27 މެއި 2022
ޖެނީވާ (މެއި 27) - ސްރީ ލަންކާގެ އިގްތިސާދު ހީނަރުވެ ގައުމު ބަނޑަށް ޖެހޭ ފަދަ ހާލަތަކަށް ވެއްޓުނީ މިސްމެނޭޖްމަންޓުގެ ސަބަބުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވިދާޅުވެއްޖެ އެވެ.
ޖެނީވާ (މެއި 27) - ސްރީ ލަންކާގެ އިގްތިސާދު ހީނަރުވެ ގައުމު ބަނޑަށް ޖެހޭ ފަދަ ހާލަތަކަށް ވެއްޓުނީ މިސްމެނޭޖްމަންޓުގެ ސަބަބުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވިދާޅުވެއްޖެ އެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރޭގައި އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއްގައި ކްރިސްޓަލީނާ ވިދާޅުވީ މިހާރުން މިހާރަށް ވެސް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މައިކްރޯއިކޮނިކް ހާލަތަކަށް ލަންކާ އަނބުރާ ގެންދިއުން ކަމަށެވެ.
"ލަންކާ އަށް ވަމުންދާ ގޮތް ފެނި ވަރަށް ދެރަވޭ. ލަންކާގެ ރައްޔިތުންނާ މެދު ހަމްދަރުދީވަން. އެއީ އެއްޒަމާނެއްގައި ވަރަށް ކުރިއަރަމުންދިޔަ ގައުމެއް. އެ ހާލަތަށް ލަންކާގެ ކަންކަން ދިޔައީ މިސްމެނޭޖްމަންޓުގެ ސަބަބުން،" އެކަމަނާ ވިދާޅުވި އެވެ.
ކްރިސްޓަލީނާ ވިދާޅުވީ ލަންކާ އަށް އެހީވުމަށްޓަކައި އައިއެމްއެފްގެ ޓެކްނިކަލް ޓީމެއް ފޮނުވާފައިވާ ކަމަށެވެ.
ލަންކާ އިން މިހާރު ދަނީ ގައުމުގެ އިގްތިސާދު ސަލާމަތްކުރެވޭތޯ އައިއެމްއެފްގެ އެހީގެ ޕެކޭޖެއް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އައިއެމްއެފް އިން ލޯނު ދިނުމުގެ ކުރިން ހުށަހަޅާ ޝަރުތަކީ އެ ގައުމުގެ ދަރަނިތައް ރީސްޓްރަކްޗާކޮށް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދިނުމެވެ.
ރަނިލް، ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި
އައިއެމްއެފްގެ އެހީގެކުރިން ދަރަނީގެ ޔަގީންކަން ދޭންޖެހޭ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