28 އެޕްރީލް 2022
އެމްއައި ކޮލެޖްގެ އައްޑޫ ކެމްޕަހުގައި ހުންނަ އެގްރިކަލްޗާ ސްކޫލުގެ ފަރާތުން ގަސް އިންދަން ދަސްކޮށްދީ ގަހާ ބެހޭ މުުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ކޯހެއް ފަށަން ނިންމައިފި އެވެ.
އެމްއައި ކޮލެޖްގެ އައްޑޫ ކެމްޕަހުގައި ހުންނަ އެގްރިކަލްޗާ ސްކޫލުގެ ފަރާތުން ގަސް އިންދަން ދަސްކޮށްދީ ގަހާ ބެހޭ މުުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ކޯހެއް ފަށަން ނިންމައިފި އެވެ.
''ސެޓްފިކެޓް 3 އިން ގާޑެނިން''ގެ ނަމުގައި ކުރިއަށްގެންދާ މި ކޯސް ފަށަން ހަމަޖެހިފައި ވަނީ މެއި 10 ގަ އެވެ.
އަސާސީ ތައުލީމު ހާސިލުކޮށްފައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.
ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުން ނަގަން ނިންމާފައި ވަނީ 850ރ. އެވެ. މައި ކޮލެޖުން ބުނި ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 10 މީހުންނަށް ހިލޭ ކޯހުގައި ބައިވެރިވެވޭނެ އެވެ. އަދި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވޭ ފަރާތަކަށް ދަނޑުވެރިކަމުގެ ވިޔަފާރި އަށް ވަނުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކޮލެޖުން ބުނެ އެވެ.
މި ކޯހުން އެންމެ މޮޅު ތިން ދަރިވަރުންނަށް ބަންގްލަދޭޝަށް ހިލޭ ދަތުރެއް ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ކޯހާގުޅޭ އިތުރު މައުލޫމާތު 6880072 އިން ލިބޭނެ ކަމަށް އެމްއައި ކޮލެޖުން ބުންޏެވެ.
އެމްއައި ކޮލެޖުން އެގްރިކަލްޗަރަލް ސްކޫލެއް ހުޅުވައިފި
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
އެމްއައި ކޮލެޖްގެ ސާވޭއަކުން ބޮޑެތި އިނާމުތަކެއް
އެމްއައި ކޮލެޖުން އެޑިޔުކޭޝަން ފެއާއެއް ބާއްވައިފި
އެމްއައި ކޮލެޖުން ތައުލީމާ ބެހޭ ސާވޭއެއް ފަށައިފި
އެނބުރެމުން ދަނޑަށް، މިހާރު "ޒުވާން ދަނޑުވެރިޔާ"!
ގްރީންހައުސް ފާމިން ޕްރޮޖެކްޓެއް އައްޑޫގައި
ގިނަ ރަށްރަށުން ދަނޑުވެރިކަމަށް ބިން ދޫކުރަނީ
ދަނޑުވެރިކަމަށް އައްޑޫން ބިން ދޫކުރަން ހުޅުވާލައިފި
ދިރާގުން ފައިބާ އިންޓަނެޓާއި ޓީވީ އައްޑޫ-ފުވައްމުލަކަށް