03 މެއި 2018
ދިރާގުގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް އައްޑު އާއި ފުވައްމުލަކަށް ތައާރަފްކޮށްފި އެވެ.
ދިރާގުގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް އައްޑު އާއި ފުވައްމުލަކަށް ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ވަނީ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް އައްޑު އާއި ފުވައްމުލަކަށް އިއްޔެ ތައާރަފު ކުރުމަށް ފަހު، ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.
ދިރާގުން ތައާރަފްކުރި ޕްރޮމޯޝަންގައި، ފައިބާ އަދި ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ދިރާގު ޓީވީ ބަލަން ބޭނުންވާ ޖޯއިބޮސް ވެސް ހިލޭ ލިބޭނެ އެވެ.
މި ހިދުމަތްތައް ތައާރަފް ކުރުމަށް އައްޑު އާއި ފުވައްމުލަކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ މެދުގައި ގުރުއަތު ނަގައި، އެއް ވަނަ އަށް ހޮވުނު މީހާ އަށް 55 އިންޗީގެ ޓީވީއަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ދީފައިވެ އެވެ. އަދި ގުރުއަތުން ހޮވުނު އިތުރު ހަތަރު މީހަކަށް ވެސް ވަނީ ތިން މަސް ދުވަހަށް ދިރާގު ޓީވީ އަދި ފައިބާ ބްރޯޑުބޭންޑް ޕެކޭޖެއް ދީފަ އެވެ.
ދިރާގު ޓީވީ އާއި ފައިބާ އިންޓަނެޓް ފުވައްމުލަކަށް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި މީހަކަށް އިނާމު ދެނީ. ފޮޓޯ: ދިރާގު
ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ލިބެންހުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފުކުރި ޑިޒްނީގެ ޗެނަލްތަކާއި ހިންދީ އަދި އިނގިރޭސި ފިލްމު ދައްކާ ޗެނަލްތައް ހިމެނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ހިދުމަތުގެ މަހު ފީ އަކީ 300ރ. އެވެ.
ދިރާގު 100 އެމްބީޕީއެސް އާ ހަމައަށް ސްޕީޑް ލިބޭ ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތް މާލެ ސަރަހައްދާއި އައްޑޫ އަދި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 39 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ ކުންފުނީގެ އޭޑީއެސްއެލް ހިދުމަތް އާބާދީ ބޮޑެތި ހުރިހާ ރަށްތަކަށް މިހާރު ލިބެ އެވެ.
ދެކުނުގައި ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރައިފި
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
"ލީން ސްޓާޓްއަޕް މޯލްޑިވްސް" އައްޑޫ އެޑިޝަން ނިމިއްޖެ
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް
އައްޑޫގެ އެހީއާއެކު ފުވައްމުލަކު 2އަވަށަށް ކަރަންޓްދީފި
ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު
ދިރާގު ޕްރޮމޯޝަނުގައި ދޭ ޓެސްލާ ކާރު ގެނެސްފި
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް
ބްރޯޑްބޭންޑް ކަނެކްޝަނާ އެކު ހިލޭ މައިފައި ޑިވައިސް
ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިރާގުގެ އެހީ