Roadha Mihaaru
ކެނަރީފް ރިސޯޓް ހުސްއަތާ، ތިން މަހުން ބޮޑު ގެއްލުމެއް

ކެނަރީފް ރިސޯޓް ހުސްއަތާ، ތިން މަހުން ބޮޑު ގެއްލުމެއް!

17 މެއި 2022

އައްޑޫ ހެރަތެރައިގައި ހަދާފައިވާ ކެނަރީފް ރިސޯޓް، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލުން ހުޅުވީ، އެ ރިސޯޓް ހުޅުވަން ތައްޔާރު ވަމުން އައި ތާރީހަށް ވުރެ މާ ކުރިންނެވެ. ރިސޯޓުން ބުނާ ގޮތުން ރަނގަޅު އޮފާއެއް ވެސް ލިބިގެންނެވެ. އެކަމަކު، ވޭތުވެދިޔަ ތިން މަސް ދުވަސް ދިޔައީ 271 ކޮޓަރީގެ އަގު ބޮޑު ރިސޯޓް ފަޅަށް އޮވެ އެވެ. ހަމަ އެއްވެސް ޓޫރިސްޓަކު ނުދެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫ ހެރަތެރައިގައި ހަދާފައިވާ ކެނަރީފް ރިސޯޓް، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލުން ހުޅުވީ، އެ ރިސޯޓް ހުޅުވަން ތައްޔާރު ވަމުން އައި ތާރީހަށް ވުރެ މާ ކުރިންނެވެ. ރިސޯޓުން ބުނާ ގޮތުން ރަނގަޅު އޮފާއެއް ވެސް ލިބިގެންނެވެ. އެކަމަކު، ވޭތުވެދިޔަ ތިން މަސް ދުވަސް ދިޔައީ 271 ކޮޓަރީގެ އަގު ބޮޑު ރިސޯޓް ފަޅަށް އޮވެ އެވެ. ހަމަ އެއްވެސް ޓޫރިސްޓަކު ނުދެ އެވެ.

ކެނަރީފް ބަންދުކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓާލުމާ އެކު ލިބުނު މާލީ އަޑިގަނޑުގެ ތެރޭގަ އެވެ. ރާއްޖޭގެ ބޯޑަރު ޖުލައި 2020 ގައި ހުޅުވުމަށް ފަހު ވެސް ކެނެރީފް ހުޅުވަން އެތައް ދުވަހެއް ނެގި އެވެ. ދެ ކިލޯ މީޓަރުގެ ބޮޑު އެ ރިސޯޓު ހުޅުވަން އެހާ ދުވަސް ނެގީ އަލުން ހުޅުވާ އޮޕަރޭޝަނަށް ގެންނަން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުމުންނެވެ.

އެކަމަކު މިދިޔަ ޖެނުއަރީ މަހު އެ ރިސޯޓު އަލުން ވުޖޫދަށް ގެނައީ ރާއްޖޭގެ ޓްރެވަލް އެޖެންސީއަކާ އެކު ހެދި އެއްބަސްވުމެއްގެ ތެރެއިންނެވެ. ނަމަވެސް އުންމީދުކުރި ގޮތަށް ޓޫރިސްޓުން ނުގެނެވި މިދިޔަ ތިން މަހު ވެސް ކެނެރީފް އޮތީ "ޒީރޯ" އޮކިއުޕެންސީގަ އެވެ. އަލުން ހުޅުވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު، ރިސޯޓުން ބުނާ ގޮތުން އެ ރިސޯޓަށް ދިޔައީ ޖެނުއަރީ މަހު އެއް ކޮޓަރިއަށް ބުކިން ހެދި އެންމެ ތިން ޓޫރިސްޓުންނެވެ.

ކެނެރީފް ހިންގާ ސިންގަޕޫރުގެ ކްރެސަންޑަސް ކުންފުންޏަށް އެ ރިސޯޓު ހުޅުވަން އަމާޒުކުރި މުއްދަތަށް ވުރެ އަވަހަށް އެކަން ކުރީ ޓްރެވެލް އެޖެންސީން ރަނގަޅު ހުށަހެޅުމެއް ލިބުމުންނެވެ. އެ އެޖެންސީން ކެނެރީފުގެ 140 ކޮޓަރި ތިން އަހަރަށް ގަތެވެ.

