Roadha Mihaaru
ފުލުހުންނަށް އެކަނި ގޭންގުތައް ނުހުއްޓުވޭނެ: ރައީސް

ފުލުހުންނަށް އެކަނި ނުހުއްޓުވޭނެ: ރައީސް

29 މެއި 2022

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވި "ވިއަވަތި" ކޮންފަރެންސްގައި ފުލުހުން ދެއްކީ ރާއްޖެ އަށް ޑްރަގްސް އެތެރެކޮށް، ގޭންގްތައް ފުޅާވަމުންދާ ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި އެއީ ފުލުހުންނަށް އެކަނި ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވި "ވިއަވަތި" ކޮންފަރެންސްގައި ފުލުހުން ދެއްކީ ރާއްޖެ އަށް ޑްރަގްސް އެތެރެކޮށް، ގޭންގްތައް ފުޅާވަމުންދާ ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި އެއީ ފުލުހުންނަށް އެކަނި ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ބޭއްވި ތިން ދުވަހުގެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑްރަގުގެ މައްސަލަ އާއި ގޭންގު ކުށްތަކަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ މައްސަލަ ކަމަށެވެ. ފުލުހުން އިއްޔެ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކަށް ދައްކައިދިނީ އެ ދެ މައްސަލަ ރާއްޖޭގައި ފެތުރެމުންދާ މިންވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ މިންވަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ އިތުރުން ވެސް އެއަށް ވުރެ ބޮޑެތި ކަންތައްތައް އެބަހުރި، [އެ ކަންކަން ހުއްޓުވަން ކުރަމުން އަންނަ] ކަންތައް އިއްޔެ ހާމަނުކުރި ނަމަވެސް އެ ބިރުވެރިކަން އެހެން އޮތުމުން ޓާސްކްފޯސްތައް އެކުލަވާލައި މަސައްކަތްތަކެއް އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ރިޔާސަތު ބަލަހައްޓަވާ ގޮތަށް، ގޭންގުުތައް ހުއްޓުވުމާއި ޑްރަގްސް އެތެރެކުރުން ކޮންޓްރޯލްކުރަން ދެ ޓާސްކް ފޯސް އޮތީ އެކުލަވާލައިފަ އެވެ. ގޭންގު ކުށް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މަގުތަކުގައި ފޯރިމަރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ވިއަވަތި ކޮންފަރެންސްގެ ބައިވެރިން: ތިން ދުވަހަށް ދިޔަ މި ކޮންފަރެންސުން ހައްލުތަކަކަށް މަޝްވަރާކުރި،. -- ފޮޓޯ | ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގެ ބައިވެރިން: ތިން ދުވަހަށް ދިޔަ މި ކޮންފަރެންސުން ހައްލުތަކަކަށް މަޝްވަރާކުރި،. -- ފޮޓޯ | ރައީސް އޮފީސް

ޓާސްކު ފޯހުން މަސައްކަތް ފެށީ ޕްލޭނެއް އެކުލަވާލައި އެ ދެ މައްސަލައިގައި ވެސް ދާއިމީ ހައްލަކަށް ދިއުމަށް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ ޑްރަގާއި ގޭންގްތަކާ ދެކޮޅަށް އެކުލަވާލި ދެ ޓާސްކް ފޯހުން ވެސް އަންނަނީ ހައްލުތަކެއް ހޯދަމުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިކަމުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭން. ރަށްރަށުގައި ހިނގާ މިފަދަ ކަންތައްތައް ހައްލުކުރަން ތި ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަންދޭން،" ކައުންސިލަރުންނާއި ކޮމިޓީތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ފުލުހުން އިއްޔެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފެތުރިފައި އޮތް ޑްރަގާއި ގޭންގު ކުށްތައް ހުއްޓުވުމަކީ ފުލުހުންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަން ގަބޫލުކުރަން ޖެހެ އެވެ.

ފުލުހުންގެ ޕްރެޒެންޓޭޝަންގައި އިއްޔެ ބުނީ މާލޭގައި 44 ގޭންގްހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެތެރޭގައި 10 ގޭންގެއް ވަރަށް ނުރައްކާ ކަމަށެވެ. މި ގޭންގުތަކަށް ނިސްބަތްވާ 2،800 މީހުން ލިސްޓްކޮށްފައިވާ ކަމަށާއި އޭގެތެރޭގައި 60 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ކުރިއާ އަޅާބަލާއިރު ގޭންގްތަކުން މީހުން މެރުމާއި މާރާމާރީ ވަރަށް ބޮޑަށް މަދުކޮށްފި އެވެ. ސަބަބަކީ އެ މީހުން ކުށްތަކަށް އަރައިގަނެ ހިންގާ ވިޔަފާރިތައް ސިއްރުކުރުމެވެ. ބޮޑަށް ބަލަނީ މައްސަލައެއް ދިމާވިޔަސް ގޭންގްތަކުގެ ލީޑަރުން ވާހަކަ ދައްކައިގެން ހައްލުކުރުމަށެވެ.

ގޭންގްތަކުން ކުރިން މާރާމާރީ ހިންގަމުން އަންނަ ގޮތާއި މިހާރު ހަރަކާތްތެރިވަމުން އަންނަ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތެވެ. ކަނޑި އާއި ދަގަނޑާއި އެހެން ވެސް ތޫނު ހަތިޔާރުު ފާޅުގައި ހިފައިގެން ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި މި ފަހުން ފެންނަނީ ފުލުހުން ބުނިގޮތުގައި ވަޅި ފޮރުވައިގެން ނުކުމެ މީހުންނަށް ހަމަލާ ދިނުމެވެ.