ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އޭނާގެ އާއިލާ އަށް، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސޮނެވާ އިން މިއަދު ދޮގުކޮށްފި އެވެ.
24 މެއި 2022
ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އޭނާގެ އާއިލާ އަށް، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސޮނެވާ އިން މިއަދު ދޮގުކޮށްފި އެވެ.
ސޮނެވާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާޖަޕަކްސާގެ އާއިލާ އަށް އެތަނުގެ ރިސޯޓަކުން ވިލާއެއް ވިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށެވެ. އެތަނުން ބުނީ ސޮނެވާގެ އެއްވެސް ޕްރޮޕަޓީއެއް ރާޖަޕަކްސާގެ އާއިލާ އަށް ވިއްކުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
Soneva would like to clarify that Mahinda Rajapaksa, the former president and prime minister of Sri Lanka, is not in discussions to buy a villa at any Soneva property. Nor is any member of the former president’s family in discussions to buy a villa.
— Sonu Shivdasani (@SonuShivdasani) May 24, 2022
ސޮނޭވާގެ ވިލާއެއް ރާޖަޕަކްސަގެ އާއިލާއަށް ވިއްކަން އުޅޭ ކަމަށް ބުނާ ލިޔުމުގައި ބުނެފައިވަނީ ރާޖަޕަކްސައަށް އެކަން ހުށަހެޅުއްވީ މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަޝީދަކީ ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީއާ ވަރަށް ގާތް ބޭފުޅެއް ކަމަށާއި ރާޖަޕަކްސާގެ އާއިލާ އަށް ރާއްޖެއިން ހިމާޔަތް ދޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
އިގްތިސާދީ ދަތިކަމާ އެކު ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި އޮތް ލަންކާއަށް ނަޝީދު ވަޑައިގަތީ އެ ގައުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތުގެ މަންދޫބެއްގެ ގޮތުންނެވެ. ލަންކާގެ ސިޔާސީ އެކި ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ނަޝީދު ވަނީ ރާއްޖެ ވަޑައިިގެންފަ އެވެ.
ޕްރައިވެޓް ވިލާއެއް ވިއްކާލަން އެއްބަސްވީ 12 މިލިއަން ޑޮލަރަށް ކަމަށާއި ރާޖަޕަކްސާ އާއިލާގެ މުވައްޒަފުންނާއި ސެކިއުރިޓީ ތިބެން، ތިން މިލިއަން ޑޮރަލަށް ދޭ އިތުރު ވިލާއެއް ވިއްކުމަށް ވެސް އެއްބަސްވި ކަމަށް ޚަބަރު ފަތުރާފައިވެ އެވެ.
ސޮނެވާގެ ސީއީއޯ ސޯނޫ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު: ސޮނެވާފުށިން ރާޖަޕަކްސާގެ އާއިލާ އަށް ވިލާއެއް ވިއްކަން ހުށަހެޅުއްވީ ނަޝީދު ކަމަށް ތުހުމަތުކުރޭ.
އެ ތުހުމަތުތައް ދޮގުކޮށް ސޮނެވާއިން ނެރުނު ބަޔާނުގައި ބުނީ ރާޖަޕަކްސާ ނުވަތަ އެ އާއިލާގެ އެހެން ބޭފުޅަކަށް ވެސް ވިލާއެއް ވިއްކުމަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. އަދި ސޮނެވާގެ ސީއީއޯ ސޯނޫ، ރާޖަޕަކްސާ ނުވަތަ އެ އާއިލާއާ ގުޅުން އޮންނަ އެއްވެސް މީހަކާ ވެސް މިހާތަނަށް ބައްދަލުކުރައްވައިފައި ނުވާނެ ކަމަށެވެ.
"ރާއްޖޭގެ ވެބްސައިޓަކުން އެފަދަ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރުތައް ފަތުރާތީ ވަރަށް ކަންބޮޑުވޭ،" އެ ބަޔާނުގައިވެ އެވެ.
ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު ވަނީ ރާޖަޕަކްސާ އާއިލާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ނަޝީދު ލަންކާ އަށް ވަޑައިގަތީ، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ ޒިންމާ، އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އޭނާއާ ހަވާލުކުރެއްވުމުންނެވެ. އެ ޒިންމާ ހަވާލުކުރެއްވީ ނަޝީދާ އެކު ރަނިލް ބޭއްވި ބައްދަލުވުމެއްގައި އެކަމަށް އޭނާ އެދިވަޑައިގަތުމުންނެވެ.
ބޮޑުވަޒީރުކަމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވީ، ގައުމު ބަނގުރޫޓުވުމުން ރައްޔިތުންގެ ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެންނެވެ.
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ނަޝީދު ވަކިކުރުމުގެ މައްސަލަ ކޯޓުން ބަލައެއްނުގަތް
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
ނަޝީދު މަޖިލީހުން ވަކިކުރަން ސުޕްރީމް ކޯޓަށް
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
"ނަޝީދުގެ ދަތުރުފުޅަށް ރާއްޖޭން ހަރަދެއް ނުކުރޭ"
ލަންކާއަށް އެހީ ހޯދަން ނަޝީދު ފުރާވަޑައިގެންފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް