Roadha Mihaaru
އެމްއައި ކޮލެޖުން ތައުލީމާ ބެހޭ ސާވޭއެއް ފަށައިފި

އެމްއައި ކޮލެޖުން ތައުލީމާ ބެހޭ ސާވޭއެއް ފަށައިފި

28 އެޕްރީލް 2022

އެމްއައި ކޮލެޖުން ތައުލީމާ ބެހޭ އެކި ދާއިރާތަކުން ސާވޭއެއް ހަދަން ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އެމްއައި ކޮލެޖުން ތައުލީމާ ބެހޭ އެކި ދާއިރާތަކުން ސާވޭއެއް ހަދަން ފަށައިފި އެވެ.

އެ ތަނުން ބުނީ، ކޯސްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުދިން އެންމެ ގަޔާވާނެ ބައިތައް ފާހަގަކޮށް، އިތުރަށް ރަނަގަޅު ކުރުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމުގައެވެ.

މި ސާވޭގައި ކުދިންގެ ވިސްނުމާއި ހިޔާލު ހުރިގޮތް ބަލާނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ކުދިން ކިޔަވަން ބޭނުންވާނެ ދާއިރާތަކާ ބެހޭ ގޮތުން އޮޅުން ފިލުވާނެ އެވެ.

އެމްއައި ކޮލެޖުން މިއަދު ފެށި މި ސާވޭގައި ބައިވެރިވެވޭނީ އެ ކޮލެޖުން ހަދާފައިވާ ގޫގުލް ފޯމު ފުރާލައިގެންނެވެ.

ކިއުއާރް ކޯޑް ސްކޭން ކޮށްގެން، ފުރައިލެވޭ މި ފޯމުން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތެއް ވަނީ ހުޅުވާލައިފަ އެވެ.

ސާވޭގައި ބައިވެރިވެގެން ތިން މީހަކަށް ލިބޭ އިނާމު:

- 1 ވަނަ އިނާމު އައިފޯން 13 ޕްރޯ މެކްސް.

- 2 ވަނަ އިނާމު އައިޕެޑް ޕްރޯ.

- 3 ވަނަ އިނާމު އެޕަލް އެއާ ޕޮޑްސް.

އެމްއައި ކޮލެޖަކީ 16 ބްރާންޗެއްގައި ސެޓިފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް އަށް ކިޔަވައި ދެމުން އަންނަ ތަނެކެވެ.