31 މެއި 2022
އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓާލުމުގެ ފްރީ ޑައިވް ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ އިވެންޓުގައި ބައިވެރިވާން އާންމުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓާލުމުގެ ފްރީ ޑައިވް ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ އިވެންޓުގައި ބައިވެރިވާން އާންމުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ނޭވާ 2" ގެ ނަމުގައި ބާއްވާ އިވެންޓް އިންތިޒާމުކުރާ، ފްރީ ޑައިވް މޯލްޑިވްސް އިން ބުނީ މިއަދުން ފެށިގެން ޖޫން 30 އާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
Google Forms - easily create and analyze surveys.
Create a new survey on your own or with others at the same time. Choose from a variety of survey types and analyze results in Google Forms.
ވޯލްޑް ރެކޯޑްގައި ބައިވެރިވުމަށް ފުރިހަމަކުރަން ޖެހޭ ފޯމް
އާންމުންގެ ތެރެއިން ޑައިވަރެއްގެ ގޮތަށް ބައިވެރިވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ޑައިވަރެއްގެ ގޮތުގައި ބައިވެރިވާ މީހުން ވާން ޖެހޭނީ ދެ މިނެޓް ވަންދެން އަޑީގައި ނޭވާ ހިފަހައްޓާލެވޭ މީހުންނަށެވެ. ދެން އޮތީ ސޭފްޓީ ބަޑީސްގެ ގޮތުގައި ބައިވެރިވާ މީހުންނެވެ. އިވެންޓްގައި ބައިވެރިވާ އާންމުންނަށް އެހީ ތެރިވުމަށް ތިބޭ ސޭފްޓީ ބަޑީސް އަށް އިވެންޓްގައި ބައިވެރި ވެވޭނީ ދެ ދުވަހުގެ ތަމްރީންތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް ފްރީ ޑައިވް މޯލްޑިވްސްއިން ބުންޏެވެ.
އާންމުންގެ ތެރެއިން އިވެންޓްގައި ބައިވެރި ވެވޭނީ ނޭވާ އަށް އުނދަގޫ ކުރުމުގެ މައްސަލަ ކުރިމަތި ނުވާ މީހުންނަށެވެ. އާންމުން ބައިވެރިވާ އިވެންޓް ކުރިއަށް ގެންދާނީ ކްރޮސް ރޯޑުގެ މޫދުގަ އެވެ.
އޮކްޓޯބަރު މަހު ބާއްވަން ތައްޔާރުވާ މި އިވެންޓް ވެގެންދާނީ، ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓާލުމުގެ ފްރީ ޑައިވް އިވެންޓަށެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ބާއްވާ އިވެންޓް ހާއްސަ ކުރަނީ ރިސޯޓްތަކުގެ މުވައްޒަފުންނަށެވެ. އެ އިވެންޓްގައި ރިސޯޓްތަކުން ބައިވެރިވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މީގެ ކުރިން ވެސް ފްރީ ޑައިވް މޯލްޑިވްސްއިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައިވެ އެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އިވެންޓަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި އިވެންޓެވެ. އެ ފަހަރުގެ އިވެންޓްގައި ޖުމްލަ 521 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އިވެންޓެވެ.
"ނޭވާ 2" ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
ރާއްޖޭގައި އަނެއްކާވެސް ރެކޯޑެއް
ރެކޯޑް ހަދަން އެކަނި ހުރިހާ ގައުމަކަށް ދަތުރުކުރަނީ
"ނޭވާ 2" ފްރީ ޑައިވް އިވެންޓުގެ ޕޯސްޓަރު ނެރެފި
ވިއެޓްނާމްގެ ބިއްލޫރި ބްރިޖަކަށް ދުނިޔޭގެ ރިކޯޑް
ވޯލްޑް ރިކޯޑް ހަރަކާތުގެ ޕާޓްނަރަކަށް މޯލްޑިވިއަން
ވޯލްޑް ރެކޯޑްހަދަން ފިލިތެޔޮ ރިސޯޓުން 60 ސްޓާފުން
ރެކޯޑް ހެދުމުގެ ޕާޓްނަރަކަށް އެންވަޔަރްމެންޓް މިނިސްޓްރީ
1،900 މީޓަރު އުހުގައި އޮތް ވަލެއް މަތީ ހިނގަައިފި
ދުނިޔޭގެ އެންމެ ބަރު ސްޓްރޯބެރީގައި 289 ގްރާމް
ސަތޭކަ "މާމެއިޑް" ޑައިވްކޮށް ރެކޯޑް ހަދައިފި