Roadha Mihaaru
އަނިޔާގެ މާޒީ ކިޔައިދިނުމުން ނަޒާހާއަށް ކެތެއްނުވި

އަނިޔާގެ މާޒީ ކިޔައިދިނުމުން ނަޒާހާއަށް ކެތެއްނުވި

31 މާޗް 2022

ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ދިފާއުގައި އޭނާގެ ވަކީލް މަރިޔަމް ނިހާޔަތު ސުޕްރީމް ކޯޓުގައި މިއަދު ވާހަކަ ދެއްކެވި އިރު ނަޒާހާއަށް އަނެއްކާވެސް އަހަން ޖެހުނީ އޭނާ ތަޖުރިބާކުރި އަނިޔާތަކުގެ ވާހަކަ އެވެ. ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ދެކެވުނު ވާހަކަތައް އަލުން އަހަން ކެތް ނުވެ ރޯން ފެށީ ނަޒާހާގެ އަތުން ދަރިފުޅުގެ ބައްޕަ މަރުވާ ހިސާބަށް ކަންތައް ދާން ޖެހުނު ސަބަބު ކަމަށް ދިފާއުން ދެކޭ ގޮތް ކިޔައިދޭން ފެށުމާ އެކުގަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ދިފާއުގައި އޭނާގެ ވަކީލް މަރިޔަމް ނިހާޔަތު ސުޕްރީމް ކޯޓުގައި މިއަދު ވާހަކަ ދެއްކެވި އިރު ނަޒާހާއަށް އަނެއްކާވެސް އަހަން ޖެހުނީ އޭނާ ތަޖުރިބާކުރި އަނިޔާތަކުގެ ވާހަކަ އެވެ. ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ދެކެވުނު ވާހަކަތައް އަލުން އަހަން ކެތް ނުވެ ރޯން ފެށީ ނަޒާހާގެ އަތުން ދަރިފުޅުގެ ބައްޕަ މަރުވާ ހިސާބަށް ކަންތައް ދާން ޖެހުނު ސަބަބު ކަމަށް ދިފާއުން ދެކޭ ގޮތް ކިޔައިދޭން ފެށުމާ އެކުގަ އެވެ.

އެންމެ ފަހުން ޝަރީއަތުގެ މަޖިލީހުގައި ނަޒާހާ ބުނި ގޮތުން ނަމަ އޭނާ އަލުން ކޯޓަށް އައިސް އިނީ ދަރިފުޅު ދިން ހިތްވަރުގެ ސަބަބުންނެވެ.

"އެތަކެއް އަހަރެއް ވަންދެން އެކަމުގެ ތެރޭގައި އުޅެވި އަބަދު އެ ސައިކަލް ތެރޭގައި ސަލާމަތް ނުވެވި، އެއިން ނުކުންނާނެ މަގެއް ނުފެނިފަ. އެކަމަށް އެހީތެރިވެދޭނެ ނުވަތަ އެއަށް މަގުފަހިކޮށްދޭނެ، އެކަމުން ނުކުތުމަށް މަގުފަހިކޮށްދޭނެ ވާގިވެރިއަކު ނެތިފަހުރި މީހަކު އެކަމުގެ ތެރޭގައި ގޮތް ހުސްވެ އަމިއްލަ ނަފްސުގެ ދިފާއުގައި އެ ދުވަހު ވިސްނުމެއް ނެތި ކުރެވުނު ކަމެއްގެ ސަބަބުންނޭ ނަޒާހާއަށް މިއަދު ޝަރީއަތުގެ ކުރިމަތީގައި އިންނަން މި ޖެހިފައި މި ވަނީ،" ނަޒާހާގެ ދިފާއުގައި ދަށު ކޯޓުގައި ހުށަހެޅި ބެޓާޑް ވުމަން ސިންޑްރޯމްގެ ތަފްސީލްގައި ވަކީލް ނިހާޔަތު ވިދާޅުވި އެވެ.

ވަކީލްގެ ވާހަކަ ވަކި ހިސާބަކަށް ގެންދެވުމާ އެކު، ޖަލު ހެދުމުގައި ކޯޓަށް ހާޒިރުކޮށްފައި އިން ނަޒާހާ ގިސްލާން ފެށި އެވެ. ރުއިން ކޮންޓްރޯލް ނުވެ، އަތުގައި އޮތް މާސްކުން ކަރުނަތައް ފޮހެމުން ދިޔަ އެވެ. އަދި ފަހުން ކުރިމަތީ ހުރި ޓިޝޫ ފޮއްޓަކުން ޓިޝޫތަކެއް ނަގައި ލޮލާއި މޫނު ފޮހުނެވެ.

ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި ރޯން އިން އިރު ވަކީލް މަރިޔަމް ނިހާޔަތު އޭނާއާ ދިމާލަށް ބަލަހައްޓައިގެން.

ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި ރޯން އިން އިރު ވަކީލް މަރިޔަމް ނިހާޔަތު އޭނާއާ ދިމާލަށް ބަލަހައްޓައިގެން.

ދަށު ކޯޓުން ނަޒާހާއަށް އިއްވި 25 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަން ހުށަހެޅި ނަމަވެސް ކުރިން އޮތީ އެ މައްސަލަ ބަލައިނުގަންނަން ނިންމައިފަ އެވެ. އެކަމަކު އަލުން ދިން ހުއްދައާ އެކު މިއަދު އިސްތިއުނާފުގެ އަޑުއެހުންތައް ފަށައި ނަޒާހާގެ ފަރާތުން ވަކީލް ވިދާޅުވީ ނަޒާހާގެ އަމަލަކީ ޝާހިދު މަރާލަން ގަސްތުގައި ކުރި އަމަލެއް ނޫން ކަމަށެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެއީ ލިބެމުން ދިޔަ އަނިޔާތަކުގެ ސަބަބުން އަމިއްލަ ދިފާއުގައި ކުރެވުނު އަމަލެއް ކަމަށް ދަށު ކޯޓުގައި ވެސް ވަނީ ބުނެފަ އެވެ.

ޝާހިދަށް ހަމަލާ ދިން ދުވަހަކީ ޝާހިދާއި ނަޒާހާގެ ދަރިފުޅުގެ ހަޟާނާތު މައްސަލާގައި ނަޒާހާ ކޯޓަށް ހާޒިރުވާން ޗިޓް ހަވާލުކުރަން އުޅުނު ދުވަސް ކަމަށާއި އޭގެ ކުރިން ޝާހިދު ވަނީ ބަޔަކު ގެނެސް "ޖިންސީ ގޯނާ" ކުރާނެ ކަމުގެ އިންޒާރު ދީފައި ކަމަށް ކުރީގެ ހުށަހެޅުންތައް ތަކުރާރުކުރައްވަމުން ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް އަދި ކުރީގެ ގާޒީ ނިހާޔަތު ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ ނަޒާހާއަކީ ޝާހިދުގެ ފަރާތުން އެތައް އަހަރެއް ވަންދެން ގެވެށި އަނިޔާ ލިބެމުން ގޮސްފައިވާ މީހެއް ކަމަށެވެ. އަދި މި ދިފާއުތައް ނަޒާހާގެ ފަރާތުން ޝަރީއަތުގައި ނަގާފައިވާކަން ފާހަގަކުރެއްވި އެވެ.

ޝާހިދުގެ ފަރާތުން ނަޒާހާއަށް ލިބެމުން ދިޔަ އަނިޔާތަކާ ގުޅިގެން ނަޒާހާގެ ނަފްސާނީ ހާލަތު ހީނަރުވެފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

"ނަޒާހާއަށް ކުރެވުނު ކަމަކީ ހަސަން ޝާހިދުގެ ފަރާތުން އެތައް ޒަމާންތަކެއް ވަންދެން ލިބެމުން އައިސްފައިވާ ގެވެށި އަނިޔާ ތަހައްމަލްކުރަންޖެހިފައި ވުމާއި ނިމުމެއް ނެތް އެ އަނިޔާތަކުގެ ވަށްބުރުން ނުނިކުމެވި ހުރެ އެ ދުވަހު ޝާހިދުގެ އަމަލުތައް ހުރިގޮތާއި ޝާހިދުގެ ފަރާތުން ލިބިފައިވާ އިންޒާރުތަކަށް ބަލައި ހާދިސާ ހިނގި ދުވަހު ހާދިސާ ހިނގި ވަގުތުގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލައި، އޭނާގެ މައްޗަށް ޝާހިދު ހިންގަފާނެ ބިރުވެރި އަދި އަނިޔާވެރި އަމަލަކަށް ބިރުވެތިވެ ހުރެ އެ ވަގުތުކޮޅުގައި އަމިއްލަ ނަފްސުގެ ރައްކަލަކަށް ކުރެވުނު އަމަލެއް ކަމުގައި ބަލަންޖެހޭ،" ވަކީލް ވިދާޅުވި އެވެ.

ޝާހިދަށް ވަޅިން ހަމަލާ ދިނުމުގެ ކުރިން، ބަޔަކު މީހުން ގޮވައިގެން ގޮސް ނަޒާހާއަށް ޖިންސީ އަނިޔާކުރާނެ ކަމުގެ ނުވަތަ އިއްފަތްތެރިކަން ނަގާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނަޒާހާ ވަނީ ދަށު ކޯޓުގައި ބުނެފަ އެވެ.

ޝާހިދަށް ވަޅިން ހަމަލާ ދިނުމުގެ ކުރިން، ބަޔަކު މީހުން ގޮވައިގެން ގޮސް ނަޒާހާއަށް ޖިންސީ އަނިޔާކުރާނެ ކަމުގެ ނުވަތަ އިއްފަތްތެރިކަން ނަގާލާނެ ކަމުގެ އިންޒާރު ދީފައިވޭ: ވަކީލް

"އެ ދުވަހު ޝާހިދު އަޑުއަހަރުކޮށް، އަންނާށޭ އަންނާށޭ މި ހުރީއޭ. މިހެން ބުނުމުން ނަޒާހާއަށް ސިފަކުރުމުގެ ފުރުސަތު އެބަ އޮތޭ، އިއްޒަތްތެރި ފަނޑިޔާރުން، އޭނާ ބަޔަކު މީހުންނަށް އެ ގޮވަނީއޭ އޭނާ ބަޔަކު މީހުން ގޮވައިގެން އޭނާ ތިމަންނައަށް ކޮށްފައިވާ އިންޒާރާ އެއްގޮތަށް އެކަން ފުރިހަމަކުރުމަށްޓަކައި،" އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޔާސަތުގައި އިންނެވި ބެންޗާ މުހާތަބުކުރައްވަމުން ވަކީލް ނިހާޔަތު ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ ޝާހިދަށް ހަމަލާދިނީ ނޫން ކަމަށާއި އެއީ ނަޒާހާއަށް އަމިއްލަ ދިފާއުގައި ކުރެވުނު އަމަލެއް ކަމަށެވެ. އެ ދިފާއަށް ދަށު ކޯޓުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި، ކަން ހިނގި ދުވަހު ޝާހިދުގެ ފަރާތުން ނަޒާހާއަށް އެއްވެސް ކަމެއް ކޮށްފައި ނުވިޔަސް އެތައް އަހަރެއް ވަންދެން އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާއާ ހެދި އެ ނޫން ގޮތަކަށް ވިސްނެން ނޯންނާނެ އެވެ.

މިއަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން ވަނީ އިސްތިއުނާފްގެ ހުށަހެޅުމުގެ ބާކީ ބައި ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށްގެންދަން ނިންމައިފަ އެވެ.

ކުރީގެ ފިރިމީހާ، ހަސަން ޝާހިދުގެ ގަޔަށް ވަޅިހަރައި މަރާލުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލާން ނަޒާހާގެ މައްޗަށް މީގެ 10 އަހަރު ކުރިން ހުކުމްކުރީ އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފް ވިޔަސް، ޝާހިދުގެ ވާރިސުން ނަޒާހާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވުމުންނެވެ. އެންމެ ވާރިސަކު ނޫނީ އެންމެ ބުނެފައި ވަނީ ނަޒާހާގެ ކިބައިން ގިސާސް ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ނަޒާހާގެ މައްސަލަ ބެލުމާ ދައުލަތުން ދެކޮޅެވެ. މައްސަލަ ހުށަހެޅީ ހަ އަހަރު ފަހުން، އިސްތިއުނާފުކުރަން އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންކަން ދައުލަތުން ކޯޓުގައި ފާހަގަކުރި އެވެ. އޭގެ އިތުރުން، މައްސަލަ ހުށަނާޅައި ހަ އަހަރު އޮތް ސަބަބަކީ އެކަށީގެންވާ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ނަޒާހާގެ ހުކުމުން ފަސް އަހަރު އުނިކޮށްދިނުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާއިރު ކޯޓުން އިތުރު ލުޔެއް ދޭން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ވެސް ބުންޏެވެ.