24 މެއި 2022
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ކަނޑައަޅާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑަށް ފެތޭ މީހުންނަށް ހިޖާމާ ޖެހުމުގެ ހުއްދަ ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ކަނޑައަޅާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑަށް ފެތޭ މީހުންނަށް ހިޖާމާ ޖެހުމުގެ ހުއްދަ ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ ހިޖާމާގެ ހިދުމަތް ދޭން ބޭނުންވާ މީހުން އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކުރުމަށް ނިންމާފައިވާކަން މާޗު 17، 2019 ގައި އިއުލާންކޮށްފައިވާ ކަމަށެވެ.
އެ ފަރާތްތަކަށް ރަޖިސްޓްރޭޝަން ދޭނީ ކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑާ އެއްގޮތަށް ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ މީހުންނަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރާ ތަމްރީން ޕްރޮގްރާމަކާ ބެހޭ ތަފްސީލް މައުލޫމާތު ހުށަހެޅުމުން އެ ޕްރޮގްރާމްގެ ބައިތަކަށާއި ކޮމްޕިޓެންސީތަކަށް ބެލުމަށް ފަހު ކައުންސިލުން ހިޖާމާގެ ހިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރޭޝަނާއި ޕްރެކްޓިސްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށެވެ.
ކޮމްޕިޓެންސީ ސްޓޭންޑަޑް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.
ރާއްޖޭގައި ހުއްދަ ނުނަގައި ހިޖާމާ ޖެހުމުގެ މައްސަލަ ބޮޑުވެފައި ވާތީ މިފަހުން ހެލްތު މިނިސްޓްރީން ވަނީ ވަރަށް ފުޅާކޮށް އެ ހިދުމަތް ދެމުންދިޔަ "ފަޒީސް ހިޖާމާ ތެރަޕީ" ވެސް ހުއްޓުވައިފަ އެވެ. މިނިސްޓްރީން ފަޒީސް ހިޖާމާ ތެރަޕީއަށް ވެސް އަންގާފައި ވަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ފުލުހުން އަންގައިގެން "ފަޒީސް ހިޖާމާ" ބަންދުކޮށްފި
ފަޒީސް ހިޖާމާ ސެންޓަރު ބަންދުކުރަން ޕޮލިހުގައި އެދިއްޖެ
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް
ފަޒީސް ހިޖާމާ ހުއްޓާލަން އަނެއްކާވެސް އަންގައިފި
ހުއްދަނެތި ހިޖާމާ ޖަހާ މައްސަލާގައި ފިޔަވަޅެއް ނާޅާ
ފަޒީގެ ހިޖާމާ ކްލިނިކަށް ފިޔަވަޅު އަޅަން އަންގައިފި
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ތައްޔާރުވަނީ
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"
ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުވަން ބޮޑު އެކްސްޕޯއެއް