ކެނަރީފް ރިސޯޓް: 180 މުވައްޒަފުން މިހާރު ވެސް އެބަތިބި

ކެނަރީފް ރިސޯޓް: 180 މުވައްޒަފުން މިހާރު ވެސް އެބަތިބި

ކެނެރީފް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކެވިން ޖޯޖު ތެސީރާ ވިދާޅުވީ، ކޮވިޑަށް ފަހު އެ ރިސޯޓު އަލުން ހުޅުވަން އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރި ކަމަށެވެ. އަދި 140 ކޮޓަރި އޮޕަރޭޓް ކުރަން ރިސޯޓަށް 180 މުވައްޒަފުން ނެގި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މުވައްޒަފުން މިހާރު ވެސް ތިބީ އެ ރިސޯޓްގަ އެވެ.

ޓްރެވެލް އެޖެންސީ އާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ރިސޯޓަށް ޓޫރިސްޓުން ނުގެންދެވޭތީ، ރިސޯޓަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ހަރަދުތައް ފޫބައްދަން އެހެން ގޮތް ގޮތުން ފައިސާ ހޯދަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިސޯޓުން އުންމީދުކުރި ގޮތަށް ކަންތައްތައް ކުރިއަށް ނުދިއުމުން، އެޖެންސީއާ އެކު ހެދި އެއްބަސްވުން މިދިޔަ މާޗް މަހު ވަނީ ބާތިލް ވެސް ކޮށްފަ އެވެ. އެހެންވެ، މި މައްސަލައިގައި ރިސޯޓުން އިތުރަށް ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވެ އެވެ.

"އާމްދަނީއެއް ނުލިބި ވަރަށް ބޮޑު ހަރަދުތަކެއް އަމިއްލަ އަށް ކުރަން ޖެހިއްޖެ،" ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލް ކުރުމަށް ފަހު، ރިސޯޓުން މިހާރު މިސްރާބު ޖަހައިފައި ވަނީ އަމިއްލަ އަށް ޓޫރިސްޓުން ހޯދައިގެން އެކަން ކުރުމަށެވެ. ހަމައެއާ އެކު، އޮޕަރޭޝަނަށް ނުގެނެވި ހުރި ކޮޓަރިތައް ވެސް މަރާމާތުކޮށް މާކެޓަށް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"އުންމީދު ކުރަނީ އަހަރުގެ ފަހުކޮޅު ފުރިހަމަ އަށް ހިނގައިގަންނަން ފަށާނެ ކަމަށް،" ޖީއެމް ވިދާޅުވި އެވެ.

"ވިޔަފާރި އަށް ހުޅުވާ މި ލެވެނީ އަދި ކިރިޔާ. މިހާރު ބުކިންތައް އެބަ ލިބޭ. މިހާރު ގާތްގަނޑަކަށް 1،000 ވުރެ ގިނަ ބުކިން ސެކުއާ ކުރެވިއްޖެ."

އޭނާ ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަގޯޑާ އާއި އެ ނޫން ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އެ ރިސޯޓުގެ ކޮޓަރިތައް ވިއްކުމަށް ކަމަށެވެ.

ކެނަރީފް ރިސޯޓު އަލުން ހުޅުވީ 180 މުވައްޒަފުންނާ އެކު

ކެނަރީފް ރިސޯޓު އަލުން ހުޅުވީ 180 މުވައްޒަފުންނާ އެކު

ކެނެރީފްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ސައިފް ވިދާޅުވިގޮތުގައި، އެ ރިސޯޓު ހުޅުވަން އެންމެ ފުރަތަމަ އަމާޒުކުރީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. އެކަމަކު އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ހަތަރު މަހުގެ ހިތި ތަޖުރިބާ އަކަށް ފަހު ކެނަރީފަށް މިއަދުން ފެށިގެން މަޑުމަޑުން ޓޫރިސްޓުން އަންނަން ފަށާނެ އެވެ.

ސައިފް ވިދާޅުވީ، މިހާރު ބުކިންތައް ލިބެނީ ޖުލައި/އޮގަސްޓް ހިސާބަށް ކަމަށެވެ. އެ ހިސާބުން އަނެއްކާ ވެސް ރިސޯޓު ފުރިހަމައަށް ހިނގައިގަންނަން ފަށާނެ ކަމަށެވެ.

ކެނެރީފް ރިސޯޓު ހުޅުވާފައިވަނީ 2014 ވަނަ އަހަރު އެވެ. އެ ރިސޯޓު ބަންދު ކުރުމާ ހަމައަށް އެ ރިސޯޓުން އެވްރެޖްކޮށް 80 ޕަސެންޓް އޮކިއުޕެންސީގައި ދިޔައީ ހިފަހައްޓަމުންނެވެ. މި އަހަރުގެ ކުރީކޮޅު ރިސޯޓު ހުޅުވި ނަމަވެސް އަދިވެސް ރިސޯޓަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު އަދިވެސް ތަނަވަސް ނުވެ އެވެ.