23 މެއި 2022
އެމްއައި ކޮލެޖުން އިންތިޒާމްކޮށްގެން އެޑިޔުކޭޝަން ފެއާއަކާއި ކެރިއާ ގައިޑެންސް ސެޝަނެއް ހޮނިހިރު ބާއްވައިފި އެވެ.
އެމްއައި ކޮލެޖުން އިންތިޒާމްކޮށްގެން އެޑިޔުކޭޝަން ފެއާއަކާއި ކެރިއާ ގައިޑެންސް ސެޝަނެއް ހޮނިހިރު ބާއްވައިފި އެވެ.
މި ފެއާ އާއި ސެޝަނުގެ މަގްސަދަކީ ބައިވެރިން ޝައުގުވެރިވާ ދާއިރާތަކާ ގުޅޭ އިންޑަސްޓްރީތަކާ ބެހޭ މައުލޫމާތުތައް ހިއްސާކޮށް، އެ ކަންކަމަށް އަހުލުވެރިކުރުވުމެވެ. މި ފެއާގައި އެމްއައި ކޮލެޖުގެ ހުރިހާ ފެކަލްޓީތަކުން ވަނީ ބައިވެރިވެފަ އެވެ.
އެމްއައި ކޮލެޖުގެ ސްޓޯލްތަކުގައި އެކި ކަހަލަ ތަފާތު މަޖާ ގޭމްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ފެއާގެ ބައިވެރިންނަށް ހަދިޔާ ދީފައިވާއިރު، މި އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ފޯރިގަދަ މިޔުޒިކީ ހަރަކާތަކާ ވެސް އެކު އެވެ.
އެމްއައި ކޮލެޖުގެ ފެއާގައި، ކޯސްތައް ވެސް ވަނީ އިއުލާނު ކޮށްފައި. --ފޮޓޯ: އެމްއައި ކޮލެޖު
މި ފެއާގައި، އެމްއައި ކޮލެޖުގެ ޖޫން އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ޖޫން މަހަށް ހުރި ޕްރޮގުރާމުތައް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.
1. ސެޓިފިކެޓު 3 އިން ގާޑެނިން
2. ސެޓިފިކެޓު 3 އިން ރޮބޮޓިކްސް
3. ބެޗެލާސް އޮފް ސެކަންޑްރީ ޓީޗިން
4. ބެޗެލާސް އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ
5. މާސްޓާސް އިން އިންފޮމޭޝަން ޓެކްނޮލޮޖީ
6. މާސްޓާސް އިން ސޮފްޓްވެއާ އިންޖިނިއަރިން
7. މާސްޓާސް އިން މަލްޓިމީޑިއާ އެންޑް އެނިމޭޝަން
8. މާސްޓާސް އިން އެކައުންޓިން އެންޑް ފައިނޭންސް
9. މާސްޓާސް އިން ކޮންޓެމްޕަރަރީ ޕޮލިސީން އެންޑް ލީޑާޝިޕް
މި ފެއާގައު ވަނީ އެންމެ ފުރަތަމަ ކޯސްތަކަށް އެޕްލައި ކުރި 10 ފަރާތަށް ޓެބްލެޓު ދީފަ އެވެ. އަދި ލަކީ ޑްރޯއިން ހޮވުނު ތިން ފަރާތަކަށް ވަނީ ސްކޮލަޝިޕުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދީފަ އެވެ.
އެމްއައި ކޮލެޖުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މި ފެއާ ބާއްވަން ވަނީ ނިންމައިފަ އެވެ. އެގޮތުން، މި ހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހު ގދ. ތިނަދޫ، ލ. ގަން، ރ. މީދޫ އަދި ނ. ހޮޅުދޫގައި ވެސް މި ފެއާ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެމްއައި ކޮލެޖްގެ ސާވޭއަކުން ބޮޑެތި އިނާމުތަކެއް
އެމްއައި ކޮލެޖުން އެޑިއުކޭޝަނަލް ފެއާއެއް ބާއްވަނީ
އެމްއައި ކޮލެޖުން ގަސް ހައްދަން ދަސްކޮށްދޭ ކޯހެއް
އެމްއައި ކޮލެޖުން ތައުލީމާ ބެހޭ ސާވޭއެއް ފަށައިފި
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް