގެ މައްސަލަ: ކުރިން އާންމުނުވާ އާ ކަންތައްތަކެއް
ނަޒާހާގެ ފަހުބަސް: އިންސާފުން މައްސަލަ ނިންމައިދީ
ނަޒާހާ މިއަދުވެސް ކިޔައިދިނީ އަނިޔާވެރި ދިރިއުޅުން
އަނިޔާގެ މާޒީ ކިޔައިދިނުމުން ނަޒާހާއަށް ކެތެއްނުވި
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް