19 މެއި 2022
އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ފްރީ ޑައިވް ކުރުމުގެ ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ ހަރަކާތުގެ ޓްރެވެލް ޕާޓްނަރަކަށް ގައުމީ އެއާލައިން މޯލްޑިވިއަން ހަމަޖައްސައިފި އެވެ.
އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ފްރީ ޑައިވް ކުރުމުގެ ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ ހަރަކާތުގެ ޓްރެވެލް ޕާޓްނަރަކަށް ގައުމީ އެއާލައިން މޯލްޑިވިއަން ހަމަޖައްސައިފި އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ 'ފްރީ ޑައިވް މޯލްޑިވްސް' އިންތިޒާމުކުރާ އެ ހަރަކާތް އޮންނާނީ އަންނަ އޮކްޓޯބަރު މަހު އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް "ނޭވާ 2" ގެ ނަމުގައި ރިސޯޓް މުވަޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތުގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ އެވެ. އެ ހަރަކާތުގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ.
ފްރީ ޑައިވް މޯލްޑިވްސްގެ ޗެއާމަން ފަހުދު ފާއިޒު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ޖަމިއްޔާ އިން މިހާރު އަންނަނީ އިވެންޓުގައި ބައިވެރިވި ރިސޯޓުތަކުގެ މުވައްޒަފުންނަށް ތަމްރީންތައް ބާއްވަމުންނެވެ. އެ ހަރަކާތުގައި ބައިވެރިވި 12 ރިސޯޓުގެ ތެރެއިން ތިން ވަނަ ރިސޯޓުގެ މުވައްޒަފުންގެ ތަމްރީނުތައް މިއަދު ނިމޭނެ ކަމަށް ވިދާޅުވި އެވެ.
ފަހުދު ވިދާޅުވިގޮތުގައި، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލާނީ އަންނަ ޖޫން 1 ވަނަ ދުވަހު އެވެ. އަދި ރަޖިސްޓަރީކުރާ މީހުންގެ ތެރެއިން އިވެންޓުގައި ބައިވެރިކުރާނީ ނޭވާލުމުގެ ޓެސްޓުތަކެއް ހަދައި ރަނގަޅު ހާލަތެއްގައި ތިބޭ މީހުން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
'ފްރީ ޑައިވް މޯލްޑިވްސް' އިން 2019 ގައި ބޭއްވި "ނޭވާ" އިވެންޓު ވެސް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފަ އެވެ. ޖުމުލަ 521 މީހަކު ބައިވެރިވި އެ ހަރަކާތަކީ މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތަކު ޑައިވްކުރި ހަރަކާތެވެ.
ސަތޭކަ "މާމެއިޑް" ޑައިވްކޮށް ރެކޯޑް ހަދައިފި
ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް
ނުކުޅެދޭމީހުންގެ ޑައިވިންއަށް އެހީވާނެ މީހުން އުފައްދަނީ
ފަރުތަކުގެ ސިއްހަތު ދެނެގަންނަ ފޮޓޯ މުބާރާތް ފަސްކޮށްފި
ފަރުތަކުގެ ސިއްހަތު ދެނެގަތުމުގެ ފޮޓޯ މުބާރާތެއް
"ނޭވާ 2" ފްރީ ޑައިވް އިވެންޓުގެ ޕޯސްޓަރު ނެރެފި
ވޯލްޑް ރެކޯޑުގައި ބައިވެރިވާން އާންމުންނަށް ހުޅުވާލައިފި
ރެކޯޑް ހެދުމުގެ ޕާޓްނަރަކަށް އެންވަޔަރްމެންޓް މިނިސްޓްރީ