17 މެއި 2022
ކޮވިޑް-19 ނުފެތުރޭ ކަމަށް ބުނެ އަޑު ފަތުރަމުން އައި އުތުރު ކޮރެއާގައި، އެންމެ ފަހުން ކޮވިޑް ފެތުރެން ފަށައި ގައުމު ފުރަބަންދުކުރާ ހިސާބަށް ހާލަތު ނުރައްކާވެގެން ދިޔައިރު، އެ ބައްޔާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިން އެ ގައުމުގައި ނެތް ކަމަށް އުތުރު ކޮރެއާގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
ކޮވިޑް-19 ނުފެތުރޭ ކަމަށް ބުނެ އަޑު ފަތުރަމުން އައި އުތުރު ކޮރެއާގައި، އެންމެ ފަހުން ކޮވިޑް ފެތުރެން ފަށައި ގައުމު ފުރަބަންދުކުރާ ހިސާބަށް ހާލަތު ނުރައްކާވެގެން ދިޔައިރު، އެ ބައްޔާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިން އެ ގައުމުގައި ނެތް ކަމަށް އުތުރު ކޮރެއާގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
އުތުރު ކޮރެއާގެ ރަސްމީ އިދާރާތަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް ވެކްސިން ނެތުމުން، މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންނަށް ފަރުވާ ކުރުމަށް އެ ގައުމުގައި ބޭނުން ކުރަމުން އަންނަނީ އެންޓިބަޔޮޓިކް ބޭސްތަކާއި، އެކި ފަތްޕިލާވެލި ބޭނުންކޮށްގެން އަމިއްލަ އަށް ހަދައިއުޅޭ އެކި ބާވަތުގެ ބޭސްތަކެވެ. އޭގެ އިތުރުން، ގޭބިސީތަކުގައި އާދައިގެ ރޯގާތަކާ ދެކޮޅަށް ބޭނުންކުރާ އަމިއްލަ ފަރުވާތައް ވެސް ބޭނުންކުރަމުން އަންނަ ކަމަށްވެ އެވެ.
މިދިޔަ ހަފުތާއާ ހަމައަށް އުތުރު ކޮރެއާ އިން ބުނަމުން އައީ އެ ގައުމުގައި ކޮވިޑް ބަލި ނެތް ކަމަށެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް ފެތުރެން ފަށައިފި ކަމަށް، މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށް އެ ގައުމު ވަނީ ފުރަބަންދުކޮށްފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި، އުތުރު ކޮރެއާގައި ކޮވިޑް ބަލީގެ އެއްވެސް މީހަކު ހުރި ކަމަށް، މިދިޔަ މާޗް މަހުގެ ނިޔަށް ރިޕޯޓެއް ލިބިފައެއް ނެތެވެ. އަދި އުތުރު ކޮރެއާގެ އެއްވެސް ރައްޔިތަކު ކޮވިޑް ވެކްސިން ޖެހިކަމުގެ ރިކޯޑެއް ވެސް ނެތް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
އަވައްޓެރި ޗައިނާ އާއި ދެކުނު ކޮރެއާގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، އުތުރު ކޮރެއާ ވަނީ މީގެ ކުރިން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ޗައިނާ އަށް ދަތުރުކުރުން ހުއްޓައިލި އެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އުތުރު ކޮރެއާ އަށް ފޮނުވަން އުޅުނު ކޮވިޑް ވެކްސިން ވެސް ބޭނުން ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
އުތުރު ކޮރެއާ އިން ބުނި ގޮތުގައި އެ ގައުމުގައި ކޮވިޑް ފެތުރެމުން ދަނީ ޕިޔޮންގްޔަންގްގަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ސަހަރުގައި ކޮވިޑް ފެތުރެމުން ދަނީ، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަހުންނެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެ ގައުމުގެ ސިފައިން މިހާރު ވަނީ ނެރެފަ އެވެ. އޭގެ އިތުރުން ކޮވިޑުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ހަރަކާތްތަކެއް ވެސް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.
އެ ގައުމުގެ އާންމު ސިއްހަތާ ބެހޭ ވަޒީރުގެ ނައިބު ކިމް ހިޔޮންގް ހުން ވިދާޅުވި ގޮތުގައި "ގޮތް ނޭނގޭ ހުމެއް" ޖެހިގެން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މިހާރު އަންނަނީ ޑޮކްޓަރަށް ދައްކަމުންނެވެ. އެމީހުން އެކަހެރި ކުރުމުގެ ބަދަލުގައި އެމީހުންނަށް ފަރުވާ ކުރެވޭނެ ނިޒާމެއް މިހާރު ގާއިމުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރުމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން އާންމުންނަށް އަންގާފައިވަނީ، ތަދު ކަނޑުވާ ބޭސްތަކާއި، އިބުޕްރޮފިން ފަދަ ހުން މަޑުކުރުމަށް ބޭނުންކުރާ ބޭސްތަކާއި އެމޮކްސިސިލިން ފަދަ އެންޓިބަޔޮޓިކްތަކެވެ. އޭގެ އިތުރުން ލޮނު ފެނުން ކަރުތެރެ ދޮވުމަށާއި، ހަނީސަކްލް ފަތުގެ ސައި ބޭނުންކުރުމަށް ވެސް އިރުޝާދު ދެ އެވެ.
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
އެމެރިކާގައި އޮމިކްރޯންގެ ނިސްބަތް 73 ޕަސެންޓަށް
އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްވޭ
ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ މެދު ވިސްނަންވެއްޖެ
ކޮވިޑްގެ ފިޔަވަޅުތައް ދޫކުރުމުން ގިނަ ބަޔަކު މަރުވެދާނެ
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
އޮށޯވެ ތިބެގެން ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ: ޗައިނާ
ދެ އަހަރަށް ފަހު ހޮންގްކޮންގް ހުޅުވައިލަނީ
ތައިވާނުން ކަރަންޓީނު އުވާލައި ޓޫރިޒަމަށް ހުޅުވައިލަނީ