ރާއްޖޭގެ އިގްތިސާދު އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މުހިންމު ސުވާލުތަކެއް އުފައްދަވައިފި އެވެ.
27 މެއި 2022
ރާއްޖޭގެ އިގްތިސާދު އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މުހިންމު ސުވާލުތަކެއް އުފައްދަވައިފި އެވެ.
ތޯރިގުގެ ފޭސްބުކް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ރިޒާވްގައި 800 މިލިއަން ޑޮލަރު ހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ކަމަށާއި ނަމަވެސް އެ ރިޒާވަކީ މީހުންގެ އެކައުންޓްގައި ހުރި ޑޮލަރު އެއްކުރީމަ އަންނަ އަދަދެއް ކަމަށެވެ. ދައުލަތުގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދި ހަނޑޫ ފަދަ ތަކެތި ގަންނަން ހުރި އަދަދު ހާމަނުކުރަނީ ކީއްވެތޯ ތޯރިގު ސުވާލު ކުރެއްވި އެވެ.
ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯގައި ކޭޝްފްލޯ ނެތިގެން ކާޑުގެ ބާވަތްތައް ގަންނަން ލޯނު ނަގަންޖެހުނީ ކީއްވެތޯ އާއި ތެލުގެ މިނިމަމް ރިޒާވް އެންމެ މަދުން ހުންނަން ބޭނުންވާ ސްޓޮކް އެފްއެސްއެމް އަށް ނުހިފެހެއްޓިގެން އުޅެނީ ކީއްވެތޯ ތޯރިގު ސުވާލު އުފެއްދެވި އެވެ.
"2026 ވަނަ އަހަރު ދައްކަން ޖެހޭ 800 މިލިއަން ޑޮލަރު ދައްކަން ސޮވަރިން ފަންޑުގައި ހުރީ ކިހާވަރެއްތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.
ސޮވަރިން ފަންޑުން އެންމެ ފަހުން ނެގި 500 މިލިއަން ޑޮލަރުން އެއްބައި ސަނީ ސައިޑް ބޮންޑު ދެއްކި ކަމަށް އަމީރު ވިދާޅުވި އެވެ. ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފަށް ދަރަނި ދައްކަން، ދަރަނި ނެގީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ގާނޫނުގައިވާ ގޮތުން ދަރަނި ނަގަން ވާނީ ގައުމީ ތަރައްގީގެ މަސައްކަތަށެވެ. ނުވަތަ އުފެއްދުންތެރިކަން އިތުރު ކުރާނެ މަޝްރޫއަކަށެވެ.
ނަމަވެސް އިންޑިއާގެ ކްރެޑިޓް ލައިނުގެ އެއް ބިލިއަން ޑޮލަރު ނަގައި ހުޅުމާލެ ސެންޓްރަލް ޕާކް ލޭންޑްސްކޭޕް ކުރުމާއި ޖެޓީ ކައިރީ ބެންޗު ހެދުމާއި ކުޑަކުދިންގެ ޕާކު އެޅުން ފަދަ މަޝްރޫއުތައް ހިންގީ ކީއްވެތޯ ތޯރިގު ސުވާލު އުފެއްދެވި އެވެ.
"ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ޖީޑީޕީ ޑެބްޓް ރޭޝިއޯ 60 ޕަސެންޓްގައި ހިފަހައްޓަން އޮތްއިރު، މިހާރު އެ ރޭޝިއޯ ހުރީ 117 ޕަސެންޓްގައި. މި ވާ އެއްޗެއް އެބައެނގޭބާ؟" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވަނީ ދައުލަތުން ލޯނު ނެގުމުގެ ކުރިން އޭގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުގެ ދިރާސާ ކަރުދާހެއް މަޖިލީހަށް ހުށަހެޅުމަށާއި މަޖިލީހުން ފާސްކޮށްގެން ނޫނީ ލޯނު ނުނެގޭ ގޮތް ހެދުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް
މިދިޔަ އަހަރު 334 މިލިއަން ޑޮލަރުގެ ލޯނު ނެގި!
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ރަނގަޅު ގޮތަކީ ގަވަރުނަރު އިސްތިއުފާ ދެއްވުން: ތޯރިގު
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
އާންމުކޮށް ހުޅުވާލައިގެން މާލީ ހާލަތު ކިޔައި ދެނީ!
މާލީ ހާލަތުގެ ހަގީގަތް ކިޔައިދޭން ނާޒިމްގެ އިލްތިމާސް
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް